2025 ވަނަ އަހަރު އަންނަން ވާ އިރަށް ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ދެކުނު ކޮރެއާގެ އައްސޭރިފަށުގައި ބިނާ ކުރަން ނިންމައިފިއެވެ.

މިއީ އެންޓާޓިކާގައި ހުރި ގަނޑުފެންތައް ވިރި، ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާތީ އިންސާނިއްޔަތަށް ސަލާމަތްވެވޭނެ މަގެއް ހޯދަން ހިންގާ މިފަދަ ބޮޑު މަޝްރޫއެއް ކަމަށް ބެލެވެއެވެ.

ބުސާން ސިޓީގެ އައްސޭރިފަށުގައި ބިނާކޮށްފައިވާ ފްލޯޓިން ސިޓީ ވެގެންދާނީ ގިނަ ރަށްތަކެއް ގެ މައްޗަށް އެކުލެވޭ 'ފްލަޑް ޕްރޫފް އިންފްރާސްޓްރަކްޗާ' އަކަށެެވެ.

ޒަމާނީ ފެންވަރަށް އެންމެ ފަހުގެ ޓެލްނޮލޮޖީގެ އެހީގައި ހަދާ މި ސިޓީން ސޯލާ ޕެނަލްތަކުން ކަރަންޓު އުފައްދައި، އިމާރާތްތަކުގެ މަތީ ފަށަލައިގައި އަމިއްލަ ކާބޯތަކެއްޗާއި ތާޒާ ފެން އުފައްދައި، މުސްތަގުބަލުގެ ބޯޓް ޕޮޑްތަކުގައި ރަށުގެ މެދުގައި ފެރީ ގައި ދަތުރުކުރެވޭނެ ގޮތް ހެދޭނެއެވެ. ފެންބޮޑުވުމާއި ސުނާމީ އާއި ކެޓަގަރީ 5 ގެ ތޫފާންތައް ފަދަ ގުދުރަތީ ކާރިސާތަކުންވެސް ރައްކާތެރިވެވޭނެ ގޮތަށް މިތަން ހެދިގެންދާނެއެވެ. 

200 މިލިއަން ޑޮލަރު ( 3،085 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ މި ފްލޯޓިން ސިޓީ ބިނާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕަބްލިކް އޮފް ކޮރެއާގެ ބުސާން މެޓްރޮޕޮލިޓަން ސިޓީ އާއި ޔޫއެން ހެބިޓެޓް އަދި ނިއު ޔޯކްޑިޒައިނަރުން އޯޝޭނިކްސް އިން ސޮއިކޮށްފައިވާ ތާރީހީ އެއްބަސްވުމުގައި ބުނެފައި ވެއެވެ.

މި ސިޓީގައި ދިރިއުޅޭ ފަރާތްތަކުން ކުއްޔަށް ފައިސާ ދައްކަންޖެހޭތޯ ނޫންތޯ އަދި ހާމަކޮށްފައިނުވާއިރު މޫދާއި ގުޅޭ މިފަދަ ސިޓީއަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެތައް ބަޔަކު ތިބިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ ސޯލިބޭގެ ތަސައްވުރު...... ބުއްޅަބޭގެ މަސައްކަތް ......... ހަސަން ލަޠީފު ފަންޑު ހޯދީ
    ބްރިޖް ކަންކަމާ ހަވާލުވި ފަދައިން

    9
    2