އިނގިރޭސިވިލާތުގެ ކޮމްޕެޓިޝަން ރެގިއުލޭޓަރުން ފޭސްބުކް 69 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.

އިނގިރޭސިވިލާތުން އެ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ އެމެރިކާގެ ސޯޝަލް މީޑިއާ ކުންފުނި ގިފް ޕްލެޓްފޯމް ގިފީ ގަނެފައިވާ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ކުރި އަމުރަކާއި ހިލާފުވި ކަމަށް ބުނެއެވެ.

ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީ (ސީއެމްއޭ) އިން ބުނީ ފޭސްބުކް އިން ގަސްދުގައި އެ ކުންފުނީގެ އަމުރަށް ތަބާވެފައި ނުވާ ކަމަށެވެ. އަދި ފޭސްބުކް ޖޫރިމަނާކޮށްފައި ވަނީ އެއްވެސް ކުންފުންޏަކީ ގާނޫނަށް ވުރެ މަތީގައި އޮތް ކުންފުންޏެއް ނޫން ކަމަށް ބުނެ ދިން އިންޒާރެއްގެ ގޮތުން ކަމަށް ބުނެފައި ވެއެވެ.

ފޭސްބުކްގެ ވިޔަފާރީގެ އާދަކާދަތަކާއި ގުޅިގެން ރެގިއުލޭޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ހޫނު ހަމަލާތަކެއް ފޭސްބުކަަށް ވަނީ އަމާޒުވެފައެވެ.

ފޭސްބުކުން ގިފީ ގަތުމާއި ގުޅިގެން ސީއެމްއޭއިން އެފަދަ އޯޑަރު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމާދު

    ރާއްޖެވެސް އެބަޖެހޭ މިގޮތައް ފޭސްބުކް ނަމަވެސް ކޮންމެވެސް ބޮޑު ސައިޓެއް ޖޫރިމަނާ ކޮއްގެން 1 ބިލިޔަން ޑޮލަރު ދަމައިގަންނަން.