އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ޝަރަފްވެރި ބްލެކް ބެލްޓެއް ލިބިއްޖެއެވެ.

ދެކުނު ކޮރެއާގެ އެކަޑަމީއަކުން ޓްރަމްޕް އަށް ބްލެކް ބެލްޓެއް ދީފައި ވަނީ ޓްރަމްޕް މާޝަލް އާޓްސް އަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން އެކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. ޓްރަމްޕްއަށް ދިން ބެލްޓަކީ "ނިންތު ޑަން" ނަމަކަށް ކިޔާ ބެލްޓެކެވެ.

ޓްރަމްޕް އަށް ބްލެކް ބެލްޓު އެރުވުން އޮތީ ދުނިޔޭގެ ޓައިކޮންޑޫ ހެޑްކްއާޓަރުގައެވެ. ޓްރަމްޕް އާއި ބެލްޓް ހަވާލުކޮށްފައި ވަނީ ދެކުނު ކޮރެއާގެ އެކަޑަމީއެއް ކަމަށްވާ ކުކީވޮންގެ ރައީސް ލީ ޑޮންގް-ސިއޮޕް އެވެ.

ބްލެކް ބެލްޓް ލިބުމުން ޓްރަމްޕް ބުނީ އެއީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށް ދެކޭކަމަށެވެ. "ޓައިކޮންޑޫ އަކީ ވަރަށް މޮޅު މާޝަލް އާޓެއް. އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި ބޭނުން ކުރަން ވަރަށް ރަނގަޅު ހުނަރެއް." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ވަނީ އޭނާ އަށް ދެން އެމެރިކާގެ ރައީސް ކަމަށް އާދެވިއްޖެނަމަ ބްލެކް ބެލްޓް އަޅައިގެން އެމެރިކާގެ ކޮންގްރެސް އަށް ހާޒިރުވާ މަންޒަރު ފެނިދާނެ ކަމަށް ވެސް ބުނެފައެވެ.

ޓްރަމްޕް އަށް ދެކުނު ކޮރެއާ އިން އެރުވި ބެލްޓް މަސައްކަތް ކޮށްގެން ހޯދާނަމަ އެކަމަށް ދިހަ އަހަރު ހޭދަކުރަން ޖެހޭނެއެވެ.

ޓްރަމްޕް އަށް ލިބުނު ބެލްޓަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަށް ވެސް މީގެ ކުރިން ލިބިފައިވާ ބެލްޓެކެވެ. ޕޫޓިން އަށް ވެސް ޝަރަފްވެރި ކަމުގެ ބެލްޓް ދެކުނު ކޮރެއާ އިން އެރުވީ 2013 ވަނަ އަހަރު ދެކުނު ކޮރެއާ އަށް އޭނާ ކުރެއްވި ޒިޔާރަތެއްގައެވެ. ނަމަވެސް ޕޫޓިން އަކީ މާޝަލް އާޓްގެ އެކި ކުޅިވަރުތައް ކުޅުއްވާ ބޭފުޅެކެވެ. ޓްރަމްޕް އެއްވެސް ވަރަކަށް މާޝަލް އާޓްގެ ކުޅިވަރެއް ކުޅުނުކަން އެނގޭކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    ނުލަފާ ކަމުން ބްލެކް ބެލްޓް ކީއްކުރަން ހަމަ ދުނިޔަވީ ލެވެލްގެ އެވާރޑް ވެސް ދޭންވީ!!!

    8
    2
  2. މަނީމަނީ

    ބޮޑު މޮޔަމީހާ

    4
    1
  3. މުޙައްމަދު

    ތަނެއްގަ ބާކީވެފަ ބެލްޓެއް އޮތިއްޔާ އެސޮރަށްދީ ހެޔޮނުވާނެ. ބޮޑުވެގެންވާ މުސީބާތެއް ތިއީ.

    7
    1
  4. ބަޖިޔާ

    ދެން ފެންނާނީ މުގުނީ މީގެ 3 ބެލްޓު ހޯދާތަން