ސްވިޑިންގެ ތާރީހްގައި ވެސް ފުރަތަމަ ފަހަރަށް އަންހެން ބޭކަނބަލަކު ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމުން އެކަމަނާ ސަރުކާރެއް އެކުލަވާލިތާ 12 ވަރަކަށް ގަޑިއިރު ފަހުން ސަރުކާރު ވެއްޓިއްޖެއެވެ.
ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ މެގްޑަލީނާ އެންޑަސަން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ އިތުރު ދެޕާޓީއެއް ބައިވެރިކޮށް ހެދި ކޯލިޝަނަކުންނެވެ. މަގާމާއި ހަވާލުވެ ރަނގަޅަށް ސަރުކާރުން ހިންގަން ނުފެށެނީސް މެގްޑަލީނާ އިސްތިއުފާ ދެއްވަން ޖެހުނީ ގާނޫނު ހަދާ މަޖިލީހުން ބަޖެޓް ފާސް ކުރުމުގައި ހުރަސްތައް ކުރިމަތިވުމުންނެވެ.
ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ ގްރީން ޕާޓީން ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ދެކޮޅު ހަދާފައެވެ. ގްރީން ޕާޓީން ތާއިދު ކުރީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ބަދަލުތައް ބަޖެޓަށް ގެންނާށެވެ.
ސްވިޑިންގައި އަލަށް އެކުލަވާލި ސަރުކާރު ވެއްޓުނު ނަމަވެސް ބޮޑުވަޒީރު މެގްޑަލީނާ އަދިވެސް ބޮޑުވަޒީރު ކަމަށް އަލުން ވަޑައިގެންނެވުމުގެ އުއްމީދު ދޫކޮށެއް ނުލައްވައެވެ. ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވުމަށް ފަހު ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން މެގްޑަލީނާ ވިދާޅުވީ ދެން ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެންމެ ޕާޓީއެއް ތަމްސީލް ކުރާ ސަރުކާރެއްގައި ކަމަށެވެ.
ސްވިޑިންގެ ގާނޫނު ހަދާ މަޖިލީހުގައި 349 މެންބަރުން ތިއްބައެވެ. މެންބަރުން ނިސްބަތްވާ އަށް ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްނުވެ މިހާރު ވަނީ ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިދާނެ ކަމުގެ ބިރު ހީވެފައެވެ. އެމައްސަލަ ހައްލު ކުރުމަށް ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ބަރުލަމާނީގެ ފެންނަ ހުތުރު މަންޒަރަކީ މިއީ. މި މަންޒަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްފިނަމަ ފެނުން ކައިރި. ނުވިތާކަށް ވެރިކަމަށް ހޮވޭ ބަޔަކު މިގޮތަށް މަޖިލިސް މެޖޯރިޓީ ގެއްލުނަށް ނުވެއް ފައިބާނެ. ދެން ކޯޅޭނީ. އެމީހަކާއި އެމީހަކު ހިތުހުރި ގޮތަކަށް ސަރުކާރުގެ ޚަޒާނާ ދަވާލާނެ. ރާއްޖެ ބަނގުރޫޓް ވާނެ.
މިއީ އެކިޔާ ބަރުލަމާނީގައި ކަން ހިނގާ ގޮތް.
ކޮބާ ކެނެރީގޭ ބުއްޅަބޭ މި އޮތީ ބަރުލަމާނީ އަމާ ދެމީމަ ވާގޮތް ތިޔަ ބުރާންޗަށް އެނގޭބާ ؟
ކޮބާ ކަލޯ ބޮންޑޭ ދެން ކީކޭ ބޮންޑޭ ވީދޭނީ ވެރިކަމާހެދި މީހަކު ދަހިވެތި ވިޔަސް ، ބަރުދަމަން ހެޔޮނުވާނެ ދިވެހިން ވިސްނާ