އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މަޝްހޫރު ވޮޝިންޓަން ޑީސީ ހޮޓެލަށް ބޮޑު ގެއްލުމެއް ލިބުމުން އެ ހޮޓެލް ވިއްކާލަން ނިންމައިފިއެވެ.

ޓްރަމްޕުގެ ހޮޓެލް ބޭރު ކުންފުންޏަކަށް ވިއްކާލަން އެއްބަސްވެފައިވާ އިރު، އެ ހޮޓަލުން ޓްރަމްޕްގެ ނަން އުނިކޮށް، ހިލްޓަން ގްރޫޕާ ހަވާލުކުރަން ރާވާފައިވާކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވެއެވެ.

މި ހޮޓެލް ވިއްކާލަނީ 375 މިލިއަން ޑޮލަރަށް އެމެރިކާގެ މިއާމީގައި ހުންނަ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސީޖީއައި މާޗަންޓް ގްރޫޕަށް ކަމަށް ޖާނަލްގައި ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސީޖީއައި އިން ގަސްތުކުރަނީ ހިލްޓަން ވޯލްޑްވައިޑް ހޯލްޑިންގްސް އިންކްގެ ވޮލްޑޯފް އެސްޓޯރިއާ ގްރޫޕުން މިލްކިއްޔާތު މެނޭޖްކުރުމަށެވެ.

މި އިމާރާތް ކުއްޔަށް ދިނުމުގެ ހައްގު ޓްރަމްޕް އޯގަނައިޒޭޝަނުން 2012 ވަނަ އަހަރު ހޯދި ނަމަވެސް، ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް ވަނީ ފަހުގެ ރައީސުންގެ ސިޔާސީ އަދި ބޭކާރު ކަންކަން ކުރާ ތަނަކަށް ބަދަލުވެފައެވެ.

ދުވަސްކޮޅަކަށް މި ހޮޓަލަކީ ސިޔާސީ ފަރާތްތަކާއި، ލޮބީކުރާ ފަރާތްތަކާއި، އެނޫންވެސް އެގްޒެކެޓިވްސް، ޓްރަމްޕްގެ ގާތް މީހުން ކައިރިއަށް ނުވަތަ އެކި ސިޔާސީ ބޭނުންތަކަށް އިސް އޮފިޝަލުންގެ މަޝްވަރާ ހޯއްދެވުމަށް އެއްވުންވބާއްވާ ތަނަކަށް ވެގެން ދިޔައެވެ.

2016 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު އެ ހޮޓަލަށް 70 މިލިއަން ޑޮލަރު(1,079,400,000 ރުފިޔާ)ގެ ގެއްލުންވެފައިވާ ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެތިކްސް އެކްސްޕާޓުންގެ ގްރޫޕަކުން ޓްރަމްޕާ ދެކޮޅަށް 2017 ވަނަ އަހަރު ދައުވާ ކުރިއެވެ. އެ ގްރޫޕްތަކުން އޭނާ އާ ދެކޮޅަށް ދައުވާ ކުރީ ހަތަރު އަހަރު ފުޅާދާއިރާއެއްގައި ކޮރަޕްޝަންގެ އަމަލު ހިންގި ކަމަށްބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު