ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާ ވައްތަރު ބެލްޖިއަމުން ފެނިއްޖެއެެވެ.

ބެލްޖިއަމުން ކޮވިޑްގެ އާ ވައްތަރަށް ފައްސިވެފައި ވަނީ މިސްރުން އެ ގައުމަށް ދިޔަ މީހެކެެވެ. އެ މީހާއަކީ ވެކްސިން ޖަހާފައިވާ ނުވާ އަންހެނެކެވެ.

އޭނާގެ ގައިން ބަލީގެ އަލާމަތްތައް ފެނިފައި ވަނީ މިސްރަށް ދިޔަތާ 11 ދުވަސް ފަހުންނެވެ. އެހެން ނަމަވެސް އޭނާ އަކީ ދެެކުނު އެފްރިކާ އާއި މިހާރުވެސް އެ ވައްތަރު ފެނިފައިވާ ގައުމުތަކާއި ގުޅުން އޮންނަ މީހެއް ނޫން ކަމަށް ބުނެފައި ވެއެވެ.

"އަޅުގަނޑުމެންނަށް މިހާރު ވަނީ މި ވޭރިއަންޓް ގެ ވޭދަނައެއް ފެނިފައި،" ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު B.1.1.529 އާ ގުޅޭގޮތުން ހެލްތު މިނިސްޓަރު ފްރޭންކް ވަންޑެންބްރޫކެ ވިދާޅުވިއެވެ.

ބެލްޖިއަމަކީ ކޮވިޑްގެ މި ވައްތަރު ފެނުނު ފުރަތަމަ ޔޫރަޕްގެ ގައުމެވެ. މީގެ ކުރިން ދެކުނު އެފްރިކާ، ހޮންގްކޮންގް، ބޮޓްސްވާނާ އަދި އިސްރާއީލުން މި ސްޓްރެއިން ފެނިފައިވެއެވެ.

ދެކުނު އެފްރިކާއިން ކޮވިޑްގެ އާ ވައްތަރެއް ފެނިފައިވާއިރު، ސައިންސްވެރިން ބުނެފައިވަނީ އެސަރަހައްދުން ފެނިފައިވާ ވައްތަރަކީ ބިރުގަންނަން ޖެހޭ ވަރުގެ ވައްތަރެއް ކަމަށާއި އެވައްތަރުގެ ސަބަބުން ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވެ، ހާލުބޮޑުވާ މީހުންގެ އިންސައްތަ ވެސް އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހާއްސަކޮށް ޅަ އުމުރު ފުރާގެ ކުދިންނަށް ބަލި ޖެހިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ އާވައްތަރުތަކެއް ދުވަހުން ދުވަހަށް ފެންނަމުން އަންނައިރު، މި ބައްޔަށް މުޅި ދުނިޔެއިން ފައްސިވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު