ބަންގްލަދޭޝްގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް އެގައުމުގެ ޤާނޫނު އަސާސީގައި ލިޔެފައި އޮންނަ މާއްދާ އުވާލުމަށް ފަހު ބަންގްލަދޭޝް އަކީ ސެކިއުލާ ދީނީ ގަބޫލުކުރުންތަކުގެ މައްޗަށް ވެރިކަން ހިންގާ ގައުމެއް ކަމަށް ނިންމަން އެގައުމުގެ ސަރުކާރުން ތައްޔާރުވެއްޖެއެވެ.

ބަންގްލަދޭޝްގައި ދިރިއުޅޭ ހިންދޫންގެ ބަޔަކު ކީރިތި ޤުރުއާން އެމީހުންގެ ފައިދަށަށް ލުމަށް ފަހު ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގައި ދައުރުކުރުމުން އެގައުމުގައި ވަނީ މިދުވަސްވަރު ހަމަނުޖެހުން ބޮޑުވެފައެވެ. މިމަހުގެ 10 ވަނަ ދުވަހު ދައުރު ކުރަން ފެށި އެފޮޓޯ އާއި ގުޅިގެން ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މުސްލިމުން ވަނީ މުޒާހަރާއަށް ނިކުމެފައެވެ. އަދި ހިންދޫންގެ ފައްޅިތަކަށް ވަނީ ގެއްލުން ވެސް ދީފައެވެ.

ހަމަނުޖެހުންތައް ބޮޑުވެފައި ވަނިކޮށް ބަންގްލަދޭޝްގެ އިންފޮމޭޝަން މިނިސްޓަރު މުރާދު ހަސަން ބުނީ ބަންގްލަދޭޝްގެ ގާނޫނު އަސާސީގައި ބަންގްލަދޭޝްގެ ދީނަކީ އިސްލާމްދީން ކަމަށް އޮތް މާއްދާ އުވާލަން އޭނާ ހުށަހަޅާނެ ކަމަށެވެ. އޭނާ ބުނީ ބަންގްލަދޭޝް ފުރަތަމަ އުފެދުނުއިރު އެގައުމުގެ ގާނޫނު އަސާސީ އޮތްގޮތައް ބަދަލުކޮށް ކޮންމެ ދީނެއްގެ މީހަކަށް ވެސް ބަންގްލަދޭޝްގައި ދީނީ އަޅުކަންތައް އަދާކުރެވޭ ގޮތައް ބަދަލުކުރަން ބޮޑުވަޒީރު ޝައިހް ހަސީނާ ބޭނުންވާ ކަމަށެވެ.

1972 ވަނަ އަހަރު ބަންގްލަދޭޝްގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލިއިރު އެގައުމުގެ ގާނޫނު އަސާސީގައި ދައުލަތުގެ ދީނެއްގެ ގޮތުގައި އެއްވެސް ދީނެއް ފާހަގަ ކޮށްފައެއް ނެތެވެ. ނަމަވެސް 1988 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ބަންގްލަދޭޝްގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބުނެފައި ވެއެވެ.

ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އަވާމީ ލީގު ޕާޓީން ވަނީ ބަންގްލަދޭޝްގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް އޮތް އޮތުން އުނިކުރަން ހުށަހަޅާ އިސްލާހަށް އެޕާޓީން ދެކޮޅު ނުހަދާނެ ކަމަށް މިހާރު ވެސް ބުނެފައެވެ. އެހެންކަމުން އެގޮތައް ފާސްވެގެން ދާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް ބަންގްލަދޭޝްގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެގޮތައް ގާނޫނު އަސާސީ އިސްލާހް ކޮށްފިނަމަ ބަންގްލަދޭޝްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަލީ

    ހަސީނާގެ ދުވަސް ތި ދިޔައީ. ކޮންމެ ކަމެއްގެ ވެސް ނިމުން އަންނަން ކޮންމެވެސް ސަބަބެއް މެދުވެރިވާނެ

