އަފްޣާނިސްތާންގެ އަންހެނަކު އޭނާގެ ދަރިންނަށް ކާން ދޭނެ އެއްޗެއް ހޯދުމަށް އެމީހުންގެ ތުއްތު ދަރިފުޅު 500 އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ.

"ބީބީސީ" އިން ބުނާ ގޮތުގައި އެޗެނަލްގެ ނޫސްވެރިޔާ ޔޮގިޓާ ވަނީ އަފްޣާނިސްތާންގެ ހެރާތުގައި އޮންނަ އަވަށަކަށް ޒިޔާރަތްކޮށް ދަރިފުޅު ވިއްކާލި މަންމަ އާއި ވާހަކަ ދައްކާފައެވެ. އެމަންމަ ވަނީ އާއިލާ އާއި ދަރިންގެ ކެއިންބުއިމުގެ ހަރަދުތައް ހަމަޖައްސަން 500 ޑޮލަރަށް ދަރިފުޅު ވިއްކާލި ކަމަށް ނޫސްވެރިޔާ ކައިރީ އެއްބަސްވެފައެވެ.

"ބީބީސީ" އިން ބުނާ ގޮތުގައި ތުއްތު އަންހެން ކުއްޖާ ރަނގަޅަށް ބޮޑުކުރާނެ ކަމުގެ ޔަގީންކަން ކުއްޖާ ގަތް ފިރިހެން މީހާ ދިނެވެ. ކުއްޖާ ރަނގަޅަށް ބޮޑުކޮށް އޭނާގެ ފިރިހެން ދަރިފުޅާއި ކައިވެނި ކުރުވާނެ ކަމަށް ކުއްޖާ ގަތް މީހާ އެކުއްޖާގެ މަންމަ ކައިރީގައި ބުންޏެވެ.

"އަހަރެންގެ އެހެން ދަރިން ދިޔައީ ބަނޑުގައި ހޫނުކަމުގައި މަރުވަމުން. އެހެންކަމުން އަހަރެންގެ ދަރިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ދަރިފުޅު ވިއްކާލުން ނޫން އިތުރު އެއްވެސް ގޮތެއް ނެތް. ނަމަވެސް އެއީ އަހަރެން ވަރަށް ދެރަވޭ ނިންމުމެއް. އަހަރެން އަބަދުވެސް އެނިންމުމާއިމެދު ހިތާމަ ކުރާނަން." ކުއްޖާގެ މަންމަ ބުންޏެވެ.

އަފްޣާނިސްތާންގެ ވެރިކަމަށް ޠާލިބާނުން އައިފަހުން އެގައުމުގެ އެތައް އާއިލާއަކަށް ބަނޑުގައި ހޫނުކަން އިހްސާސް ކުރަން ޖެހިފައިވާކަމަށް މީޑިއާތަކުން ބުނެއެވެ. އެކަމުގެ އެންމެ ބޮޑު އެއްސަބަބަކީ މީގެ ކުރިން ބައިނަލްއަޤުވާމީ އެކިފަރާތްތަކުން އަފްޣާނިސްތާނަށް ދެމުން އައި އެހީތައް ކަނޑާލުމެވެ.

އަފްޣާނިސްތާންގައި މިހާރު ވަނީ ފައިސާގެ އަގު ވެސް ވެއްޓި، ބައެއް ޒަރޫރީތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެގައުމުގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެދުރުބެ

    އިންސާނާ ހައްދަވާ ފަރާތުން އެއްވެސް މީހަކަށް ނޫފުއްލޭވަރުގެ ބުރައެއް އެމީހަކަށް ނުޖައްސަވައޭ ކިޔާއަޑުއިވޭ

    12
    2
    • ކޭ

      ބުރަވާނެ އަންހެނުން މަސައްކަތްކުރުން ބޭރަށް ދިއުންވެސް އެއޮންނަނީ މަނާ ކޮއްފަ.

      • ނޯވަން

        ދާން ޖެހިއްޖެ ހާލަތެއްގައި ދެވޭނެ

  2. އަހުމަދު

    އެދުރުބެޔަށް ގަބޫލު ނު ކުރެވެނީތަ؟ ތި އަޑު އިވުނީ ރަނގަޅަށް .. ޝައް ކު ކުރުން ދޫ ކޮށް މީހާ އިސްލާހު ވެބަލަ...

    10
    1