ދަރިން ބަސްނާހާނަމަ ބެލެނިވެރިންނަށް އަދަބުލިބޭގޮތަށް ގާނޫނެއް ހަދަން ޗައިނާ ސަރުކާރުން ނިންމައިފިއެވެ.

މިއަދުގެ މުޖްތަމައުގައި މައިންބަފައިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގިނަ ބަޔަކާއެކު އުޅެން ޖެހި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އުނދަގޫ ވުމެވެ. އެކި ސަބަބުތަކާއި ހެދި މިކަމަށް ފަރުވާކުޑަކުރެވިފައިވާއިރު ދާދިފަހުން ޗައިނާ ސަރުކާރުން މިވަނީ އެގައުމުގެ މުސްތަގުބަލް ސަލާމަތް ކުރުމަށް މަސައްކަތް ފަށައިފައެވެ.

ޗައިނާ ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ދަރިންގެ އަހުލާގު ގޯސްވެ ދަރިން ކުށްތަކަށް އަރައިގަންނަ ނަމަ އެކަމުގެ އަދަބު ބެލެނިވެރިންނަށްވެސް ލިބޭނެ ގޮތް ހަދަން މިވަނީ ނިންމާފައެވެ.

އަހުލާގަށް ބަދަލު އައިސް ކުށްތަކަށް އަރައިގަންނަ ނަމަ އެކުދިންގެ ބެލެނިވެރިން ފެމެލީ އެޑިއުކޭޝަން ގައިޑްލައިން ޕްރޮގްރާމުގައި ބައިވެރި ކުރުމުގެ ބާރު ސަރުކާރަށް ލިބިގެން ދާނެއެވެ.

ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޒަންގް ޓީވެއި ވިދާޅުނީ ދަރިން ގޯސް މަގުން ދިއުމަށް މެދުވެރިވާ ބައިވަރު ސަބަބުތައް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި އާއިލާގެ ތެރެއިން ދަރިންނަށް ދޭންޖެހޭ ތަމްރީނާއި ތަރުބިއްޔަތު ނުދެވުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލް ކުދިން ގިނަ ވަގުތު ވީޑިއޯ ގޭމްސް ކުޅުމުން ދުރުކުރުމަށްވެސް އެންމެ ފުރަތަމަ ދުނިޔެއިން ފިޔަވަޅު އަޅަން ފެށި ގައުމަކީ ޗައިނާ އިންނެވެ. އެގައުމުން ވަނީ ސްކޫލަށް ދާ ކުދިން ވީޑިއޯ ގޭމްސް ކުޅެން ވަކި ގަޑިތަކެއް ހަމަޖައްސާފަ އެވެ. އަދި އެ ގަޑިތައް ފިޔަވައި އިތުރު ގަޑިތަކުގައި ވީޑިއޯ ގޭމްސް ކުޅޭނަމަ ފިޔަވަޅު އަޅަންވެސް ވަނީ ނިންމާފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޒިމް

  މީ މިރާއްޖޭގައި ވެސް ކުރަންވެއްޖެކަމެއް.. ސުކޫލަކީ ކުދިންބަލާ ތަނަކަށް ހަދާގެން ބެނިވެރިން އުޅެންފަށާފި.. ގޭތެރެއިން އެއްވެސް ރަގަޅު އަޙްލާޤެއް ދަސްކޮށްދޭކަށް މަސައްކަތެއްނުކުރޭ..

  14
 2. ކެނެރީގެ މާފަތް އެދުރު

  ދިވެހިރާއްޖެއަށްވެސް ވަރަށް މުހިންމު ޤާނޫނެއް

  16
  1