މަޝްހޫރު މީސްމީޑިއާ މަންސަ (ޕްލެޓްފޯމް) ސްނެޕްޗެޓް ޑައުންވެއްޖެއެވެ.

ދިވެހިން ވެސް ހިމެނޭހެން ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ސްނެޕްޗެޓް ޑައުންވެފައިވާކަން ބޭރުގެ މީޑިއާތަކުން ވެސް ވަނީ ހާމަކޮށްފައެވެ.

ބައެއް ފަރާތްތަކަށް ސްނެޕްޗެޓް ޑައުންވެފައިވާކަން އެނގިފައިވަނީ އެމަންސާއިން މެސެޖު ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް މެސެޖުތައް ނުފޮނުވޭތީއެވެ.

ސްނެޕްޗެޓް ޑައުން ވެފައިވާއިރު، މީގެ ދެމަހެއްހާ ދުވަސް ކުރިން އެކި ވެބްސައިޓްތަކަށާއި އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަތައް ރިޕޯޓް ކުރާ ޑައުންޑިޓެކްޓާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ދޮޅުލައްކައަށްވުރެ ގިނަ މީހުންނަށް ސްނެޕްޗެޓް ބޭނުން ކުރުމުގައި ދަތިތައް ކުރިމަތިވިއެވެ.

ފަހަކަށް އައިސް މީސްމީޑިއާ މަންސަތައް ކަމުގައިވާ ފޭސްބުކު، މެސެންޖަރ، އިންސްޓަގްރާމްގެ އިތުރުން ވަޓްސްއެޕް ވެސް ވަނީ ޑައުންވެފައެވެ.