ތާލިބާނުން އަންހެން ކުދިންނަށާއި، އަންހެނުންނަށް ވެފައިވާ ވައުދުތައް ފުއްދާފައި ނުވާތީ އދއިން ފާޑު ވިދާޅުވެއްޖެއެވެ.
އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތަހޭޝް ވިދާޅުވީ، އަފްޣާނިސްތާނުގެ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް ވަޒީފާ އަދާކުރުމަށާއި ތައުލީމު ހާސިލް ކުރުމަށް ފުރުސަތު ދޭނެކަމަށް ބުނެ ތާލިބާނުން ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް، މި ފައުދުތައް ފުއްދާފައިނުވާތީ ކަންބޮޑުވާކަން ގުތަހޭޝް ފާހަގަ ކުރެއްވިއެވެ.
"އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ތާލިބާނުން ވެފައިވާ ވައުދު ނުފުއްދާތީ ކަންބޮޑުވޭ. ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނުތަކާއި އެއްގޮތަށް އަމަލުކުރައްވާ" ގުތަހޭޝް ވިދާޅުވިއެވެ.
މިދިޔަ މަހު ތާލިބާނުން އަފްޣާނިސްތާނުގެ ފިރިހެން ކުދިންނަށް ސުކޫލުތައް ހުޅުވާލާ ކިޔަވައިދޭން ފަށާފައިވާއިރު، މިލިއަނަކަށްވުރެ ގިނަ އަންހެން ދަރިވަރުން ކިޔެވުން ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި އެބަތިއްބެވެ. ތާލިބާނުން މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވެ، އަންހެން ކުދިންގެ ތައުލީމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެކުދިންގެ މުސްތަގްބަލު އަނދިރިވެއްޖެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަންހެން ކުދިންގެ ތައުލީމާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުން ކަނބޮޑުވުން ފާޅުކުރުމުން ތާލިބާނުން ބުނެފައިވަނީ އަންހެން ކުދިން މަދަރުސާތަކަށް ދިޔުމުގެ އިންތިޒާމުތައް ކަނޑައެޅުމަށް ވަގުތު ބޭނުންވާ ކަމަށެވެ.
ތާލިބާނުންގެ ސަރުކާރެއްގައި އަންހެނުންނާއި ބައިމަދު ނަސްލުތަކަށް ނިސްބަތްވާ މީހުންނަށް ފުރުސަތުތައް ފަހިކޮށްދޭން ވެފައިވާ ވައުދުވެސް ފުއްދާފައެއް ނުވެއެވެ. ތާލިބާނުން ގާއިމް ކޮށްފައިވާ ސަރުކާރުގެ ކެބިނެޓްގައި ހިމެނެނީ އެ ޖަމާއަތުގެ އިސްވެރިންނެވެ. އެއްވެސް އަންހެނަކަށް ފުރުސަތު ލިބިފައިނުވާކަން ފާހަގަ ކޮށްލެވެއެވެ. މިކަމާއި ގުޅިގެން އެގައުމުގެ މީހުން ނުރުހުންފާޅު ކޮށްފައިވަނިކޮށް ތާލިބާނުން ބުނެފައިވަނީ ފަހުގެ ތާރީހެއްގައި ސަރުކާރުގައި އަންހެނުން ބައިވެރިކުރާނެކަމަށެވެ.
އަހަރުމެން ރާއްޖޭގެ ވެރިމީހާ ކުޑަމިނުން އުފަންވާ ކޮންމެ ކުއްޖަކަށް ދޭން ބުނި ހަދިޔާފޮށި ވައުދުވެސް ނުފުއްދާ. އެ ވާހަކައެއް ކަލޭމެން ނުދައްކާ
އިސްލާމް ދީނުގައި އަންހެނުންނަ ދީފައިވާ މަތިވެރި ދަރަޖަ އެއްމެންނަންވެސް އިގެން ޖެހޭ. ދުނިޔޭގައި ތިބި އެންމެ ގިނަ އަންހެން ސައިންޓުސްންނަކީ މުސްލިމު އަންހެނުން. ސައުދީގައި ގިނައީ އަންހެން ޑޮކްޓަރުންނާއި ޕައިލެޓުން. ސޮމާލިޔާގެ ކެބިނެޓުގައި ތިބީ ހުސް އަންހެނުން.
އަފުގާނިސްތާނުގެ އެތައް މިލިއަން ޑޮލަރެއް އެމެރިކާއން ހިފެހެއްޓިއިރު، އަލިފުދާލު ލޯމަރާކައިފެން. ޔޫރަޕުން ފޮނުވާ ވިޔާނުދާ ޕުރޮގްރާމްތަކާ ޓީވީޗެނަލްތަކާ ވެބްސައިޓތައްވެސް ހުއްޓާލަންޖެހޭ
ހުސޭނާ ކައެއަންހެނުން ބަދިގޭ ދުމަށީގަ ބާއްވާ، ކަންތަކާޖެހިގަތީމަ ގެނެސް ގޮދަޑީ ބާއްވާފަ ނިމުނީމަ ސައްޕެއްޖަހާ ބޭރު ކޮށްލަނީ ދޯ
ޑިމޮކްރަސީއޭ ކިޔާ ފްރާންސުން އެގައުމުގެ މުސްލިމު އަންހެންކުދިން ބުރުގާ އަޅާފަ ހުރިއްޔާ ސްކޫލަށް ނުވައްދާ،ތާލިބާނުންނާ އެމީހުންނާ ކޮންތަފާތެއް އޮތީ
ކޮންބައެއް ތަ އަންހެނުންނަށް ވާ ވައުދު ފުއްދަނީ. ކުރު ވާހަކަ މުބާރާތުގެ ވާހަކަތައް ތަރުޖަމާ ކޮށް ، މި ކަލޭގެ އަށް އިއްވަން ވީ.
އަންހެނުން ވެސް ނުފުއްދާ އެމީހުން ފިރިހެނުންނަށް ވާ ވައުދުތައް.