ހޮންގްކޮންގްގެ ޕްރޯ ޑިމޮކްރަސީ އެކްޓިވިސްޓް އަދި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޗޯ ހަންގް ޓޭންގް ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުއެެވެ.

ހޮންގްކޮންގްގެ އިތުރު އެކްޓިވިސްޓުން ވެސް ހައްޔަރު ކޮށްފައިވާއިރު، އެކްޓިވިސްޓުންނާ މެދު ފިޔަވަޅު އަޅާފައިވަނީ ނޭޝަަނަލް ސެކިއުރިޓީ ގާނޫނުގެ ދަށުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހު ފާސް ކޮށްފައިވާ އެ ގާނޫނުގެ ދަށުން ޗައިނާ ސަރުކާރުގެ ވެރިންނަށް ހޮންކޮންގްގައި ދިރިއުޅޭ މީހުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް އިތުރު ބާރެއް ލިބިގެންދެއެެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޗައިނާ ސަރުކާރުން އަންނަނީ ހޮންކޮންގްގެ އާންމުންނާއި ދެކޮޅަށް މި ގާނޫނުގެ ބޭނުންކޮށް، އޭގެ ނާޖާއިޒް ފައިދާ ނަގަމުންނެެވެ. އެގޮތުން، ނިރުބަވެރިއެއްއް ކަމަށް ބުނާ ދައުވާ މީހުންގެ މައްޗަށް ނުހައްގުން އުފުލައި، ގިނަ ބަޔަކު ހައްޔަރު ކުރަމުންދާކަން ފާހަގަ ކޮށްފައިވެއެވެ.

ތަޖުރިބާކާރުން އަންނަނީ ހޮންކޮންގްގެ މި ގާނޫނުތަކުން ޗައިނާ ސަރުކާރަށް ލިިބިފައިވާ ބާރުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނެފައިވަނީ ހެދިފައިވާ ގާނޫނުތަކަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭ ގާނޫނުތަކަކަށް ވާންޖެހޭނެ ކަމަށެވެ.

ޓޭންގް ހައްޔަރު ކުރުމުން ވެސް މި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓޭންގްގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކުން ބުނެފައިވަނީ ގައުމުގެ ސެކިއުރިޓީ ގާނޫނަކީ ބައިނަލްއަގްވާމީ ގާނޫނާއި ގަވާއިދުތަކަށް ހުރަސް ނޭޅޭ ގާނޫނުތަކެއްކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.