ދެކުނު އެފްރިކާއިން ކޮވިޑް-19ގެ ނުރައްކާތެރި ވައްތަރެއް ފެނިއްޖެއެވެ.

އެ ގައުމުގެ ސައިންވެެރިންނަށް ދެނެގެވުނު މި ވައްތަރަށް މިހާރު 22 މީހަކު ފައްސިވެފައިވެއެވެ.

އެ ގައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ކޮމިއުނިކަބަލް ޑިޒީޒަސް (އެންއައިސީޑީ) އިން ބުނީ ސައިންސްވެރިންނަށް ދެނެގަވުނު ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިފައިވަނީ ވަރަށް މަދު އަދަދުތަކުން ކަމަށެވެ. އަދި އޭގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

"އާ ވޭރިއަންޓާއި އޭގެ ސަބަބުން ދިމާވެދާނެ އަސަރުތައް ދެނެގަތުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ތަޖުރިބާ ކާރުންގެ އެހީއާއެކު ކުރަމުން، ކަނޑައެޅިފައިވާ ހުރިހާ ސަވައިލެންސް ސިސްޓަމްތަކާ އެކު ދަނީ މަސައްކަތް ކުރަމުން". އެންއައިސީޑީގެ ޕްރޮފެސަރު އެޑްރިއަން ޕުރެންއާ ހަވާލާދީ ނެރުނު ބަޔާނުގައި ވެއެވެ.

ދެކުނު އެފްރިކާ އަކީ މީގެ ކުރިން ބީޓާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނު ގައުމެވެ. ބީޓާ ވޭރިއެންޓަކީ ނުރައްކާތެރި ވޭރިއެންޓްގެ ތެރޭގައި ހިމެނޭ އެއް ވައްތަރުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ކަނޑައެޅިއެވެ. އެއީ މި ވޭރިއެންޓަކީ މާބޮޑަށް ފެތުރޭ އަދި ވެކްސިނަށްވެސް މާބޮޑަށް ނުގުޑާ ވައްތަރެކެވެ.

މީގެ އިތުރުން، މި އަހަރު ތެރޭގައި އެ ގައުމުން އިތުރު ކޮވިޑްގެ ވައްތަރެއް ފެނުނެވެ. އެއީ C.1.2އެވެ.

 

ކިޔުންތެރިންގެ ހިޔާލު