ދުނިޔެއަށް ވެއްޓުނު ގިނި ހިލައެއްގެ ބައިތަކެއް ސައިންސްވެރިން ހޯދައިފިއެވެ.

އެސްޓިރޮއިޑް 2018 އެލްއޭ ގެ ނަމުން ނަންދީފައިވާ މި ގިނިހިލަ ދުނިޔެއަށް ވެއްޓުނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. ދިގުމިނުގައި ހަ ފޫޓް ހުރި މި ގިނި ހިލަ ދުނިޔެއަށް ވެއްޓުމުގެ ކުރިން ގިނިހިލައިގެ ބޮޑުބައި ވަނީ ދުނިޔޭގެ ފަށަލައިގައި ޖެހި ރޯވެ އަދާފައި ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ގިނި ހިލަ ވެއްޓިފައިވަނީ އެފްރިކާގެ ބޮސްވާނާގެ ސަރަހައްދަކަށެވެ.

ސައިންސްވެރިން ދަނީ މި ގިނިހިލައިގެ ބައިތަކުގެ ބޭނުންކޮށްގެން ގިނިހިލަ އިތުރަށް ދިރާސާކުރަމުންނެވެ. މި ގިނި ހިލައަކީ ކުޑަ ގިނިހިލައެއް ނަމަވެސް މި ގިނި ހިލަ ދުނިޔޭގެ ފަށަލައިގައި ޖެހި ގޮވިއިރު ވަނީ ބޮޑު އަލިފާން ބޯޅައެއް އުފެދިފައެވެ.

ޖައްވުން އަންނަ މިފަދަ ބޮޑެތި ގިނިލިހަތަށް ދުނިޔެއަށް ވެއްޓެނީ އާންމު ގޮތެއްގައި 50 އާއި 60 މިލިއަން އަހަރާއި ދެމެދުގައި ކަމަށް ސައިންސްވެރިން ބުނެއެވެ. އެންމެ ފަހުން މިފަދަ ބޮޑު ގިނި ހިލައެއް ވެއްޓިފައި ވަނީ މީގެ 66 މިލިއަން އަހަރު ކުރިންނެވެ. އެފަހަރު ދުނިޔެއިން ޑައިނަސޯގެ އަސަރު ފޮހެލިއެވެ. އެފަހަރު ގިނި ހިލަ ވެއްޓުނީ މިހާރުގެ ގޮތުން ބުނާ ނަމަ ގަލްފް އޮފް މެކްސިކޯ އަށެވެ.

ނާސާގެ ސެޓްލައިޓްތަކުން އަބަދު ވެސް އަންނަނީ ދުނިޔޭގެ ވަށައިގެން ދައުރުވާ އަދި ޖައްވުގެ ތެރޭގައި ވާ ގިނިހިލަތަކުގެ މަޢުލޫމާތު ބަލާ ހޯދަމުންނެވެ. އަދި ދުނިޔެއަށް ވެއްޓޭހާ ކައިރީގައިވާ 5000 މީޓިއޯސްއެއް މިހާރުވެސް ނާސާއިން ދަނީ މޮނިޓަރ ކުރަމުންނެވެ.

1996 ވަނަ އަހަރު ދުނިޔެ އާއި ވަރަށް ކައިރިން ބޮޑު ގިނިހިލައެއް ވަނީ ދަތުރު ކޮށްފައެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ވެސް ދުނިޔެގާއި މާސް ޕްލެނެޓާއި ދެމެދުން މީގެ ގިނިހިލައެއް ވަނީ ދަތުރު ކޮށްފައެވެ.

ސައިންސްވެރިން ބުނީ މިފަދަ ގިނި ހިލައެއް ކައިރިވާކަން އެނގިއްޖެ ނަމަ އިންޒާރު ދޭން އޮންނާނީ އެންމެ 22 މަސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާލިދު

    ފޮނި ނުކަނޑާ ތިޔަވަރަށް މޮނިޓަރ ކުރަމުން ދަނިކޮށް ގިނިހިލަ އަންނަކަމުގެ އިންޒާރެއްވެސް ނުދެވުނު. ދެން ބަޔަކު ހިލަކޮޅެއް ދެއްކީމާ މާބޮޑު ގިނިހިލައަކަށް ވެގެން ކޮންދިރާސާއެއް ކުރާކަށް.