ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް ޖަމާއަތަކީ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތެއްކަމަށް ކަނޑައަޅައި، އެ ޖަމާއަތާ ދެކޮޅަށް އިނގިރޭސިވިލާތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލް އިއްޔެ ވިދާޅުވީ، ހަމާސް ޖަމާއަތަކީ ނިރުބަވެރި ހަމަލާތައް ދިނުމުގެ ގާބިލްކަން ލިބިފައިވާ ޖަމާއަތެއް ކަމަށެވެ. އަދި އެ ޖަމާއަތުގެ ހަނގުރާމަވެރިން ޒާމާނީ ހަތިޔާރު ހޯދައި ބޭނުންކުރުމުގެ އިތުރުން ހަނގުރާމަވެރިން ތަމުރީނުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

އެހެންކަމުން އިނގިރޭސިވިލާތުގެ އެއްވެސް ސަރަޙައްދެއްގައި ހަމާސް ޖަމާއަތާއި ގުޅުންހުރި އެއްވެސް ހަރަކާތެއް ދެން ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ނިންމުންތައް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ޕަޓޭލް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، މީގެ ފަހުން ހަމާސްއަށް ތާއީދުކޮށް ވާހަކަދެއްކުމާއި، އެ ޖަމާއަތުގެ ދިދަ ގެންގުޅުމާއި، އެ ޖަމާއަތުގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ.

އެގައުމުގެ ގާނޫނުގައި ހަމާސްއަށް ތާއީދުކުރުން ވެސް މަނާ ކޮށްފައިވާއިރު، އެފަދަ އަމަލެއް ހިންގައިފި މީހަކަށް ގިނަ ވެގެން 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހަމާސް ޖަމާއަތާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވި ޕަޓޭލަކީ އިސްރާއީލާ ގާތްގުޅުންތަކެއް ބާއްވަވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުން މި ނިންމި ނިންމުމާއި ގުޅިގެން ހަމާސް އާއި ދެކޮޅުވުމުގައި އިސްރާއިލާއި، އެމެރިކާ އަދި އީޔޫއިން ވަނީ އެއްގޮތް ވެފައެވެ.

1987 ވަނަ އަހަރު އުފެއްދި ހަމާސް ޖަމާއަތަކީ ސިޔާސީ އަދި ހަނގުރާމަވެރި ގޮފި ހިންގާ ޖަމާއަތެކެވެ. އަދި އެއީ އިސްރާއީލުގެ އިސްތިއުމާރީ ދައުލަތް ބަލައިގަންނަ ޖަމާއަތެއް ނޫނެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަން

    ނިރުބަވެރި އިސްރާއީލް އައް ފިޔަވަޅެއް އަޅާބަލަ
    ކަލޯމެން ދެކެ ބިރެއް ނުގަނާނެ ހަމާސް ގެ ބޭފުޅުންނެއް

    14
  2. އަޙްމަދް

    1987 ވަނަ އަހަރު އުފެއްދި ހަމާސް ޖަމާއަތަކީ ސިޔާސީ އަދި ހަނގުރާމަވެރި ގޮފި ހިންގާ ޖަމާއަތެކެވެ.———————————————————————————————
    1987 ވަނަ އަހަރު އުފެއްދި ހަމާސް ޖަމާއަތަކީ ސިދާ ޔަހޫދީންގެ އުފެއްދުމެކެވެ.
    އެއީ އޭރުގެ فلسطين ގެ ރައީސް ޔާސިރު ޢަރަފާތުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރުމަށް 1987 ވަނަ އަހަރު
    ސިދާ ޔަހޫދީން އުފެއްދި އުފެއްދުމެކެވެ.
    ޔަހޫދިން ހަމާސް ޖަމާޢަތް ބޭނުންކޮއްގެން ޙާސިލުކުރަން ބޭނުންވި ކަންތަށް ވަނީ ކޮއްނިމިފައެވެ.
    އަދި މިހާރު އެއީ ޔަހޫންދީންނާއި އެމީހުންގެ އެކުވެރި އިސްތިއުމާރީ ދައުލަތް ތަށް ބަލައިގަންނަ ޖަމާއަތެއް ނޫނެެވެ.
    ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯއްނާނެތާއެވެ.

    6
    1
  3. ޢިޔާބު

    އިގިރޭސިވިލާތަކީވެސް ހަނގުރާމަވެރި ޖަމާއަތެއް