ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒަށް އެލާޖިކްވާ ފަރާތްތަކަށް ވެސް އެއްވެސް ނުރައްކަލަކާއި ނުލައި ދެވަނަ ޑޯޒު ޖެހޭނެ ކަމަށް ކެނެޑާގެ ވެކްސިން އެޑްވައިޒަރީ ކޮމިޓީން ބުނެފިއެވެ.

ކެނެޑާގެ ހެލްތް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އެގައުމުގައި ދިން ވެކްސިންގެ 58 ޑޯޒުގެ ތެރެއިން 419 މީހަކަށް ވަނީ އެކި ކަހަލަ އެލާޖީސްތަކެއް ވެފައެވެ.

އެފަދަ އެލާޖިކް ތަކުގެ ތެރޭގައި މީހާ ޝޮކު ޖެހުން ނޭވާލާން އުނދަގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ.

އެކޮމިޓީން ބުނީ، ދިރާސާތަކުން ދައްކާ ގޮތުގައި އެފަދަ އެލާޖިކްތައް ހުންނަ މީހުންނަށް ދެވަނަ ޑޯޒު ޖެހުމުން އެލާޖިކް ރިއެކްޝަނެއް ދެވަނަ ފަހަރަކަށް ނުފެނެއެވެ.

"ދެވަނަ ޑޯޒުން އެފަދަ ކަމެއް ނުފެންނާނެ. އަޅުގަނޑުމެން އުއްމީދު ކުރަނީ މިއީ އުފާވެރި ހަބަރެއް ކަމަށް ވެކްސިންގެ ސަބަބުން އެލާޖިކް ވާތީ ބިރު އުފެދިފައިވާ މީހުންނަށް" އެގައުމުގެ ޗީފް ޕަބްލިކް ހެލްތް އޮފިސަރ ޑރ. ތެރެސާ ޓޭމް ބުންޏެވެ.

ކެނެޑާގެ ހެލްތް މިނިސްޓްރީ އާއި ގުޅިގެން ކަމާއި ބެހޭ އިދާރާކުގެ މީހުން އަންނަނީ ވެކްސިން ޖަހާ މީހުންނަށް އެފަދަ ކަމެއް ދިމާވޭތޯ ކައިރިން ބަލަމުން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކެނެޑާއިން މިހާތަނަށް 1,704,391 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އިއްޔެ އާއި ހަމައަށް އެގައުމުން 29،760،052 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި ދެވަނަ ޑޯޒު 28،102،038 މީހަކު ވަނީ ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮޑުވަރިހަމަ

    ތިހެން ކޮވިޑް ވެކްސިންނަށް އެލާޖިކުވި މީހަކު ކްރީމް ޖެހި ބަނަހަކަށް އެލާޖިކުވެގެން މަރާ ހަނގުރާމަކުރަނީ މިހާރު. އޭނާ ގަޔަށް އަދި އެއް ޑޯޒް ޖަހަން ނަޒްލާ ގޮވާލާނެ ދެން.

  2. އަޙްމަދް

    ވެކްސިނަކީ އުޑުން ބާއްލެއްވުނުފަދަ އެއްޗަކީތޯއެވެ އޭގައި އެއްވެސް މައްސަލެއް ނޯއްނަނީ.

  3. އަޙްމަދް

    ޖެހީމަ ޖެހޭނެ……
    މަރުވެފައި އޮތްމީހަކު ގަޔައްވެސް ޖެހެނޭ
    އަދި ޢެއްވެސްލައެއްވެސްނޯއްނާނެއެވެ
    ވެކްސިންތާ!!!!

  4. ކިޙާދެރަކަމެްތަ

    އާނ، އެލާޖިކުނުވެ މަރު ވާނީ. 😠😠😠😠