އަފްޣާނިސްތާނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕާކިސްތާނުން އެގައުމަށް އެހީގެ ގޮތުގައި 28 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ ރައްޔިތުން އެގައުމަށް ދަތުރުކުރަން ފަސޭހަވާނެ ފަދައިން މަގު ތަނަވަސް ކޮށްދީފައެވެ. ޕާކިސްތާން ސަރުކާރުން މި ނިންމުން އިއުލާން ކުރައްވާފައިވަނީ އެގައުމުގެ ފޮރިން މިނިސްޓަރ ޝާހް މަހްމޫދް ޤުރައިޝީ ކާބުލްއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މިއީ ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވެލެއްވި ފަހުން ޤުރައިޝީ އެގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަފްޣާނިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު ޤުރައިޝީ ވަނީ ޕާކިސްތާނުގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތައް އިޢުލާންކުރައްވައިފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ގުރޭޝީ ވަނީ އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާއި ގުޅިގެން މަޝްވަރާ ކުރައްވާފައެވެ.

އަދި މީގެ އިތުރުން ވިޒާއަށް ދައްކައި ފައިސާގެ އަދަދު ޑިސެންބަރު 31ވަނަ ދުވަހުގެ ނިޔަލަށް މައާފުކޮށްދީފައެވެ. އޭގެ އިތުރުން ދެ ޕާކިސްތާނުގެ ސަރަޙައްދީ ރޮނގު ހުރަސްކުރުމަށް ދައްކަންޖެހޭ ފައިސާގެ އަދަދުވެސްވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް މައާފުކޮށްދީފައެވެ.

ޕާކިސްތާނުން ސަރުކާރުން ބުނީ ޕާކިސްތާނުގައި އަފްޣާނިސްތާނުގެ ރައްޔިތަކުން ބޭސްފަރުވާއަށް ގޮސްފައިވާނަމަ، އަތުގައި ފައިސާނެތިގެން ފަރުވާ ނުހޯދިފައި ހުންނަން ނުޖެހޭނެ ކަމަށެވެ.

ޤުރައިޝީ ވިދާޅުވީ މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް ޕާކިސްތާނުގެ ރައްޔިތުން އަފްޣާނިސްތާނާއި އެކުގައި ތިބޭނެ ކަމަށެވެ.

އަދި އަފްޣާނިސްތާނުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ދަތި ހާލަތަށް ލުޔެއް ގެނެސްދިނުމަށް ޕާކިސްތާނުން ބޭނުންވާކަމަށްވެސް ގުރައިޝީ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ރައްޔިތުން އެތަނަށް ދިޔަނުދީ ހިފަހައްޓައި، މަރުގެ މައްސަަލަ އަަވަހަށް ބަލައި ނިންމުމަށް ޕާކިސްތާނުން ބާރުއަޅައެވެ.