މަތީގައި އެވާ ފޮޓޯއިން ފެންނަނީ 2003 ވަނަ އަހަރު އެމެރިކާ އިން އިރާޤަށް އަރައިގަތުމުގެ ކުރިން އެންމެ ފަހުން ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އޭރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިން ޕަވަލް ވާހަކަ ދައްކަން އިން މަންޒަރެވެ. އިރާޤުގައި ފަނާކުރުވަނިވި ނިއުކްލިއާ ހަތިޔާރު އެބަހުރި ކަން ސާބިތުކޮށްދޭން އެދުވަހު ވެސް އޭނާ އެތައް ދޮގެއް ހެދިއެވެ.

އިއްޔެ އުމުރުން 84 އަހަރުގައި ޕަވަލް މަރުވެގެން ދިޔަ ނަމަވެސް ބުޝްގެ ވެރިކަމުގައި އެމެރިކާ ސިފައިން އިރާޤަށް އަރައިގަތުމުގައި އޮތް ޕަވަލްގެ ދައުރު އަދިވެސް އިރާޤު ރައްޔިތުންގެ ހަނދާނުގައި އެބަހުއްޓެވެ. އިރާޤާއި މެދުއިރުމައްޗަށް ޕަވަލްގެ ނުބައި ނުލަފާކަމުގެ ސަބަބުން ލިބުނު ގެއްލުމާއި އަދި ލިބެމުންދާ ގެއްލުންތަކުން ކައިރި މުސްތަގުބަލެއްގައި އަރައި ގަނެވުމަކީ ވެސް ދުރުކަމެކެވެ.

މަރިޔަމް ނަމަކަށް ކިޔާ އިރާޤުގެ 51 އަހަރުގެ ލިޔުންތެރިޔަކު "އޭއެފްޕީ" އަށް މައުލޫމާތު ދެމުން މިއަދުވެސް ޕަވަލް ސިފަކުރީ ދޮގުވެރިއެއްގެ ގޮތުގައެވެ. "އެއީ ދޮގުވެރިއެއް، ދޮގުވެރިއެއް، ދޮގުވެރިއެއް. އޭނާ އަކީ ދޮގު ހެދި މީހާ. އެކަމުގެ ސަބަބުން އަހަރެމެން މިތިބީ ނިމުމެއް ނެތް ހަނގުރާމައެއްގެ ތެރޭގައި." މަރިޔަމް ބުންޏެވެ.

އިރާޤު ސިފައިން ކުވޭތައް އެރުމުން 1991 ވަނަ އަހަރު އެމެރިކާ އިން އިރާޤު ސިފައިންނާއި ދެކޮޅަށް ހަނގުރާމަ ކުރިއިރު އެމެރިކާގެ ޖޮއިޓް ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުރީ ކޮލިން އެވެ.

އޭގެ ދިހަ އަހަރު ފަހުން އިރާޤުގައި ނިއުކްލިއާ ހަތިޔާރު ހުރިކަން ދުނިޔެ އަށް ވިސްނައި ދިނުމަށް ވެސް ނިކުތީ ކޮލިން އެވެ. އޭރު އެމެރިކާގެ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ކޮލިން ނުހަދާ އެއްވެސް ދޮގެއް ނެތެވެ. އިރާޤުން އޭނާ ސިފަކުރި ގޮތައް އެއީ މަކުނުވާތަކެއްހެން ވަށައިގެން ދޮގާއި މަކަރު އެކުލެވިފައި ހުރި މީހެކެވެ.

ކޮލިން އަކީ ބަޠަލެއް ކަމަށް އެމެރިކާ އިން ސިފަކުރި ނަމަވެސް އިރާޤާއި މެދުއިރުމަތީގެ ގައުމުތަކަށް އެއީ ޣައްދާރެކެވެ. އަނިޔާވެރިއެކެވެ. އެކަން ދުނިޔެ ދެމިއޮތްހާ ދުވަހަކު ބަދަލެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަސަނާ

    މީނުބައިނުލަފާގައްދާރެއް މާތްﷲމިނުލަފާ ޝައިތާނާއައް ގަދަފަދަވެގެންވާ އަޒާބުއިތުރުކުރައްވާށި އާމީން

    32
    3
  2. ހިމާރުލްގައުމު

    މަރިޔަމްމެން ގުދޯގުދޯ ނުގޮވާ މިހާރު. ސައްދާމް ބޭރުކޮށްފަ މޭބިސްކަދުރު ކެވިފަ ތިޔާ ތިބީ. އިސްލާމީ ހަޞާރަތުގެ މައި ކިއްލާ ބަޢުދާދު ތަޅާ ސުންނާފަތި ކުރީ ގަސްވެރިޔާ ލައްވާ ގަސް ކަނޑާ އުސޫލުގެ ދަށުން ކަލޭމެން އަޑީގަ ތިބެގެން ކަލޭމެން ލައްވާ. ސައްދާމް ހުސެއިނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.

  3. ހުސޭނުބޭ

    ސާއްލާ! ތި ވަރުގަދަކަމެއް ދެން ނުދެއްކޭނެ!

    16
    1
  4. ލިންކްސް

    ޤިޔާމަތްދުވަހު ތިފުޅި ދައްކާފައި ކަލޭ ނަރަކައަށް ވަންނަން ތައްޔާރުވޭ

    3
    1