އިންޑިއާގެ ދިއްލީގެ އުތުރުން އޮންނަ ބުރާރީ ސަރަހައްދުގައި މަރުވި އެއް އާާއިލާގެ 11 މީހުން ދިރުއުޅުނު ގެއަށް ހަދާނެ ގޮތަކާއިމެދު މަޝްވަރާތަކެއް ކުރަމުން އަންނައިރު، އެގެ ކައިރީ ދިރިއުޅޭ މީހުން އެެހެން ސަރަހައްދަކަށް ބަދަލުވުމުގެ ވިސްނަމުންގެންދާކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އެ ސަރަހައްދުގައި އުޅެމުންދާ ގިނަ މީހުން ބުނަމުން ދަނީ އެތަން ފައްޅިއަކަށް ހެދުމަށެވެ. އެ އާއިލާގެ ކުއްލި މަރާއެކު އެވަށުގެ ގިނަ ރައްޔިތުންނަށް އެކަންވީ ބޮޑު ބިރުވެރިކަމަކަށެވެ. އެހެންކަމުން އެގޭގައި އިތުރު ބަޔަކު އުޅެން ބޭނުން ނުވާނެއެވެ.

މިހާރުވެސް އެ ސަރަހައްދަށް އަންނަ ގިނަ ބަޔަކު އެގެ ކައިރިއަށް ގޮސް ފޮޓޯ ހަދާކަމަށް އެ އަވަށުގެ ދިރިއުޅެ ބައެއް މީހުން ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނަމުންދާގޮތުގައި، އެގެ ކައިރީ ކުއްޔަށް އުޅޭ ބައެއް މީހުން މިހާރު އެހެން ސަރަހައްދަކަށް ދިޔުމުގެ ވިސްނުންގެންގުޅެއެވެ. އެ ހާދިސާއަށްފަހު އެ މީހުންގެ ހިތުގައިވެސް ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. އަދި މިހާރުވެސް އެގެ ކައިރީ އުޅޭ ދެ ކުއްޖެއް އެހެން ސަރަހައްދަކަށް ބަދަލުވެފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް އެއަވަށުގެ ބައެއް މީހުން ބުނެއެވެ.

އެގެ ކައިރިީ އަދިވެސް ވަނީ އެތެރެއަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. އެގެއަށް އެ އަވަށުން އެއްވެސް މީހަކު ވަންނާނެހެން ހީނުވާކަމަށް އަވަށު މީހުން ބުނާއިރު، އެގެއަށް ބަޔަކު އަޔަސް އަންނާނީ ހަތަރު ފަސް އަހަރު ފަހުން ކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ.

ފުލުހުން ބުނީ އެ 11 މީހުންވެސް މަރުވެފައި ވަނީ ދަން ޖެހިގެން ކަމަށެވެ. އަދި ބިންމަތިން ފެނުނު އަންހެން މީހާވެސް މަރުވެފައި ވަނީ ދަންޖެހިގެންކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު