އިނގިރޭސިވިލާތުގައި ނިރުބަވެރިކަމުގެ ނުރައްކާ އޮތް މިންވަރު "ސިވިއަރ" އަށް މަތިކޮށްފިއެވެ. އިނގިރޭސިވިލާތައް ނިރުބަވެރި ހަމަލާއެއް ދީފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިރުބަވެރިކަމުގެ ނުރައްކާ އޮތް މިންވަރު މަތިކޮށްފައިވަނީ ލިވަޕޫލުގެ ހޮސްޕިޓަލެއްގެ ބޭރުގައި އާދީއްތަ ދުވަހު އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. ފުލުހުން ވަނީ ނިރުބަވެރިކަމުގެ ނުރައްކާއޮތް މިންވަރު މަތިކޮށްފައިކަން ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ލިވަޕޫލުވިމެންސް ހޮސްޕިޓަލުގެ ރިސެޕްޝަންގެ ބޭރުގައި އޮތް ޓެކްސީއެއްގެ ތެރޭގައި ފަސިންޖަރަކު މަރާލި ބޮމުގެ ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި މި ޓެކްސީގައި ބޮން ގޮއްވާލުމުގައި ފަސިންޖަަރަކު އަމަލީގޮތުން ބައިވެރިވެފައިވެއެވެ.

ޕަޓޭލް ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ ލެވެލް މަތިކުރަން ނިންމާފައިވަނީ ޖޮއިންޓް ޓެރަރިޒަމް އެނަލިސިސް ސެންޓަރު (ޖޭޓީއޭސީ) އިން ކަމަށެވެ. އަދި އެގޮތަށް އަމަލު ކޮށްފައިވަނީ މިދިޔަ މަހު ހިނގާދިޔަ ދެ ހާދިސާއެއްގެ ސަބަބުން ކަމަށެވެ.

ނިރުބަވެރިކަމުގެ ނުރައްކާ އޮތް މިންވަރު މަތިކޮށްފައިވަނީ ކޮންޒަވޭޓިވް ޕާލަމެންޓް މެމްބަރު ސަރ ޑޭވިޑް އާމެސްއަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލިތާ މަސްދުވަސް ފަހުންނެވެ. އަދި އެ ހަމަލާއަކީ ނިރުބަވެރިކަމުގެހަމަލާއެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފައިވެއެވެ.