އަފްޣާނިސްތާނުގެ އަންހެނުންނަށް ޓީވީ ޑްރާމާތައް ކުޅުން މަނާާ ކޮށްފިއެވެ.

ތާލިބާން ޖަމާއަތުގެ އާ ގަވާއިދުތަކުގެ ދަށުން އެގައުމުގެ އަންހެން ކުދިން ޓީވީ ޑްރާމާތަކުގައި ހަރަކާތްތެރިވެ އުޅުން ވަނީ މަނާ ކޮށްފައެވެ. އަދި އަންހެން ޓީވީ ޕްރެޒެންޓަރުންނާއި ނޫސްވެރިންނަށް ވަނީ ބުރުގާ އެޅުމަށް އަންގާފައެވެ.

އަފްޣާނިސްތާނުގައި ނޫސްވެރިން ތަމްސީލުކުރާ ޖަމްޢިއްޔާއެއްގެ މެމްބަރެއްކަމަށްވާ ހުޖާތުالله މުޖުދީ ވިދާޅުވީ ތާލިބާނުންގެ އާ އުސޫލުތަކަކީ ހީވެސް ނުކުރާފަދަ އުސޫލެއްކަމަށެވެ. މީގެ ކުރިން ތާލިބާނުންގެ ވެރިކަމުގައި އަންހެނުން ތައުލީމް ހާސިލް ކުރުމާއި ވަޒީފާ އަދާކުުރުން ވަނީ މަނާ ކޮށްފައެވެ. އަދި، މިފަހުން ތާލިބާނުން ހެދި ގަވާއިދުގައި ޓީވީ ޑްރާމާތަކުގައި އަންހެނުން ހަރާކާތްތެރިވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުުރުން، ތާލިބާނުންގެ އާ ގަވާއިދުގައި ބުނާގޮތުން ކޮމެޑީ އަދި މުނިފޫހިފިލުވުމުގެ ޝޯތަކާއި، ބޭރުގެ ގައުމުތަކުގެ އާދަކާދަ އާއި ސަގާފަތް ދައްކުވައިދޭ ފިލްމުތައް އަފްޣާނިސްތާނުގެ ޗެނަލްތަކުން ދެއްކުމަކީ މަނާ ކަމެކެވެ.

އެ ޖަމާއަތުން ބުނީ އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ކިޔެވުމާއި، ވަޒީފާ އަދާކުރުމުގައި ހުރި ގޮންޖެހުންތަކަކީ އެއީ "ވަގުތީ" ކަމެއް ކަމަށެވެ.

ތާލިބާން ޖަމާއަތުން މިފަދައިން ބުނެފައިވަނީ އަފްޣާނިސްތާނުގައި އަންހެން ކުދިންނަށް ތައުލީމް ހާސިލްކުރުމުގެ މަގުތައް ތާލިބާނުން ބަންދުކުރުމަކީ ވަގުތީ ކަމެއް ނޫން ކަމަށް ވިދާޅުވެ ނޯބެލް އިނާމު ލިބިވަޑައިގެންފައިވާ މަލާލާ ޔޫސުފްޒާއީ އަޑުއުފުލާފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ 1990ގެ އަހަރުތަކުގައި ވެސް ތާލިބާނުން ވެރިކަންކުރަން ފަށައި އަންހެން ކުދިންނަށް ކިޔެވުމާއި ވަޒީފާ އަދާކުރުން މަނާ ކޮށްފައިވަނީ ވަގުތީ ގޮތުން ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެ ވަގުތީ މުއްދަތު 5 އަހަރަށް ދިގުލައިގެން ދިޔަކަން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    ތާލިބާން ތިއަ ކުރާ ހިއްވަރައް ސާބަސް
    ތިހެން ހުރިހާ ވެރިން ވެސް ވާނެ ނަމަ

    7
    5
  2. އުގުރި

    މާނައަކީ ހިލޭ ފިރިހެނުންނާއި ގައިގޯޅިވެ ބައްދާ ނަށާ ދޮންދީ ދެނެއް ނުހެދޭނެ އެވެ.

    13
    4