ކޮރަޕްޝަންގެ ތުހުމަތުގައި ޕާކިސްތާންގެ ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުން ދުރުކުރި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން ހުކުމް ކޮއްފި

ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން އެ ގައުމުގެ އެކައުންޓިބިލިޓީ ކޯޓުން މިއަދު ހުކުމްކޮށްފައިވާއިރު ނަވާޒް ޝަރީފު ޖަލަަށް ލާން ހުކުމް ކުރީ ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓްތަކެއް ގަނެފައި ވަނީ ކޮރަޕްޝަނުގެ ތެރޭން ކަމަަށް ސާބިތުވުމާއި ގުޅިގެންނެވެ.

ހުކުމް އިއްވި އިރު ނަވާޒު ހުންނެއްވީ އިގިރޭސި ވިލާތުގެ ލަންޑަނުގައެވެ.ހުކުމް އިއްވީ ނަވާޒް ޝަރީފުގެ އައިރު ހާޒިރުގައެވެ.ޙުކުމާއި ގުޅިގެން ނަވާޒް ޝަރީފްގެ ޕާޓީ އިން ބުނީ މިޙުކުމުގެ ސަބަބުން ޕާކިސްތާނަށް ޑިމޮކްރަސީ ގެންނަން ނަވާޒް ޝަރީފް ކުރަމުން އަންނަ މަސައްކަތައް ހުއްޓުމެއް ނާންނާނެ ކަމަށެވެެ.

މީގެ އިތުރުން ކޯޓުން އިއްވި ހުކުމުގައި ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒުގެ މައްޗަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.އަދިނަވާޒް ޝަރީފުގެ ދަނބިދަރިކަލުން ކެޕްޓަން (ރިޓަޔާޑް) ސަފްދާރު އެއް އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުން ދުރުކުރި ނަވާޒް ޝަރީފް އުމުރު ދުވަހަށް ސިޔާސީ އެއްވެސް މަގާމެއް އަދާކުރުން މަނާކޮށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ޙުކުމެއް ކޮށްފައެވެ.

މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރީ އޭނާގެ އާއިލާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރިއިރު މުސާރަ ނުނެގުން އެއީ ޓެކްސް އަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް ނަވާޒް ޝަރީފް ބުނެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ލިޔެކިޔުންތަކުގައި އޭނާގެ ނަން އޮތީ ވިސާ ނަގަން ފަސޭހައަކަށް ކަމަށެވެ. މުސާރަ ނުނެގީ މަގާމުގެ ޒިންމާއެއް އަދާނުކުރާތީ ކަމަށް ނަވާޒް ޝަރީފް ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމުން ދުރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންދާޤާނޫނު

    ދެންހުރީ އަހަރެމެންގެ ގޮލާ އެކަނިދޯ!