އީރާނުން ވާގިވެރިވާ ލުބުނާނުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ހިޒްބުالله އަކީ ނިރުބަވެރި (ޓެރަރިސްޓް) ޖަމާއަތެއްގެ ގޮތުގައި އޮސްޓްރޭލިއާއިން ކަނޑައަޅައިފިއެވެ.

އޮސްޓްރޭލިއާއިން މިއީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާއިރު، މިދިޔަ މެއި މަހު އެމެރިކާއިން ވެސް ވަނީ އެ ޖަމާއަތާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކަށް ގޮވާލާފައެވެ.

ހޯމް އެފެއާޒް މިނިސްޓަރު ކެރަން އެންޑްރޫސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަނިޔާވެރި އަމަލުތަކަކީ އެގައުމުގެ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކުށެއް ނެތް މީހުން މެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި އޮސްޓުރޭލިއާގެ ސަރުކާރުން ދެމިތިބޭނެކަމަށް ވިދާޅުވެފައެވެ.

އޭބީސީން ބުނީ އޮސްޓްރޭލިއާގެ ޑޮމެސްޓިކް އިންޓެލިޖެންސް އޭޖެންސީން ކަނާތު ފިޔައިގެ ހަރުކަށި ފިކުރާއި ހުދު ކުލައިގެ ވަތަނީ ހަރުކަށި ފިކުރުތަކާ މެދު ކަންބޮޑުވާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.

އޮސްޓްްރޭލިއާއިން ކަނޑައަޅާފައިވާ ނުރައްކާތެރި ޖަމާއަތްތަކުގެ ތެރޭގައި ހިޒްބުﷲ ގެ އަސްކަރީ ގޮފިވަނީ 2003ވަނަ އަހަރުގެ ތެރޭގައި ހިމަނައިފައެވެ. އޮސްޓުރޭލިއާގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތާއި ކެނެޑާއިސައުދީ އަރަބިއާއިން ވަނީ ހިޒްބުﷲ އަކީ ނުރައްކާތެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ބުދަ ދުވަހު މިކަން އިއުލާން ކުރުމުގެ ކުރިން އޮސްޓްރޭލިއާއިން ވަނީ އައިއެސް އާއި ބޯކޯ ހަރާމް އަދި އަބޫ ސައްޔާފް ހިމެނޭ ގޮތަށް 26 ޖަމާއަތެއް ނިރުބަވެރި ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    ތިޔައީ ހިޒްބުއްالله އެއްނޫން ތިޔައީ ހިޒްބުއްލާތު ޖަމާޢަތެވެ.
    ޝީޢީ ރާފިޟީން ނަށް ނިސްބަތްވާ ބަޔަކަށް ހިޒްބުﷲ ކިޔޭނީ ފަހެ ކޮން ހަމަޔަކުންތޯއެވެ؟؟؟؟

    3
    1
  2. ތި ވެސް ތެދު މި ވެސް ތެދު

    އައި އެގްރީ ބަޓް ހިޒްބުﷲ ކަހަލަ ބާރުގަދަ ބައެއް އޮންނާތީ އެއްކޮޅުން ފައިދާ ޝީއީންކަމުގައިވިޔަސް އެއީ ފަލަސްތީނުގެ ދިފާއުގައި އޮވެ ޢައްޒާގެ މުޖާހިދުންނަށް ފައިސާ އަދި ރޮކެޓް އަދި ޑްރޯން ފަދަ ނުރައްކާތެރި ހަތިޔާރު ދޭތީ..ސައްދާމް ހުސައިން އަވަހާރަވީފަހުން ފަލަސްތީނުގެ ދިފާއުގައި މުޖާހިދުންނަށް ނުރައްކާތެރި ހަތިޔާރުދެނީ އެންމެ އިސްލާމީ ގައުމެއް އެއީ އީރާން...ނޯ ޑައުޓް

