ކޮވިޑް-19 ބަލި ޖެހިފައިވާ 250،000 މީހުންނަށް ފަރުވާ ކުރި އިނގިރޭސިވިލާތުގެ ޑޮކްޓަރަކު އެބަލި ޖެހިގެން މަރުވެއްޖެއެވެ.

ޑޮކްޓަރު އިރުފާން ހާލިމްގެ އަނބިމީހާ ސައިލާ ހާލިމް ބުނެފައިވަނީ އިރުފާން މަރުވެފައިވަނީ އެގައުމުގެ ރޯޔަލް ބްރޮމްޕްޓަމް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިމަހުގެ 14 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެއީ ބަލި ޖެހިގެން ފަރުވާ ހޯދަމުން އައިތާ ނުވަ ވަނަ ހަފްތާގެ ތެރޭގައެވެ.

ސައިލާ ބުނެފައިވަނީ އިރުފާން ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އޭނާ އެބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އޭނާ ފައްސިވެފައިވަނީ އެގައުމުގައި ބޫސްޓާ ޑޯޒު ޖެހުމަށް ޕްރޮގްރާމް ފަށުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށް ވެސް ސައިލާ ވަނީ ބުނެފައެވެ.

އުމުރުން 45 އަހަރުގެ ހަތަރު ކުދިންގެ ބައްޕަ އިރުފާން މަރުވިއިރު، އޭނާ ވަނީ ކޮވިޑް ބަލީގައި އެނދުމަތި ކޮށްފައިވާ އެތަށް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދީފައެވެ. އަދި އޭނާ ވަނީ ބަލި ހަލުވި ކަމާއި އެކީ ފެތުރެން ފެށުމާއި އެކީ ހަތަރު މަސް ދުވަހަށް އާއިލާއާއި ދުރަށް ޖެހި ބަލި މީހުންނަށް ފަރުވާ ދިނުމަށް ކުރީ ސަފަށް ނުކުމެފައެވެ.

އިރުފާން މި ބަލީގައި މަރުވެފައިވާއިރު، އިނގިރޭސިވިލާތުގެ ކޮވިޑް ހާލަތު އަންނަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އެގޮތުން ބައްޔަށް ހުށަހެޅޭ މީހުންގެ އިންސައްތަ އިތުރުވެ، ހޮސްޕިޓަލުގެ އެނދުތައް ފުރި މަރުތައް ވެސް ދިޔައީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮސް ނުގޮވާ

    ދެ ޑޯޒް ޖަހާފައި. ކޮވިޑް ޖެހިގެން މަރުވީ.

    6
    1
  2. ރަން ރީނދޫ

    أنا لله وأنا اليه راجعون. اللهم اغفر له وارحمه.

  3. އަލީ

    އެންމެން ވެސް މަރުވާނެ. މަރުވުމުގެ ކުރިން ލާދީނީ މީހާގެ ކިބައިން މިގައުމު ސަލާމަތްވޭތޯ ދުއާކުރާތި.