އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޑޭވިޑް އެމެސްއަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފިއެވެ.

ޑޭވިޑް އެމެސްއަށް ހަމަލާދީފައިވަނީ އޭނާ ތަމްސީލު ކުރައްވާ ޑިސްޓްރިކްޓްގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އޭނާއަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންެގެ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާގޮތުން، އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތެރިވަމުންދާއިރު، އެ މައްސަލައިގައި މިހާތަނަށް އެކަކު ވަނީ ހައްޔަރުކޮށްފައެވެ.

އުމުރުފުޅުން 69 އަހަރުގެ އެމެސް އަވަހާރަކޮށްލާފައިވާއިރު، އެ ހާދިސާއާ ގުޅިގެން އިތުރު މީހަކު ހޯދަމުން ނުދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އޭނާއަށް ހަމަލާ ލިބުމާއެކު އެ ސަރަހައްދުގައި އެމާޖެންސީ ސާވިސް އިން އޭނާއަށް ފަރުވާދިން ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވިފައި ނުވާ ކަމަށެވެ.

"އުމުރުން 25 އަހަރުގެ ފިރިހެނަކު ވަނީ އެ ސަރަހައްްދަށް ފުލުހުން ގޮސް ހައްޔަރުކޮށްފައި. އޭނާގެ އަތުން ވަޅިއެއްވެސް ފެނިފައިވޭ" ފުލުހުން ބުނެފައި ވެއެވެ.

އެމެސް އަވަހާރަކޮށްލާފައިވާއިރު، އޭނާގެ ފަސް ދަރިންނާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.

އޭނާ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ފުރަތަަމަ އިންތިހާބުކޮށްފައި ވަނީ 1983 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯކިބާ

    އަނހަ އެކަމަކު އެތާ ތިބެގެންނޭ ރާއްޖެ ނުރައްކަލޭކިޔާފަ ޓުވީޓުކުރަނީ.

    16
    2
  2. އުގުރި

    ހައްޔަރު ކުރި މީހާއަކީ މުސްލިމެއް ނަމަ ބޮޑު ޓެރަރިސްޓެއް. ކާފަރެއް ނަމަ މޮޔައެއް ބޯގޯސް މީހެއް

    12
    1