ޗައިނާގެ ބައެއް ފާމުތައް ހިންގާ ގޮތުން ގޮންޖެހުންތައް ކުރިމަތިވާކަމަށް ޕީޕަލްސް ބޭންކް އޮފް ޗައިނާ(ޕީބީއޯސީ) ގެ ގަވަނަރު ޔީ ޖަންގް ވިދާޅުވެއްޖެ އެވެ.

ޔީ ޖަންގް ވިދާލުވީ ޗައިނާގެ އިގްތިސާދު ދަނީ ރަނގަޅަށް ކަމަށާއި ނަމަވެސް ބައެއް ފާމުތަކުގެ ހިންގުން ހުންނަ ގޮތުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މި ކަންބޮޑުވުންތައް އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ފާއިތުވި ހަފްތާތަކުގައެވެ. ތިން ސަތޭކަ ބިލިއަން ޑޮލަރު ބޮލުގައި އެޅިފައި އޮތް ޗައިނާ އެވާގްރޭންޑް ގްރޫޕަށް ތިންފަހަރުގެ މަތިން ވަނީ އިންޓަރެސްޓް ނުދެއްކުމުގެ ސަބަބުން މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ.

ގަވަނަރު ޔީ ޖަންގް ވިދާޅުވީ ކުދި ފާމުތަކާއި މެދުފަންތީގެ ބޭންކުތަކުގެ ސަބަބުން ޗައިނާގެ އިގްތިސާދަށް އަސަރުކުރާ ކަމަށެވެ. މި އަސަރުތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ގިނަ ރޭވުންތައް ރާވައި ވަރަށް ގާތުން ބަލަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިގްތިސާދަށް ދެން އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮރޯނާވައިރަސް ކަމަށްވާއިރު މީގެ ސަބަބުން ޗައިނާގެ އިގްތިސާދު މި އަހަރު މައްޗަށް ދާނީ އެންމެ އަށް އިންސައްތަ އަށް ކަމަށް ޔީ ޖަންގް ވިދާޅުވިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދެއް އޮތީ ޗައިނާގައި ކަމަށްވާއިރު އެގައުމުން ދަނީ ކުރިން އޮތް ހިސާބަށް އިގްތިސާދު ގެންނަން މަސައްކަތް ފަށައިފައެވެ. އަދި އެކަމުގައި ކާމިޔާބީތައްވެސް ހޯދަމުންދާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު މަސައްކަތްތައްވެސް ކުރާނެ ކަމަށް އެގައުމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު