އިސްރާއީލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ވަނީ ހުޅަނގު އައްސޭރީގެ ހެބްރޮން ސިޓީގައި ހުންނަ އިބްރާހީމީ މިސްކިތް، މުސްލިމުންނަށް ބަންދުކޮށްފައެވެ. މިސްކިތުގެ ޑިރެކްޓަރާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ މިކަން ރިޕޯޓު ކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ހުކުރު ދުވަހުގެ ހަވީރު ތިނަކުން ރޭގަނޑު 10 އަށް މިސްކިތް ބަންދު ކޮށްފައި ބަހައްޓާނެއެވެ. އެއީ ޔަހޫދީންގެ ހަރަކާތަކަށް އެ ސަރަހައްދު ހާއްސަކުރަން ކަމަށް ވެއެވެ. ޔަހޫދީ ބަންދު ދުވަސްތަކުގައި އިސްރާއިލުގެ ސިފައިން އަހަރަކު ދިހަ ދުވަހު މިސްކިތުގެ ސިއްކަ ޖަހައި މުސްލިމުންނަށް މިސްކިތް ބަންދުކުރެއެވެ.
އިބްރާހީމީ މިސްކިތަކީ މުސްލިމުންގެ މެދުގައި ފާހަގަ ކުރެވޭ ތާރީހީ މިސްކިތެކެވެ. ޔަހޫދީން ގަބޫލު ކުރަނީ އެއީ އެމީހުންގެ ދީނާއި ގުޅިފައިވާ މުއްގައްދަސް ބިނާއެއް ކަމަށެވެ.
1994 ވަނަ އަހަރު ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިއެއް ކަމަށްވާ ބަރޫޗް ގޯލްޑްސްޓެއިން މިސްކިތުގެ ތެރޭގައި ފަލަސްތީނުގެ 29 މީހަކު ގަތުލު ކޮށްލިއެވެ. މި ހާދިސާއަށް ފަހު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިސްކިތުގެ ގޯތިތެރޭގައި މުސްލިމުންނާއި ޔަހޫދީން އަޅުކަންކުރާ މީހުން ބައިކޮށްފައެވެ.
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ކޮމިޓީން 2017 ވަނަ އަހަރުގެ ޖުލައި މަހު ނިންމާފައިވަނީ އިބްރާހީމީ މިސްކިތަކީ ނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން ޖެހޭ ތަނެއް ގޮތުގައެވެ.
ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ ސިޓީގެ ވަޒަންވެރިންނަށް އުނދަގޫވާ ކަމަށްބުނެ، މިސްކިތުގައިއަޑުގަދަކޮށް ބަންގިގޮވުން މަނާކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން އިސްރާއިލުންގެ ދުވަހެއް ފާހަގަ ކުރުމަށް ސެޕްޓެމްބަރު މަހުވެސް އިބްރާހީމީ މިސްކިތް ބަންދު ކޮށްފައިވެއެވެ.
ހެބްރޮންގައި ގާތްގަނޑަކަށް 160،000 ފަލަސްތީނު މުސްލިމުން ދިރިއުޅެމުންދެއެވެ. އަދި ގާތްގަނޑަކަށް 500 ޔަހޫދީ ވަޒަންވެރިން ދިރިއުޅެމުންދެއެވެ.
އެމްޑީޕީ މީހުން ވަރަށް އުފާވާނެ.
މާލެ ހުޅުމާލެ މިސްކިތް ތަކުން ބަނގީގެ އަޑު ވަރަށް މަޑު މިހާރު.އެމްޑީޕީ ތިބޭ ލާދީނީ ތެޔޮބިޑި މީހުންނަށް މިހާރު ވަރަށް ފަސޭހަ ވާނެ.