  3. އަޙްމަދް

    އީރާނަކީ އިސްލާމީ ޤައުމެއް ނޫނެވެ.
    އީރާނުގައި މީހާރު ވެެރިކަން ކުރާ ބަޔަކީ ޝީޢީރާފިލީންނަވެ.
    ﷲ ގެ ކަލާމް ފުޅު قرأن އެއީ ފުރިހަމަ ފޮތެއްކަމުގައި ޤަބޫލު ނުކުރާ އަދި ﷲ ގެ ރަސޫލާ محمد صلى الله ًعليه وسلم އެއީ ރަސޫލެއްކަމުގައި ޤަބޫލުނުކުރާ ބަޔަކު ވެރިކަން ކުރާ ދައުލަތަށްކަށް އިސްލާމީ ދައުލަތަކެ ކީޔޭނީ ފަހެ ކޮން ހަމަޔަކުންތޯއެވެ؟
    މިބައި މީހުން ހިންގާފައިވާ ޖަރީފަދަ ޖަރީމައެެއް ޔަހޫދީވެސް މުސްލީމުންނާއި ދޭތެރޭ ނުހިންގައެވެ.

    930މ- ޤަރްމަތީ ހަނގުރާމަވެރިންގެ ހަމަލާ
    ޤަރްމާތީންނަކީ ޝިއައީންގެ ފިރުޤާއެއް ކަމުގައިވާ އިސްމާއިލީންނަށް ނިސްބަތްވާބައެކެވެ. ހިޖުރައިން 278 ވަނަ އަހަރު ކޫފާގެ ރައްޔިތެއް ކަމުގައިވާ ހަމްދާން، ނުވަތަ ޤަރްމާތާ އުފަންކުރި މިފިރުޤާގެ މީހުން ޤަބޫލުކުރާ ގޮތުގައި މުޙައްމަދު ބިން އަލްހަނަފިއާ ބިން އަލީ ބިން އަބީ ޠާލިބްއަކީ ރަސޫލެކެވެ. އަދި ޤުރުއާނުގެ ބައެއް އާޔަތްތައް މުޙައްމަދު ބިން އަލްހަނަފިއާއަށް ބާވަލެއްވިއެވެ. އަދި ނަމާދު ކުރުމުގައި ޤިބްލައަކީ މަސްޖިދުލް އަޤްޞާކަމާއި ނަމާދުކުރަންޖެހޭނީ ދުވާލަކު ދެފަހަރުކަމަށް މިމީހުން ޤަބޫލުކުރެއެވެ. އެމީހުންގެ ގަބޫލުކުރުންތަކުގެ ސަބަބުން އެހެން މުސްލިމުންނާއި، އެމީހުންނާއި ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތައް އައީ އުފެދެމުންނެވެ.
    ބަހްރެއިންގައި ހުންނަ މިފިރުޤާގެ ކޮމާންޑަރު އަބޫ ޠާހިރު އަލްޖަނަބީ ހިޖުރައިން 318 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ލަޝްކަރާއެކު މައްކާއަށް ދިޔައެވެ. އެލަޝްކަރު ޙައްޖު މަހުގެ 9 ވަނަ ދުވަހު މައްކާއަށް އަރައި ޙައްޖުވެރިން ޤަތުލުކޮށް މުޅި މައްކާ ލޫޓުވަން ފެށިއެވެ. އަބޫ ޠާހިރު ލަޝްކަރުން 30000 ޙައްޖުވެރިން ޤަތުލުކޮށް 11 ދުވަސްވަންދެން މައްކާ ލޫޓުވާފައިވާކަމަށް ލިޔުންތަކުގައި ވެއެވެ. ކައުބާގެ ސަރަޙައްދުގައި ޙައްޖުވެރިން ޤަތުލުކޮށް އެމީހުންގެ ހަށިތައް ޒަމްޒަމްވަޅަށް އަޅަމުން ގެންދިޔަ ކަމަށް ތާރީޚް ފޮތްތަކުގައި ލިޔެވިފައިވެއެވެ.
    މިއީ ޝީއީންނަށް ނިސްބަތްވާ ފީރުގާއަކުން މުސްލީމުންނާއި ދޭތެރޭ ހިންގާފައިވާ ޖަރީމާއެކެވެ.