ފުރާވަރު އުމުރުގެ އަންހެން ކުއްޖަކު، ހަތް މަހުގެ މުއްދަތެއް ވަންދެން ރޭޕުކުރި މައްސަލައިގައި، އެކުއްޖާ ތައުލީމު ހާސިލުކުރަމުންދާ ސްކޫލުގެ ޕްރިންސިޕަލަކާއި ޓީޗަރުންތަކެއް އަދި ސްކޫލުގެ ދަރިވަރުންތަކެއް ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި މި މީހުން ހައްޔަރުކޮށްފައިވަނީ މި ހަފްތާގެ ތެރޭގައިކަމަށް، އިންޑިޔާގެ ބައެއް ނޫސްތަކާ ހަވާލާދީ، "އިންޑިޔާ ޓައިމްސް" ނޫހުން މިއަދު ބުނެފައިވެއެވެ.
މިކަން ހިނގާ ދިޔަ ގޮތް މި ކުއްޖާގެ ދުލުން، މައްސަލަ ތަހުގީގު ކުރާ ކަމާ ބެހޭ ފަރާތްތަކަށް މިހާރުވަނީ ކިޔައިދީފައެވެ. އަދި، އާއިލާގެ މެންބަރުންނަށްވެސް، މިކަންތައްތައް ހިނގަމުންދާކަން، ދަރިވަރު ހާމަކޮށްފައިވަނީ ވަރަށް ފަހުންކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެކުއްޖާ ކިޔައިދީފައިވާ ގޮތާ ހަވާލާދީ، އެޤައުމުގެ މަޝްހޫރު ނޫހެއްކަމުގައިވާ "ހިންދުސްތާން ޓައިމްސް" އިން ބުނެފައިވަނީ، އެކުއްޖާ ރޭޕުކޮށް، ޖިންސީ އަނިޔާކުރަން ފަށާފައިވަނީ އެންމެ ފުރަތަމަ އެކުގައި ކިޔަވަމުން ދިޔަ ފިރިހެން ކުދިންތަކެކެވެ. މި އަންހެން ކުއްޖާގެ ބައްޕަ، މައްސަލައެއްގައި ޖަލަށް ލުމުން، މި ގޮތަށް ކަންތައް ކުރަން ފަށާފައިވާއިރު އެކަން ކުރަމުންދިޔައީ ސްކޫލު ގޯތިތެރޭގައެވެ. އަދި، އެއް ދުވަހު އަންހެން ކުއްޖާގެ ވީޑިޔޯއެއް ރިކޯޑުކޮށް، ވަމުންދާ ކަންތައްތައް ހާމަކޮށްފިނަމަ، ވީޑިޔޯ ލީކުކޮށްލާނެކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.
މިކަންތައް، ސްކޫލުގެ އިސް ވެރިޔާއަށާއި އެތަނުގައި މަސައްކަތް ކުރާ މީހުންނަށް އެނގުނީ ފަހުންނެވެ. އެމީހުންވެސް، މި ކަމުގައި އަންހެން ކުއްޖާއަށް އެހީވުމުގެ ބަދަލުގައި، ޙާލަތުގެ ފައިދާ ނަގައި، ފެށީ އަންހެން ކުއްޖާ ރޭޕުކޮށް، ޖިންސީ ގޮތުން އަނިޔާ ދިނުމަށެވެ.
މި އަންހެން ކުއްޖާ މި ވާހަކަތައް، ކިޔައިދީފައިވަނީ ބައްޕަ ޖަލުން މިނިވަން ވެގެން އެނބުރި އައުމުންނެވެ. ބައްޕައަށް ވާހަކަތައް ކިޔައިދިނުމުން، ބައްޕަވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. އެހެންނަމަވެސް، އެންމެ ފުރަތަމަ، އެސަރަޙައްދުގެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން، މި މައްސަލަ ބަލަން އިންކާރުކުރިއެވެ. އަދި، އެފަރާތްތައް މި މައްސަލަ ބަލަން ފަށާފައިވަނީ އިސް ފަރާތްތަކަށް މިކަން އަންގާނެކަމަށް ބުނުމުންނެވެ.
މިއީ ގުރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމަށްވާއިރު، މައްސަލަ ފެންމަތިވެފައިވަނީ ބިހާރުންނެވެ.
ހަމަ އެއްކަލަ އިންޑިޔާ ދޯ! ސާބަހޭ އިންޑިޔާ!
ގެރިމޯދީ ތިގައުމުގެރައްޔިތުންނަަށް ރައްކާތެރި މާހައުލެއްގާއިމްކޮއްދީ.
ސާބަސް ގެރިމޯދީގެ ރޭޕުސްތާނު..
ޢެވަރުގެ ބަޔަކާ މިގައުމުގެ އަސްކަރިއްޔާ ހަވާލު ކުރަން ބަޔަކު ތައްޔާރު އެ ވަނީ. ދެން މިތާވެސް ތި ރޭޕްގެ ކަންތައް އިތުރުކިރާނެ. ޢިންޑިޔާ ފިރިހެނުންނަކީ ރޭޕް ކުރުމަށް ހޭކެނޑިފަ ތިބޭ ބައެއް.