ކޮންމެ ދުވަހަކު އެތައް ބައެއް ޒިޔާރަތް ކުރާ އިންޑިޔާގެ މަޝްހޫރު ގަންގާ ކޯރުގެ ސަރަހައްދެއް ބަންދުކުރަން ނިންމައިފިއެވެ.

ވަރަށް ބޮޑަށް ނަޖިސް ވުމުގެ ސަބަބުން ބަންދުކުރަން ނިންމާފައި ވަނީ ހަރިދްވަރް އާއި ކަންޕުރް ގުޅުވައިދޭ ގަންގާ ކޯރުގެ ސަރަހައްދެކެވެ. މި ސަރަހައްދު ބަންދުކުރުމާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުންވާނީ ދިއްލީގެ ނެޝަނަލް ކެޕިޓަލް ޓެރިޓަރީ އާއި އުއްތަރް ޕްރަދޭޝްގެ ސަރަހައްދުތަކަށެވެ.

ގަންގާ ކޯރުން އެތައް ލައްކަ ބަޔަކު ފެން ބޭނުންކުރާއިރު މި ކޯރުން ބުއިމަށާއި ގޭގެ އެހެނިހެން ކަންކަމަށްވެސް ފެން ބޭނުންކުރެއެވެ. އަދި ދީނީ ކަންކަމުގައި ގަންގާ ކޯރަށް އެތައް ބަޔަކު މަލާއި އެހެނިހެން ތަކެތި އަޅާއިރު މަރުވެފާއިވާ މީހުންވެސް ގަންގާ ކޯރަށް ދޫކުރާކަން ފާހަގަ ކުރެވެއެވެ.

ގަންގާ ކޯރު ބަންދުކުރުމާއި އެކު ފެނުގެ ތަދިތަކާއި ކުރިމަތިވާނެ އިތުރުސަރަހައްދުގެ ތެރޭގައި މުޒައްފާނަގަރް، މީރުތް، ގާޒިޔާބަތް ހިމެނެ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި 20 ދުވަހަށް ގަންގާ ކޯރުގެ މި ސަރަހައްދު މަރާމާތު ކުރުމަށް ބަންދުކުރާނެއެވެ. އަލުން މި ސަރަހައްދު ހުޅުވާލާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގައިއެވެ.

މި ކޯރަކީ އިންޑިޔާގައި ހާއްސަ ގަދަރެއް ދެވިފައިވާ މުހިންމު ކޯރެކެވެ. ފުންމިނުގައި 52 ފޫޓު ހުންނައިރު މި ކޯރު އިންޑިޔާގެ އުތުރުން އިރުމަތީ ބިތުން ބަންގާޅާ ދިމާއަށް ދެމިގެން ދެއެވެ. އަދި ފުން ހިސާބުތަކުގައި މި ކޯރުގެ ފުންމިން 100 ފޫޓާއި ހަމައަށްވެސް ހުންނާނެ އެވެ.

ހިންދޫން ގަބޫލުކުރާގޮތުގައި މި ކޯރަކީ ވަރަށް ބަރަކާތްތެރި ކޯރެކެވެ. ބައެއް މީހުންނަކީ މި ކޯރަށް އަޅުކަންވެސް ކުރާ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު