ޕާކިސްތާންގައި އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ގޯސްވެ، މައިނޯރިޓީންނާއި އަންހެނުންނާއި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރަމުންދާ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރެއްކަމަށްވާ ލުއިސް ގަރިކާނޯ ދާދިފަހުން ވަފުދަކާއެކު ޕާކިސްތާނަށް ވަޑައިގެން މަދަނީ ޖަމިއްޔާތަކުގެ އިސް ލީޑަރުންނާއި މެމްބަރުންނާ ބައްދަލުކުރެއްވި އިރު ޕާކިސްތާނުގެ ހައްގުތަކުގެ ހާލަތު ބަޔާންކޮށް އޭނާ ވަނީ ޓްވީޓްތަކެއްގައި ކުރައްވައިފައެވެ.
ލުއިސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންސާނީ ހައްގުތަކުގެ ހާލަތު ގޯސްވަމުންދާތީ އީޔޫ އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ 27 މުއާހަދާއެއް ތަންފީޒު ކުރުމުގެ ބަދަލުގައި، ޕާކިސްތާނުގެ ގިނަ މުދަލަކަށް (ޖީއެސްޕީ+) ޔޫރަޕުން ޒީރޯ ޓްރޭޑް ޓެރިފް ނަގަމުންދާ ކަމަށެވެ. ޕާކިސްތާނުން އީޔޫއަށް އެކްސްޕޯޓްކުރާ މުދަލުގެ %31 އެކްސްޕޯޓްކުރަނީ ޕާކިސްތާނުންނެވެ.
އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށްގެން މެނުވީ ޕާކިސްތާނަށް ކުރިއެރުމެއް ނުލިބޭނެ ކަމަށާއި ހަރުކަށި ފިކުރު ބަލިކޮށްގެން ނޫނީ ގައުމަށް ލިބެންޖެހޭ ކުރިއެރުން ހާސިލް ނުކުރެވޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެމްއީޕީން ބުނީ އެ މީހުންގެ މައިގަނޑު ތިން ކަންބޮޑުވުމެއް އޮތް ކަމަށާއި އޭގެ ތެރޭގައި މައިނޯރިޓީންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމެނޭ ކަމަށެވެ.
ޕާކިސްތާނުގެ މީޑިއާއަކީ، އެ ގައުމުގެ "ފުން ދައުލަތް"، އަސްކަރީ ޖާސޫސީ މައި އިދާރާ، (އައިއެސްއައި) އަށް ހާއްސަ، އަދި މަދަނީ އެގްޒެކެޓިވްގެ މައްޗަށް އެމީހުން ހިންގާ ކޮންޓްރޯލްގެ ބޮޑު ދަރަޖައަށް އިސްކަންދޭ ޓާގެޓަކަށް ވަނީ ވެފައެވެ.
"މިނިވަން ނޫސްވެރިކަމަށް ކުރިމަތިނުލެވޭ މި އަސްކަރީ މުވައްސަސާގެ ނުފޫޒު، 2018 ވަނަ އަހަރުގެ ޖުލައި މަހު އިމްރާން ޚާން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ފަހުންވަރަށް ބޮޑަށް އިތުރުވެފައިވާ" ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ރިޕޯޓްގައި ބުނެފައި ވެއެވެ.
އިންޑިއާގެ ހައްދުފަހަނަ އަޅަފައިވާ ހިންދޫން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް އީޔޫއިން ބަޔާން ނުނެރެނީ ކީތްވެބާ؟ އިންޑިއާގެ މުސްލިމުންނާއި ފަލަސްތީނު ރައްޔިތުން އިންސާނުންނަށް ނުވަނީ ބާވައެވެ؟ ނޫނީ ޕާކިސްތާނުން ޗައިނާއާ ގާތްގުޅުން ބާއްވާ އެކަމާ ކަންބޮޑުވެގެން ނެރުނު ބަޔާނެއް ނޫންބާއެވެ؟
އީ ޔޫއިންބުނާއިންސާނީ ހައްގަކިީ ވަލުޖަނަވާރުންންއްވުރެދަށުގަ އުޅެޭ މީހުނ މިސާލަކައް ރައިސް ކުކަރާ ކައިވެނިކުރުން
އަރަބި ބިންތަކުގަ ލޭގެކޯރެއްދަމާލާިރު އިންސާނީހައްގެއްނޯވޭތޯ
ޕާކިސްތާން ޕަޕެޓަކަށް ނުވެ، ނޭޓޯގެ މިލިޓަރީއަށް ޕާކިސްތާން މިލިޓަރީ ބޭސްތަށް ނުދީ، އިންޑިޕެންޑެންޓު ފޮރިންޕޮލިސީ ގެންގުޅެން ފެށީމަ، އަދި އިންޑިއާގެ ލާއިންސާނީ އަމަލުތަށް ފަޅާ އަރުވަން ފެށީމަ، ޕާކިސްތާންގެ ދުވަސް ދުއްވާލަނީ