ސުލްހަވެރި ގޮތުގައި ޗައިނާ-ޓައިވާންގެ މައްސަލަ ހައްލުކުރުމަށް އިނގިރޭސި ވިލާތުން ޗައިނާ އަށް އިންޒާރުދީފިއެވެ.

ޗައިނާގެ ދިފާއީ ބާރުތަކުން ޓައިވާންގެ ސަރަހައްދަށް ވަދެ އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ހަނގުރާމަ އަށް މަގުފަހިވެދާނެ ކަމަށް އިނގިރޭސި ވިލާތުން ވަނީ ބުނެފައެވެ.

މި މަހު ޗައިނާގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ޖެޓުތައް ޓައިވާންގެ ވައިގެ ސަރަހައްދުން ދިއުމާއި އެކު މި ސަރަހައްދުގެ މަސްރަހު ވަނީ ހޫނުވެފައެވެ. އަދި ހުޅަނގުގެ ގައުމުތަކުންވެސް މި މައްސަލައިގެ ތެރެއަށް ވަދެފައިވާއިރު ޗައިނާއިން ކުރިން ވަނީ މިއީ އެ ގައުމާއި ޓައިވާނާއި ދެމެދު އޮތް މައްސަލައެއް ކަމަށްވެސް ބުނެފައެވެ. ޗައިނާ އިން ބޭނުން ވަނީ ޓައިވާނަކީ އެ ގައުމުގެ ބައެއްގެ ގޮތުގައި ހެދުމަށެވެ. ޓައިވާނުން އޮތީ ޗައިނާ އަށް ދޫދޭ ގޮތަކަށް ނޫނެވެ. ޓައިވާނުން ވަނީ އެ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ.

އިނގިރޭސި ވިލާތުގެ ޑިފެންސް ސެކްރެޓަރީ ބެން ވެލޭސް ވިދާޅުވީ އަސްކަރީގޮތުން މިހާރު ބަލާނަމަ ޗައިނާ އިން ދަނީ ހަނގުރާމަށް ތައްޔާރުވުމަށް ސަރަހައްދުތައް ހޯދަމުން ކަމަށެވެ. އަދި މިއީ ވިސްނުންތެރި ގޮތެއް ނޫންކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

އިނގިރޭސި ވިލާތުން ބުނީ ޗައިނާއިން ދަނީ ސަރަހައްދުގެ އަމާންކަމަށް ނުރައްކާވާކަންކަން ކުރަމުން ކަމަށާއި މީގެ ސަބަބުން ރައްކާތެރި ސަރަހައްދުގެ ހަމަނުޖެހުން އުފެދިދާނެ ކަމަށެވެ. އަދި މަޝްވަރާކޮށްގެން މި މައްސަލަ އަށް ހައްލު ހޯދުމަށް އެ ގައުމުން އެދިފައިވެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ހުވާކުރައްވައި ވިދާޅުވީ ވަކިވެގަނެފައިވާ ޗައިނާގެ ސަރަހައްދު، ޓައިވާން އެގައުމުގެ ބާރުގެ ދަށަށް ގެންދަވާނެ ކަމަށެވެ. އަދި މިކަން ކުރެއްވުމަށް ބާރުގެ ބޭނުން ކުރައްވާނެކަމެއް ރައީސް ވިދާޅުވެފައި ނުވެއެވެ.

ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގެނައުމަށް ޗައިނާ އިން މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާއިރު ޓައިވާނުން ބުނީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ގައުމުގެ މިނިވަންކަން ނަގާލަން އުޅޭ ފަރާތަކާ ހަނގުރާމަކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދޫ

    އިންޒާރޭތަ ؟ ލަދު ކޮބާ؟ހަތިޔާރަކާ ނުލާ ހުސްމީހުން ފޮނުވިޔަސް ޗައިނާ އިން އިގިރޭސިވިލާތް
    ކުރާނީ ކީއް.. މިފަދަ ބަޔަކަށް އިންޒާރު ދެވޭނެތަ؟

    13
    2
  2. ލާމު

    އިނގިރޭސިން ބުނެބަލަ ޓައިވާނަކީ މިނިވަން ގައުމެކޭ. ޓައިވާނަކީ ޗައިނާގެ ބައެއް ނޫނޭ.

    1
    2
  3. ތުއްތުނާ

    އިނގިރޭސީންނަކީ ޑެލްޓާއެއް.. އިނގިރޭސިވިލާތާ އެތަކެއްހާސް މޭލުދުރުގާ ތިބިގައުމުތައް އަޅުވެތިކޮށްގެންތިބޭބަޔަކަށް އަނެއްބަޔަކަށް އިންޒާރުދިނީމާ އަންނަނީ ހިނި..