ޕާކިސްތާނުން އަފްޣާނިސްތާނުގެ ހަމަޖެހުން ނަގާލުމަށް އުޅޭ ކަމަށް ބުނެ އެކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް އެދި އިޓަލީގައި ތިބި އަފްޣާނިސްތާން ރައްޔިތުން މުޒާހަރާކޮށްފިއެވެ.

މިލާން ސެންޓްރަލް ލެއިންވެއި ސްޓޭޝަން ސަރަހައްދަށް އެއްވެ ތިބެ އަފްޣާން ރައްޔިތުން ގޮވަމުން ދިޔައީ ޕާކިސްތާން ސިފައިންނާއި މުޖާހިދީން އަފްޣާނިސްތާނުގެ ހަމަޖެހުން ނަގާލުމަށް ހިންގަމުންދާ ކަންކަން ހުއްޓާލުމަށެވެ.

މި މުޒާހަރަތަކުގައި ރައީސް ކައިހަން މަޝްރިގްވާލް އިސްކޮށް ހުންނަވައި މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެމުން ގެންދާ އިރު މުޒާހަރާގައި ޕާކިސްތާނާ ދެކޮޅު ގިނަ މީހުން ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޕާކިސްތާނުން ނިރުބަވެރިކަމަށް ހިތްވަރުދޭކަމަށް ބުނެ ޕޯސްޓަރުތައް ވެސް ހިފައިގެން ހިނގައިފައެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އުނގެނުމުގެ ހައްގާއި ބޭސްފަރުވާ ކުރެވޭނެ ގޮތްވެސް ނެތުމުން އެ ހައްގުތައް ހޯދައިދިނުމަށް ވަނީ އަޑު އުފުލައިފައެވެ.

ތާލިބާނުންގެ ހަނގުރާމަވެރި ޖަމާއަތުން އަފްޣާނިސްތާނުގެ ބިންތަކަށް އަތްގަދަކޮށްފައި ވަނީ 21 އަހަރުވަންދެން އެގައުމުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ފޭބުމާ ގުޅިގެންނެވެ. ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ވެރިކަން ވައްޓާލުމަށްފަހު އެމީހުންގެ ސަރުކާރެއް ގާއިމުކޮށް ސަރުކާރު ބަލައިގަތުމަށް ގައުމުތަކަށް ގޮވާލައިފައެވެ.

ކުރީގައި ތާލިބާނުން ވެރިކަންކުރި ގޮތާއި ހިލާފަށް މިފަހަރު ރަނގަޅު ގޮތުގައި ވެރިކަން ކުރާނެކަމުގެ ޔަގީންކަންވެސް އެ ޖަމާއަތުން ދީފައިވީނަމަވެސް އެކަމުގެ އެއްވެސް ފެހި ސިގްނަލެއް އަދިވެސް ނުލިބޭކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ނިރުބަވެރި ހަމަލާތައް ރާވައި އެފަދަ ހަމަލާދަށް ދިނުމަށް ތާލިބާނުން އުޅޭކަމަށް ތުހުމަތުކުރެވިފައިވާ އިރު މިހާރު އެ ޖަމާއަތަކީ އެފަދަ ކަންކަމަށް ހިތްވަރުދޭ ޖަމާއަތެއް ނޫންކަމަށް ތާލިބާނުން ބުނެއެވެ.