އިންޑިއާގެ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން އެގައުމުގައި ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިވި މީހަކަށް ހަމަލާދީ އަތާއި ފައި ބުރިކޮށް މަރާލައިފިއެވެ.

އެގައުމުގެ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި އެފިރިހެން މީހާ މަރާލާފައިވަނީ ދިއްލީގެ ބޭރުގައި ފުލުހުން ޖަހާފައިވާ ބެރިކޭޑެއް ކައިރީގައެވެ. އެގޮތުން މަރާލުމަށްފަހު އަތާއި ފައިބުރިކޮށް އޭނާގެ ހަށިގަނޑު ފުލުހުންގެ ބެރިކޭޑު މަތީ ބާއްވާފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އެގައުމުގެ ފުލުހުންގެ އިސް ބޭފުޅަކު ބުނީ، އިއްޔެ ހަވީރު 5:00 އެހާކަންހާއިރު، އަތާއި ފައި ބުރިކޮށް މަރާލާފައިވާ މީހަކު ދަނޑުވެރިން މުޒާހަރާ ކުރަމުންދާ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކަމަކީ އެއީ ކޮންބައެއް ހިންގާފައިވާކަމެއް ކަން އަދި ސާފު ނުވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އެގައުމުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އެގޮތުން ދަނޑުވެރިންގެ އިތުރުން އެހެން ބައެއް ފަރާތްތަކުން ވެސް މަގުމައްޗަށް ނުކުމެ އެކަން ކުރި ބަޔަކު ހޯދުމަށް ގޮވާލާފައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެމީހާއަށް ހަމަލާދީ މަރާލާފައިވަނީ ސިކުންގެ ގްރޫޕަކުން ކަމަށެވެ. އެގޮތުން އެ ގްރޫޕުން އޭނާ އަނިޔާވެރިކޮށް މަރާލާފައިވަނީ އެމީހުންގެ ދީނުގެ ފޮތަކާއި ގުޅޭ ގޮތުން އެފިރިހެން މީހާ ވާހަކަތަކެއް ދައްކާފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެ ގްރޫޕާއި ގުޅޭ ގޮތުން މިފަދަ ވާހަކަތަކެއް ދައްކާފައިވީނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް މިހާތަނަށް އަދި ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދެން އޯކޭތާ. ޑިމޮކްރަސީގެ އައ އއްޕަ ވި އްޔާ ރަނގަޅެ އއް ނުން؟

    17
    1
  2. ކުރަފި

    އެއީދޯ އެކިޔާ ޑިމޮކްރަފި އަކީ އެއަކު ލޮލެއް ނުހުންނާނެ ހަމައެކަނި ބޯހުންނާނީ އެހެންވީމާ އަނދިރިވާނެ ނުވެސް ފެންނާނެ

    14
    2