    62
    2
    • ވިސްނާލުމަށް އެދެމޭ

      މިސަރުކާރާ ސަރުކާރަށް ވާގިވެރިވާ މަޖުލިސް މެމްބަރުން ދިވެހިގާނޫނު އަސާސީއަށް ތިނުކު ތާ އި ތުރުކުރަން ހުށަނާޅާނެކަމަށް ނުވިސްނާ ތި މިހާރުވެސް ދީނީ މިނިވަންކަމާ ހަމަހަމަކަމަށް ގޮވާބައެއް މި ތިބީ..އިންޑިޔާގެ ސިފައިންނާ އެމީހުންގެ އާއިލާ ތަކާ ބިދޭސީން މިއޮ ތީ ރާއްޖޭގަ ކަނޑުމަހަށްވުރެ ގިނައިން..އިންޑިއާގެ އަ ތްދަށުން މިގައުމު ސަލާމަ ތްކުރަން ނުކުންނަ ންވީ މިނޫންގޮ ތެ ދެންނެ ތް..ގައުމު ސާފުކުރަން ނުކުމޭ އެންމެން..

      31
      1
      • މިންގުންގެ

        މިގައުމުމުގަ އިންޑިއާ މީހުންނަށްވުރެ ރާއްޖޭގެ މީހުންނަށްވުރެ ގިނައީ ބަންގާޅުންނާ ނޭޕާލުމީހުން ތިކަހަލަ ކަންކަމާ އެމީހުން ވިސްނާ ފިޔަވަޅުއަޅާނެ ކަލޭ އެކަމާ ކަންބޮޑުނުވޭ

        7
        1
  2. ސަންފާމަނިކެ

    ތިޔަހެން ހަދައިފި ނަމަ ހުޅނގުގެ ގައުމުު ތަކުންނާ އިންޑިއާއިން އޮބި ނޯންނަ ވަރަށް އެހީލިބޭނެ އެކަމަކު ގައުމުގައި ހަމަނުޖެހުން ބޮޑުވާނެކަން ޔަގީން. ދެން އެންމެ އަވަހަށް ތިޔަކަން އިއުލާން ކުރާނީ ދިވެހި ރާއްޖޭގަ ހެން ހީވަނީ.

    55
    1
  3. ޔާ ﷲ

    ތި ޝައިހް ހަސީނާއަކީ މޯދީގެއެކުވެރިޔެއް.....ތިކަހަލަ ކަމެއް މިގައުމަށް ވެސް ކޮށްފާނެ

    52
    1
  4. Anonymous

    ޞުބުޙާނަﷲ، މާތްﷲގެ ކޯފާއަށް ބިރުވެތިވޭ

    60
    2
  5. Anonymous

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
    ކޮވިޑް ގެ ބަލިމަޑުކަމުންވެސް ޢިބްރަތެއް ނުލިބުނު.
    ﷲ ތެދުމަގު ދައްކަވަން އިރާދަކުރައްވާ ބަޔަކަށް ނުބައި މަގު ދައްކާނެ ފަރާތެއް ނުވޭ.
    ދެން މިޤައުމުގެ ސަރުކާރުން ތިޔަކަމަށް ފައިމުޑި ނުނަގައިފިއްޔާ ވެއްޖެ.މިތާވެސް ބޭނުން ދީނަކަށް ނޫޅެވިގެން އުޅޭ މީހުން ހީވަނީ ރެވިތޮޔޮ ވަށައިގެން އުޅޭހެން

    48
    1
  6. އަލިބެއްޔާ

    ވަރަށް މަސައްކަ ތް ކޮއްފި ރާއްޖޭގައިވެސް ތިކަން ކުރަން.

    30
    1
  7. ޢަހު

    އިސްލާމްދީނަކީ އެންމެ ފުެިހަމަ ދީން މިދީން މަތީގަ ތިބެފާ އެހެންދީންތަށް ގަބޫލުކޮށް އިސްލާމް ދީން ދޫކޮށްލާ މީހުންނަށް އޮންނަނީ މަރުގެ އަދަބު އެހެންވީމަ ޝެއިޚް ޙަސީނާއަށް ފުރަތަމަ އަދަބު ދޭންވީ ޚާލިދާ ޖަލުގަ ނައިންދައިގެން ލއްކަ ގަނޑެއް ތަޅުވާލެވިއްޖެ ދޯ

    20
  8. ހަވާސާ އިބޫ

    ޔާﷲ އިސްލާމް ދީން ގައުމުނަ ފުހެލްން މަސައްކަތްކުރާ މީހުންގެ ކިބައި ގައުމާއި ދީން ސަލާމަތްކުރަށްވައި އެފަދަ މީހުން ނިކަމެތިކުރައްވާންދޭވެ.

    21
  9. ސަލް

    އިސްލާމީ ގައުމެއގެ ވެރިޔަކައް އަންހެނަކު ލައިފިނަމަ ކާމިޔާބެއް ނުލިބޭނެކަމުގެ ހެކި..

    18
    1
  10. ކަންތަކާ ޖެހުނީ....

    ދެން މުސްލިމުންނޭ ކިޔާފައި ބަންގާޅީންތައް ފުޅިފުޅީގަޔާއި ދަޅުދަޅަށް ވެސް އެރިގެން ރާއްޖެއަށް އެތެރެވާނެ އެވެ. ނުކިޔަވާ ޖާހިލު، ލަދުހަޔާތުން ބަރީޢަ ވެފައި ތިބި، ބަންގާޅީންގެ ހާއްޔަކަށް ނުވާ ހަމަ އެންމެ ރަށެއްވެސް ރާއްޖެއަކު ނެތޭ ބުނެވިދާނެ އެވެ.

  11. އިސްޢާފް ސަލީމް

    ދީނަކީ އިންސާނާގެ ބުއްދިއާއި ވިސްނުން ބޭނުންކޮށްގެން އިޚްތިޔާރުކުރަން އޮތް ކަމެކެވެ. މާތްﷲ ގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީންކަމަށާއި އެނޫން ދީނެއް މާތްﷲ ހެ ޙަޟުރަތުގައި ޤަބޫލު ނުކުރައްވަނޭކަން ސާފުބަހުން އެއޮތީ ޤުރުއާނުގައި އަންގަވާފައެވެ. އަދި ދީނަށް ވެއްދުމުގައި މަޖުބޫރު ނޫންކަންވެސް އޮތީ ޤުރުއާނުގައި އަންގަވާފައެވެ. ސަލާމަތާއި ރައްކައުތެރިކަން އޮތީ އިސްލާމްދީނުގައެވެ. އާޚުރަތް ބާއްޖަވެރިވާންއޮތީވެސް އިސްލާމްދީނުގައި ހުރެ މަރުވެގެންނެވެ. މިއޮތީ ކަޅުދެލިން ލިޔެވޭ ފަސޭހަ ޤަލަމެކެވެ. ދެން މިއޮތީ ރަތްދެލިން ލިޔެވޭ އުދަގޫ ޤަލަމެކެވެ. ރަތް ދެލިން ލިޔުނީމާ 50 މާކުސް ލިބެއެވެ. ކަޅު ދެލިން ލިޔުނީމާ 40 މާކުސް ލިބެއެވެ. ލިޔާނެ ޤަލަމެއް ޚިޔާރުކުރާނީ ލިޔާ މީހާއެވެ.

  12. ހުސޭނުބޭ

    ޝައިޚް ހަސީނާއަކީ ކޮން ވައްތަރެއްގެ ޝައިޚެއްކަން އެބަ އެގޭނު!

  13. ާނަސީ

    އެންމެ ގައިކަމީ މިދާވަރުން މިގައުމް ގައި

  14. ބޯހަލާކު

    އަބަދުވެސް އިސްލާމް މިބަސް އައިސްފިއްޔާ ހަމަނުޖެހުން ވަރުގަދަ ކަމެއްނު

    1
    1
  15. ކުކުޅުމުދި

    ކޮންކަމެއްތަ ކާމިޔާބުނުވެގެން ތިއުޅެނީ ބަންގާޅުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަރާ ތަރަށްގީވަމުން އަންހެނަކު ވެރިކަން ކުރާތަނެއް ހަލާކުވެދާނަމަ ޔޫރަޕުގެ މުއްސަނދި އެތައްގައުމެއް އޮންނާނީ ހަލާކުވެފައެއްނު

    1
    1