ބަނޑުހައިހޫނުކަމުގައި އަފްޣާނިސްތާނުން މިލިއަނެއްހާ ކުދިން މަރުވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.

ޔުނިސެފް އިން ބުނީ އަފްޣާނިސްތާނުން މިލިއަނެއްހާ ކުދިންނަށް ވަގުތުން ވަގުތައް އެހީނުވެއްޖެ ނަމަ ބަނޑުހައިހޫނުކަމުގައި ކެތް ނުކުރެވިގެން މަރުވެދާނެ ކަމަށެވެ. ޔުނިސެފްއިން މިގޮތަށް ބުނީ އަފްޣާނިސްތާނަށް ގޮސް އެގައުމުގެ ހާލަތު ވަޒަންކުރުމަށްފަހު އެ ޖަމިއްޔާގެ އޮފިޝަލަކު އެގައުމުގެ މީޑިއާއަކަށް މައުލޫމާތު ދެމުންއެވެ.

ދުނިޔޭގެ ކުޑަކުދިންނާ ބެހޭ އެންމެ ބޮޑު ޖަމިއްޔާ ޔުނިސެފްގެ ޑެޕިއުޓީ އެކްޒެކިއުޓިވް ޑިރެކްޓަރ އޮމަރް އަބްދީ މި ހަފްތާގައި އަފްޣާނިސްތާނަށް ޒިޔާރަތް ކުރިއިރު ޒިޔާރަތުގައި މީޑިޔާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ބަނޑުހައިހޫނުކަމުގެ އިތުރުން ސާފު ބޯފެން ނުލިބިގެންނާއި ހިމަބިހީގެ ބަލިމަޑުކަމުގައި ވެސް އެތައް ކުދީންނެއް މަރުވެދާނެ ކަމަށެވެ.

އެމެރިކާއިން 21 އަހަރުވަންދެން އަފްޣާނިސްތާނުގައި ތިބުމަށްފަހު އޮގަސްޓް މަހު އެގައުމުން އެމެރިކާގެ ހުރިހާ ސިފައިން ފޭބުމަށް އެމެރިކާގެ ރައީސް ވަނީ އަންގައިފައެވެ. އެއާއެކު ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވެފައެވެ.

އާރިޔާނާ ނޫހުން ރިޕޯޓްކުރާ ގޮތުގައި ޔުނިސެފްގެ ފަރާތުން ވަނީ އޮފިޝަލަކު ވަނީ ތާލިބާނުންގެ އިސް ފަރާތްތަކާ މިކަމާއި ގުޅިގެން މަޝްވަރާ ކޮށްފައެވެ.

ތާލިބާނުންނާއި ޔުނިސެފާއެކު ބޭއްވި މަޝްވަރާތަކުގައި ޔުނިސެފުން ވަނީ އެގައުމުގެ ކުޑަކުދިންނަށް ބޭނުންވާ ޒަރޫރީ ކަންކަން ހަމަޖެއްސުމަށް ވާހަކަ ދައްކައިފައެވެ. ސާފު ބޯފެނާއި ފާހަނާ ކުރެވޭނެ ގޮތްތަކާއި ސިއްހީ ނިޒާމު ރަނގަޅު ކުރުމަށްވެސް ވާހަކަ ދެކެވުނެވެ.

ދުނިޔޭގައި މިހާރު ޕޯލިޔޯ އޮތް ހަމަ އެކަނި ދެ ގައުމަކީ ޕާކިސްތާނާއި އަފްޣާނިސްތާނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާބުރީ

    އިސްލާމްދީނަށް އުޅުނީމަ ތިހުރިހާ ކަމެއް ރަގަޅުވާނެ. އިސްލާމީ ގައުމުތަކަކީ ދުނިޔޭގައި އެއްމެ ކުރިއަރާފައިވާ ގައުމުތައް. މުސްލިމުންނަ ﷲ ރިޒްގު ދެއްވާނެ. މިހާތަނަށް މުސްލިމަކު ކާން ނުލިބިގެން މަރެއް ނުވޭ

    4
    7
  2. ރާޅުގަޑު

    ބާބުރީ ރަގަޅު ވާހަކައެއް، އަޕްއާނިސްތާނުގައިވެސް އުޑުން ކާއެއްޗެހި ފައިބާވަރުން ނުހިގިގެން މީހުން އުޅެނީ. ހާދަ މީރު ކާއެއްޗެއްސޭ އެފޮނުވަނީ