ފަހުގެ ތާރީހެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތަކީ އިސްލާމިކް ސްޓޭޓް ޖަމާއަތެވެ. މި ގުރޫޕުގެ ބާރު އެންމެ ގަދަވި ދުވަސްވަރު އެ ގުރޫޕުން ވަނީ ސީރިޔާ އަދި އިރާގުގެ ބޮޑެތި ސަރަހައްދުތަކެއް ކޮންޓްރޯލްކޮށް އެތައް ބަޔަކު މަރައި އަޅުވެތިކޮށްފައެވެ. ނުރައްކާތެރި އަދި ހަރުކަށި މި ގުރޫޕާއި ދެކޮޅަށް ހަނގުރާމަކުރުމަށް އެތައް ބަޔަކު ސީރިޔާ އަދި އިރާގަށް ދަތުރުކޮށްފައިވާއިރު އިސްލާމިކް ސްޓޭޓް މިހާރު ވަނީ އެތައް ބަޔެއްގެ ގުރުބާނަކާއިއެކު ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

އެ ގުރޫޕާއި ދެކޮޅަށް އެތައް ބަޔަކު ހަނގުރާމަކުރި އިރު މިތަނުން ބައެއް މީހުންނަކީ ދުވަހަކުވެސް އޭގެ ކުރިން ހަތިޔާރެއްގައި އަތްލާފައިނުވާ މީހުންނެވެ. މިފަދަ ގޮތަކަށް އެ ގުރޫޕާއި ދެކޮޅަށް ސީރިޔާގައި ހަނގުރާމަކުރި އެމެރިކާގެ އެއް ރައްޔިތެއްކަމުގައިވާ ޖޯން ޑުޓެންހޮފާރ ވަނީ އޭނާއަށް ހަނގުރާމައަކާއި ކުރިމަތިލުމަށް މަޝްހޫރު ވީޑިއޯ ގޭމް 'ކޯލް އޮފް ޑިއުޓީ'އިން ދަސްވި އުކުޅުތައް ބޭނުންކުރިކަމަށާއި އަދި މި އުކުޅުތަކުގެ ސަބަބުން ވަރަށް ބޮޑު އެހީއެއް ލިބިގެންދިޔަކަމަށް ކިޔައިދީފައެވެ.

ކުރިން ކަސްޓަމާރ ސާރވިސް ދާއިރާގައި މަސައްކަތްކުރި އުމުރުން އެންމެ 24 އަހަރުގެ ޖޯން ވަނީ އިސްލާމިކް ސްޓޭޓްއިން ގާއިމުކުރަން އުޅުނު ހިލާފަތުގެ ވެރިރަށް ރައްގާގައި އެ ގުރޫޕާއި ދެކޮޅަށް ހަނގުރާމަކޮށްފައެވެ. ޖޯން ބުނާގޮތުގައި ހަނގުރާމަ މަތީ އުކުޅުތަކާއި ހަތިޔާރާއި ބެހޭ މައުލޫމާތު އޭނާއަށް ދަސްވީ ކޯލް އޮފް ޑިއުޓީއިންނެވެ.

2017 ވަނަ އަހަރުގެ އޭޕްރިލް މަހު އޭނާ އައިއެސް އާއި ދެކޮޅަށް ހަނގުރާމަކުރުމަށް ސީރިޔާއަށް ދިޔައިރު އޭނާ ވަނީ ހަނގުރާމައިގެ މައިދާނުގައި އަމަލީގޮތުން ވަރަށް ބޮޑަށް ހަރަކާތްތެރިވެފައެވެ. މިގޮތުން އޭނާ ވަނީ ކުރުދީ ހަނގުރާމަވެރި ޖަމާއަތް ވައި.ޕީ.ޖީ ގެ ސްނައިޕަރ ސްކޮޑެއްގައިވެސް ހަރަކާތްތެރިވެފައެވެ. ޖޯން ހަނގުރާމައަށްފަހު އެމެރިކާއަށް އެނބުރި އައީ އޭނާއާއި އެކު ސީރިޔާއަށް ދިޔަ އޭނާގެ އެކުވެރިޔާ ޖެކް ހޯމްސް މަރުވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލޯގެޔާ

    ބުރޯ އެމީހުން ހަނގުރާމަކުރީ ތިކަހަލަ ކޮކުނަޓްސް ތަކައް އިނސްޕިރޭސަން ގެނެސްދޭ ކާފަރުންގެ މޮޅުކަމަށް ބަލައިގެނެއްނޫން. ހިތުގައިވާ ވަރުގަދަ އީމާނާއެކު މަރުކުރިމަތިން ފެންނާއިރުވެސް ހިނިތުންވެލާފައި ތައުހީދައްޓަކައި ﷲ ގެ ސަރީއަތައްޓަކައި ގުރުބާންވުމައް ހިތުގައި އޮތް ވަރުގަދަ އީމާނެއްގެ ސަބަބުން.

  2. Anonymous

    ޢަހްމަދު ގުދައް އޮވެ އަތުން އަލާބަލަ ހިމާރާ.