ޕާކިސްތާންގައި އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން މަރުވެއްޖެއެވެ.

އެ ކުއްޖާގެ ގަޔަށް ނުބައި އިންޖެކްޝަން ޖަހާފައި ވަނީ މިއަދުއެވެ.

ފުލުހުން ބުނާ ގޮތުގައި ސުމައިރީނާ ބިބީ ނަމަކަށް މީހަކާއި އޭނާގެ ފަސް އަހަރުގެ ދަރިފުޅު އަބްދުލް ޚާލިގު މިދިޔަ ދެ ދުވަހު އުޅުނީ ވަރަށް ބަލިކޮށެވެ. އަދި ހާލަތު މާބޮޑުވަރުވާން ފެށުމުން ބަސްޓީ ޚާންދަރްގައި ހުންނަ ޕްރައިވެޓް ޕްރެކްޓިޝަނަރެއް ކަމަށްވާ އަލީ ރަޒާގެ ކްލިނިކަށް އެ މީހުން ދެއްކިއެވެ.

އެ އަންހެން މީހާ ތުހުމަތު ކުރިގޮތުގައި، އަބްދުލް މަރުވީ ޑޮކްޓަރު ނުބައި އިންޖެކްޝަނެއް ޖެހުމުންނެވެ.

އޭނާ ތުހުމަތު ކުރާގޮތުގައި ރިޒާއަކީ ސެޓްފިކެޓެއްވެސް އޮންނަ މީހެއް ނޫނެވެ.

މި ކުއްޖާގެ މަރާއި ގުޅިގެން އާއިލާ މީހުން ދަނީ އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. އަދި އެ ޑޮކްޓަރު ހިފާ ހައްޔަރު ކުރުމަށް ގޮވަމުން ދެއެވެ.

ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިއުމުގެ ކުރިން އޭނާ ވަނީ އެތަނުން ފިލާފައެވެ.

އަދި އެ ސަރަހައްދުގައި އުޅޭ ސިއްހީ އޮފިޝަލުންނަށްވެސް އެ މައުލޫމާތު ލިބިގެން އެ މީހުންވެސް މިހާރު ވަނީ އެކަން ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އަދި އެއީ ސީދާ އިންޖެކްޝަންގެ ސަބަބުން ވީ ކަމެއްތޯ ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑޯޒް

    ޜާއްޖޭގަ ތިކަން ހިނގާތޯ