ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަޑު އުފުލުމަކީ އަމިއްލަ ވާޖިބެއް ކަމަށް ދެކޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިފަދައިން ވިދާޅުވެފައިވަނީ ގްލާސްގޯގައި ކުރިޔަށްގެންދާ ކޮޕް26 ގްލޯބަލް ލީޑާސް ސަމިޓްގައި ތަގުރީރު ކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ ތަރައްގީވަމުން އަންނަ ބައެއް ގައުމުތައް ދެމިއޮތުމަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަ ކުރައްވާފައެވެ.

އަދި ތިމާވެށި ހިމާޔަތްކުރުމަށް ދުނިޔެއިން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށް މޯދީ ވިދާޅުވިއެވެ.

"މިއީ ވަގުތާއި ހާލަތާއި ގުޅުވައިގެން ކޮށްފައިވާ ޑިމާންޑެއް، މި ފޯރަމްގެ މުހިންމުކަން ސާބިތުކޮށްދޭނެ،" ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ފޯރަމްގައި ނިންމާ ނިންމުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ރައްކާތެރިވެގެންދާނެ،"

ގްލާސްގޯގައި ކުރިޔަށްދާ ކޮޕް26 ސަމިޓްގައި އިންޑިއާގެ ގައުމީ ބަޔާން އިއްވަވަމުން މޯދީ ވިދާޅުވީ، ދުނިޔެ ސަލާމަތް ކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. ކޮޕް26 ސަމިޓުގައި ނިންމާ ނިންމުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ސަލާމަތް ކުރެވޭނެ ކަމަށް އުންމީދު ކުރާކަން މޯދީ ފާހަގަކުރެއްވިއެވެ.

އަދި ކޮޕް26 ސަމިޓްގައި "ވަން-ވޯޑް މޫވްމަންޓް" ވެސް މޯދީ ހުށަހެޅުއްވިއެވެ. މި ވަން-ވޯޑް އަކީ މޫސުމީ ގޮތުން ބަލާއިރު އެއް ބަހެކެވެ. 'ވަން ވޯލްޑް' ދުނިޔޭގެ އެންމެ އަސާސީ ބިންގަލަކަށް ވެވިދާނެ، އެއީ އަޒުމަކަށް ވެވިދާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

ކޮޕް26 ގައި ދުނިޔޭގެ ލީޑަރުން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެނީ ޕެރިސް އެގްރީމަންޓް ތަންފީޒު ކުރުމުގެ ގައިޑްލައިންތައް ފުރިހަމަ ކުރުމަށާއި، ކްލައިމެޓް ފައިނޭންސް މޮބިލައިޒް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށެވެ. އަދި މީގެ އިތުރުން ޓެކްނޮލޮޖީ ތަރައްގީ ކުރުމަށާއި، ޓްރާންސްފަރ ކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި، ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ މިންވަރު ލިމިޓް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަންފަތުރާ

    އަމިއްލަ ގައުމުގެ ހާލަތާމެދު އަޑުއުފުލަން ނުކެރެނީ ކީއްވެބާ
    ކީއްވެބާ މީގެ ކުރީގަ ތަރައްގީވަމުންއަންނަ ގައުމުތަކުގެ ހިމާޔަތުގަ އަޑުނުއުއްފުއްލީ އެއިރަކު ވާޖިބެއްނޫންދޯ

    12
    1
    • އަހުމަދު

      މިކަލޭގެއަށް ވާޖިބާ ސުންނަތް އެގޭހެން ހީވޭ
      ދެން ދަސްކޮއް ދެވޭތޯ ބަލަންވީ ދުރޫސުލް އަހުލާގު

      5
      1
  2. ދަރަނި ދަންތުރަ

    މުސްލިމުންގެ ލޭ ބޯމީހެއް ، މިސްކިއްތަކުގައި ހުޅުޖަހާ އަންދާ މުސްލިމުންނަށް ލާއިންސާނީ އަނިޔާދޭ ޖާހިލެއް ކަލެޔަށް ހަލާކުހުރި

    13
    1
  3. ފާދިރީ ހަވާސާހިސާބު

    އިންޑިޔާގައި ނުކައި ނުބޮއިން ބޯހިޔާ ކޮށްލާނެ ގޮތެއް ނެތް އެތަށް މިލިޔަން މީހުން އުޅޭ އެމީހުންގެ މިޒަރޫރީ ބޭނުންތަށް ފުއްދައިދިނުމަކީ އަމިއްލަ ވާޖިބެއް ކަމަށް ދެކޭނަމަ މާރަގަޅުވީ، އެކަމު ކަލޭބޭނުންވަނީ ރާއްޖެ ފަދަ ފުދުންތެރި ގައުމުތަށް އަޅުވެތިކުރަންށާއި ކަލެއްކަމަށް ދައުވާކުރަން. ޔާﷲ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިކަމެތިކުރަށްވައި އޭނާގެ ކިބައި އިންޑިޔާގެ މުސްލިނމުންނާއި ނިކަމެތިންނާއި ދިވެހިރާއްޖެ ސަލާމަތްކުރަށްވާށި. އާމީން

    6
    1
  4. ލޯބިވާ ވަޠަން

    ކަލޭ ހޭރުނަސް އަޑު އަހާނެ ބަޔަކު ނެތް