އިންޑިއާގެ މަހާރާޝްތުރަ ސްޓޭޓްގެ މައިނޯރިޓީންގެ މިނިސްޓަރު ނަވާބް މާލިކް ކޮވިޑް-19ގެ އެންމެ ދަތި ހާލަތުގައި އިންޑިއާ އޮއްވާ ގިނަ އަދަދެއްގެ ފިލްމީތަރިންނާއިއެކު ރާއްޖެ އައިސް ޕާޓީ ކުރުމުގައި އުޅުނު ކަމަށް ނާކޮޓިސް ކޮންޓްރޯލް ބިއުރޯގެ ޑިރެކްޓަރު ސަމީރު ވަންކެޑަ ވިދާޅުވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.

އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެންބީސީގެ ޑިރެކްޓަރު ސަމީރު ވިދާޅުވީ ކޮވިޑްގެ އެންމެ ދަތި ހާލަތުގައި ގައުމު އޮއްވާ ހާއްސަކޮށް މަހާރާޝްތުރަގެ ހާލަތު ގޯސްވެފައި އޮއްވާ މާލިކް ފިލްމީތަރިންތަކާއިއެކު ރާއްޖެއަށާއި ދުބާއީ އަށް ދަތުރުކޮށް ކުރިކަމެއް އެނގެން ޖެހޭނެ ކަމަށެވެ. އެންބީސީގެ ޑިރެކްޓަރު ސަމީރު ވަނީ މިނިސްޓަރު މާލިކް ޖަލަށް ލާނެ ކަމަށް ވެސް ވިދާޅުވެފައެވެ. މައްސަލަ ބޮޑަށް ހޫނުވީ އެހިސާބުންނެވެ.

މާލިކް ވަނީ އޭނާ ޗުއްޓީއެއްގައި ރާއްޖެ ވަޑައިގެންނެވި ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެއީ ބޮލީވުޑްގެ ތަރިންނާއިއެކު ކުރި ދަތުރެއް ނޫންކަމަށާއި އެއީ އޮންނަ އުސޫލުގެމަތިން ސަރުކާރުގެ ހުއްދަ ހޯދައިގެން އާއިލާ މެންބަރުންނާއިއެކު ކުރި ޗުއްޓީ ދަތުރެއް ކަމަށް އޭނާ ވިދާޅުވިއެވެ. މާލިކް ދުބާއީއަށް ވަޑައިގެންނެވި ކަމަށް އެންބީސީގެ ޑިރެކްޓަރު ސަމީރު ކުރައްވާ ތުހުމަތުތައް މާލިކް ވަނީ ދޮގު ކުރައްވާފައެވެ. މާލިކް ވިދާޅުވީ އެންބީސީގެ ޑިރެކްޓަރު ސަމީރު އެވިދާޅުވާ ތާރީޚްގައި އޭނާ ދުބާއީއަށް ވަޑައިގެންފައި ނުވާނެ ކަމަށެވެ.

މާލިކާއި އެންބީސީގެ ޑިރެކްޓަރު ސަމީރާއި ދެމެދުގައި އުފެދިގެން އުޅޭ ހިޔާލު ތަފާތުވުންތަކުގެ އަސްލަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ބަޔަކު ދޫކޮށްލަން ވެގެން މިނިސްޓަރު މާލިކް މަސައްކަތް ކުރެއްވުން ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އެފަދަ ތުހުމަތެއް މާލިކްގެ ފަރާތުން ކުރިމަތިވި ކަމަކަށް އަދި އެންބީސީގެ ޑިރެކްޓަރު ސަމީރު ވެސް ވިދާޅެއް ނުވެއެވެ.

ދެބޭފުޅުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ހޫނުވެ އެންމެ ފަހުން މާލިކް ވަނީ އޭނާ ރާއްޖެ އަށް ދަތުރު ކުރީ ހުއްދަ ހޯދައިގެން ގާނޫނީ އިމުގެ ތެރެއިންކަން ސާބިތުކޮށްދިނުމަށް ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެންބީސީން ދާދި ފަހުން ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިނިސްޓަރު މާލިކްގެ އާއިލާ މެންބަރަކު ހައްޔަރު ކޮށްފައެވެ. އޭނާ ދޫކޮށްލަން އެންބީސީން ދެކޮޅު ހެދުމުން ދެފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށް އެންމެފަހުން މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބުރުގާ

  ރާއްޖޭގަ ޓޫރިޒަމް މިނިސްޓާރު އަލީ ވަހީދު ކޮވިޑު ލޮކުޑައުންތެރޭ މާގިރި ހޮޓެލްތެރޭ އެތަކެން އަންހެނުންނާ ނަހަމަ ގުޅުން ހިންގާ، އަނެއް ބަޔަކު އެތާތެރޭ އެއްޖިންސުން ގުޅުން ހިންގާ، ކާފިއު ގަވާއިދުތައް މުގުރާލިއިރުވެސް، ރާއްޖޭގެ ކަމާބެހޭ ފަރާތްތައް ކަހާތަން ހިރުވާވެސް ނުލި.

  10
  2
 2. Anonymous

  މިކަހަލަ ހަބަރު ގިނަކުރަން ގޮވާލަން.

 3. އިބްރާހިމް

  ކޮބައިތަ މައްސަލައަކީ؟ އިންޑިއާގެ ރައްޔިތުން ބަނޑަށްޖެހުނަސް ދިވެހިރާއްޖޭގެ ކަންކަން ރަނގަޅުކުރީމާ އިންޑިއާގެ ސަރުކާރަށް ނިމުނީ.

  6
  1
 4. ވާހްވާހް

  މީ މިމީހުންގެ ފެންވަރަކީ ހަމަ މުޅިން ރިޝްވަތު މިވެރިންގެ ޢާއިލީ މީހަކު ވިއްޔާ ކޯޓައްގޮސްގެންވެސް ދޫކުރެވޭ މިތާނގަވެސް ވާވަރުތީ އެހެންތާވާނީ މައިސަރުކާރުން ކަންތައްކުރާގޮތައްތާ މޭޔަރައްްވެސް ކަންތައްކުރެވޭނީ

 5. ބެއްޔާ.

  މަހަލްދި ޕޫރަކީ އެމީހުންގެ ސިޓީއެއް..އެމީހުން ބޭނުން އިރަކު ބޭނުންގޮތަކަށް އާދެވޭނެ.....

  8
  3