ސްރީ ލަންކާގެ އަންހެނަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެއެވެ.

މި ހަ ކުދިން ވިހާފައި ވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. މިއީ ލަންކާގައި އެއް ފަހަރާ އެންމެ ގިނަ އިން ކުދިން ވިހެއި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހޮސްޕިޓަލުން ބުނާ ގޮތުގައި ހަ ކުދިން ލިބިފައި ވަނީ 31 އަހަރުގެ އަންހެނަކަށެވެ. އޭނާ އަށް ލިބިފައި ވަނީ ތިން އަންހެން ކުދިންނާއި ތިން ފިރިހެން ކުދިންނެވެ. އަންހެން މީހާ އާއި ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުންނެވެ.

އަންހެނުންގެ ޑޮކްޓަރެއް ކަމަށްވާ ޕްރޮފެސަރު ޓައިރަން ޑަސްގެ ބެލުމުގެ ދަށުން ސިޒޭރިއަން ހަދައިގެން ހަ ކުދިން ނަގާފައިވާއިރު މިއީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.

ދުނިޔޭގެ ގައުމުތަކުގައި އެއްމާބަނޑު ކުދިން ވިހެއުން މިހާރު ވަރަށް އާންމުވެފައެވެ. އެއީ އެގޮތަށް ކުދިން ހޯދަން ބޭނުންވާ މީހުންނަށް ވެސް ބޭސްވެރިކަމުގެ ތެރެއިން އެ ފުރުސަތު ހުޅުވާލާފައި އޮތުމުގެ ސަބަބުން ކަން ފާހަގަ ކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު