އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި 20 މެންބަރުން ވެސް ހާޒިރުވެ ވަޑައިގެން ނެތީސް، ބަހުސް ކުރުމެއް ވެސް ކުރިއަށް ނުގެންގޮސް އިއްޔެ ފަސް ބިލެއް ފާސްކޮށްފިއެވެ. އެބިލްތައް ތަސްދީގު ކުރުމާއި އެކު އެއީ އިންޑިއާ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ޤާނޫނުތަކަކަށް ވެގެންދާނެއެވެ.

ފާސްކުރި ބިލްތަކުގެ ތެރޭގައި ތިން ޔުނިވަސިޓީއެއް އުފެއްދުމުގެ ބިލަަކާއި، ބިމުން ލިބޭ އާންމުދަނީ އާއި ގުޅޭ ބިލަކާއި ބެންގަލޫރުގެ ހުރިހާ ކޯރެއް އިންޑިއާ ސަރުކާރުގެ ކަމާބެހޭ ޑިޕާޓްމަންޓާއި ހަވާލުކުރުމުގެ ބިލެއް ހިމެނެއެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި 545 މެންބަރުން ތިއްބަވައެވެ. 20 މެންބަރުން ވެސް ނެތީސް އަދި ބަހުސް ކުރުމެއް ވެސް ނެތި ފަސް ބިލެއް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރީ މިއަދަށް ފަހު އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސް ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައި ވާތީ ވެރިކަން ކުރާ ބީޖޭޕީ އިން އެބިލްތައް ފާސްކުރަން ބޭނުން ވުމުންނެވެ. ބީޖޭޕީ އަށް ނިސްބަތްވާ 273 މެންބަރުން ޤާނޫނު ހަދާ މަޖިލީހުގައި ތިއްބަވައެވެ.

ބަހުސް ކުރުމެއް ނެތި ބީޖޭޕީ އިން ބޭނުންވި ގޮތައް ފަސް ބިލެއް ފާސްކުރުމުން އިދިކޮޅު މެންބަރުން ގެންދަވަނީ އެކަމާއި ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ. އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި މިއީ އިދިކޮޅު މެންބަރުންގެ ބައިވެރިވުމެއް ނެތި ޤާނޫނުތައް ހެދުމުގައި ބީޖޭޕީ އިން ގެންގުޅޭ ސިޔާސަތައް އަނެއްކާވެސް އިތުރު ކުރި ބޮޅެކެވެ.

ފާޑުކިޔުންތަކަށް ބީޖޭޕީ އިން އަދި ރައްދެއް ދީފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސީނު

    އަދިވެސް ރާއްޖެއަށް ގޮތްކިޔާތި ރޭޕިސްޓްތާން

  2. އެމީހާ

    ހަދަނީ ހަމައެކައްޗެއް. ތަފާތަކީ ނަމުގެ ތަފާތު. އެއީ އިންޑިއާ. މީ ދިވެހިރާޢްޖެ.

  3. ޢައިޝަތު

    ރައްޖެ އިން ދަސް ކުރީދޯ

  4. ޣާދިރު

    ކޮންތާކު މިޖެހުނީ.. އަދިވެސް އެހެންމީހުގެ ފަހަތުން ނެއްޓެން ނޭގިގެން..މުޅުގައިގަ ގެރީގެ ގުއި އުގުޅައިގެން ހަޅެއްލަވަނީ..

  5. ޙަޮރަ

    ދެން ތިވަރުމީހުން ރާއްޖޭގެ ކަންކަމާ ނުބެހޭނި
    ފުރަތަމަ ތިމާގެ ގައުމުގެ ކަންކަމާ ނުޅެބަލަ

  6. ޝަރފު

    މީ މިމީހުންގެ ހާލު ހުރިގޮތް. ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ވާނުުވާ އެގިތިބެވެސް ހިތުގަ ހިގާ ހަސަދަވެރި ކަމަކާހުރެ ގައުމު ޚަރާބު ކޮށްލެވޭތީ ހިތާމަ ކުރަން. ދަންނަވަންތޯ، އެމީހުން ނޭދޭނެ ރާއްޖެ މިހޯދަމުންދާ ކުރިއެރުން ހޯދޭކަށް. އެމީހުންނަށް ބަރޯސާވުން ނައްތާލާކަށް. މުސްލިމު މިގައުމުގައި ހަމަޖެހުމާއި އުފާވެރިކަން ފެންނާކަށް. ސަރަހައްދުގައި ކުރިއަރާ ދާކަށް. މިހެން ނޫންނަމަ އައިޖީއެމްއެޗަށް 20 25 އަހަރު ވާއިރު ސިއްހީ ގިލަންވެރިކަމެއްގަ މިގައުމު އޮތީ. އިންވެސްޓް ކުރިއަސް މިގައުމު ޕަކަޅާ ގަތުމަށް ހުރިހާ ވިސްނުމެއް ހުރީ. ބައްލަވާ ޖީއެމްއާރު. ޓާޓާ. ފޮރިން ޕޮލިސީ. މިއީ ދިރިހުރި މިސާލުތައް.

  7. މުހައްމަދު

    މިޚަބަރު ލިޔުނު ނޫސްވެރިޔާ، މިޚަބަރު ގެ މަސްދަރު ބަޔާންކޮށްފައިނެތުމުން ޚަބަރުގެ ޞައްޙަކަމާމެދު ޝައްކު!

  8. ނަގޭ

    އޭ!އަވަހަށް އަންނިި އެތަނަށް އެކަން ހައްލުކުރަން ފޮނުވަވީނުން

  9. ގަނީ

    މިފަދަ އަމަލުތައް ތަކުރާރު ކުރާނަމަ ރާއްޖެއިން ހަރުކަށި ފިޔަވަޅު އަޅާނަން

  10. ގަލް

    މިގައުމުގެ ވެރިކަން ވައްޓާލަން ހަރަދުކުރަނީ އިންޑިޔާއިން.

  11. މުފީދު

    ޢިންޑިއާގެ ގާނޫނު ފޮތަކު ނޯވެ ވަކި އަދަކަށް މެންބަރުން ތިބެންޖިހޭ ވާހަކައެއް އެއީ ތަފާތަކީ. ޜާއްޖޭގެ ގާނޫން އަސާސީގަ ކަނޑަ އެޅިގެން އެބައޮތް ރައްޔިތުން އަމަލުކުރަންޖިހޭ ކޮންމެ ކަމެއްގަ 43 މެންބަރުން ހަމަވާން ޖިހޭނޭ