މެލޭޝިއާއިން އުފައްދާ ބިސްކޯދާއި ކްރީމް ކްރޭކަރުގައި ކެންސަރަށް މަގުފަހިވާ މާއްދާތައް ފެނިފައިވާ އެކަން ބެލުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ހޮންގްކޮންގްގެ ކޮންޒިއުމާ ވޮޗްޑޯގުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ބިސްކޯދާއި ކްރޭކަރުގައި ކެންސަރަށް މަގުފަހިވާ މާއްދާތައް ފެނިފައިވެއެވެ. އޭގެ ތެރޭގައި މުޅި ދުނިޔެއަށްވެސް މަޝްހޫރު ހަޕްސެން އިންޑަސްޓްރީގެ އުފެއްދުންތައް ހިމެނެެެއެެވެ.

ހޮންގްކޮންގްގެ ކޮންޒިއުމާ ކައުންސިލުން މިދިޔަ ހަފްތާ ހޯމަ ދުވަހު ހާމަކޮށްފައިވާގޮތުން ޓެސްޓު ކުރި 60 ސުންކެއްގައި (ސާމްޕަލެއްގައި) ޕްރީ ޕެކްޑް ބިސްކޯދާއި ކްރޭކާސްގައި ގްލައިސިޑޯލް ނުވަތަ އެކްރިލަމައިޑް ފަދަ ކެންސަރަށް މަގުފަހިވާ ކެމިކަލްތައް ހިމެނެއެވެ.

އަދި އެ ކައުންސިލަށް ވަނީ ތަހުލީލުކުރި އުފެއްދުންތަކުގެ 40 އިންސައްތަ ޕްރޮޑަކްޓްތަކުގައި ނިއުޓްރިޝަން ލޭބަލް އޮޅުވާލާފައިވާކަން ސާބިތުވެފައެވެ.

ތަހުގީގަށް ފަހު މެލޭޝިއާގެ ފުޑް ސޭފްޓީ އެންޑް ކޮލިޓީ ޑިވިޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ހަޕްސެންގެ ފެކްޓްރީ އިމާރާތުގައި އެޗްއޭސީސީޕީ (ހަޒާޑް އެނަލިސިސް އެންޑް ކްރިޓިކަލް ކޮންޓްރޯލް ޕޮއިންޓް) އަދި ކޭކޭއެމް (މެލޭޝިއާގެ ހެލްތު މިނިސްޓްރީ) ސެޓްފިކެޓް ތައް ހުރި ކަމަށެވެ. އަދި އެ ޑިވިޝަނުން ވަނީ އެ ކުންފުނީގެ ގޯތިތެރެ ބަލައި ހޯދުންތައް ހޯދަމުންދާ ކަމަށް ބުނެފައި ވެއެވެ.

ހަޕްސެންއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، މެލޭޝިއާގައި އުފައްދާ އަދި މާކެޓް ކުރާ ހާއްސަ ކްރީމް ކްރޭކާސް އަކީ ގަވާއިދުތަކާއި ކޮލިޓީ ސްޓޭންޑަޑްތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ އެއްޗެއް ކަން ހާމަކޮށްފައެވެ. އަދި އިންސާނުން ކެއުމަށް ރައްކާތެރި އެއްޗެއް ކަަމަށްވެސް ބުނެފައި ވެއެވެ.

އެ ކުންފުނިން ބުނީ ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ހަޕްސެންގެ ބިސްކޯދުތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރެއެވެ. އަދި އެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާތާ އަހަރުތަކެއް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަން

    ހެހެހެ..ވޮޗްޑޯގު

    4
    4
  2. އައްޑޫ މީހާ

    ތިޔަ ކަހަލަ ކާބޯ ތަކެތީގެ ސަބަބުން ދިވެހިރާއްޖޭގައި ކޮންމެ ދެމީހަކުން އެކަކީ ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާ މީހެއް ތަނެއް ދޮރެއް ބަލާނުލާ މިކަހަލަ ތަކެތި އެތެރެކޮށް ވިއްކުން މަނާކުރަން އެބަޖެހޭ

    22
    2
    • ހުވަދޫ މީހާ

      ހަޕް ސެންގް އެތެރެ ކުރާތާ ވަރަށް ދުވަސް ވެއްޖެ. މި ބިސްކޯދަކީ ރަނގަޅު ބިސްކޯދެއް. ކަމެއް ދިމާވެދާނެ. ބަލި ވުމާއި ނުވުން އެއީ އަމިއްލަ އަތް މަތީގަ އޮންނަ ކަމެއްނޫން. ދުޅަހެޔޮ ސިއްހަތެއްގަ ހުންނަން ބޭނުން ވަނީނަމަ، ޕްރޮސެސްޑް ފުޑްސް ކެއުން ހުއްޓާލާ ތާޒާ ތަރުކާރި އާއި މޭވާ ކެވިދާނެ. އަދި ސޮސެޖާއި ސިނގިރޭޓުން ދުރުހެލި ވުންވެސް ރަނގަޅު.

      5
      2
  3. Anonymous

    ތިކަމުގެ ހަގީގަތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް.

    19
    2
  4. ބޯހަލާކު

    ވަރުގަދަ ކަމެއް. ދެން ނެތް ބިސްކޯދެއްވެސް ކެވޭކަށް.