ދެކުނު އެފްރިކާ އިން ފެނިގެން އުޅޭ ކޮވިޑް-19 ވޭރިއަންޓަކީ އެވޭރިއަންޓާއި މެދު ހުރިހާ ގޮތަކުން ވެސް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނިންމައިފިއެވެ.

ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުން ހައެއްކަ ގަޑިއިރު ވަންދެން ޖެނީވާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު ބުނެފައި ވަނީ އަލަށް ފެނިގެން އުޅޭ ވޭރިއަންޓްގެ ނަމަކީ "އޮމިކްރޮން" ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އޮމިކްރޮން ވޭރިއަންޓާއި ގުޅޭ ގޮތުން މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު މިއީ ކޮވިޑް-19 ކުރިން ޖެހިފައި ތިބި މީހުންނަށް ވެސް ޖެހޭ ވޭރިއަންޓެއް ކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

މިވޭރިއަންޓް ފުރަތަމަ ފެނުނީ ނޮވެމްބަރ މަހުގެ 09 ވަނަ ދުވަހު އެވެ.

"މިވޭރިއަންޓަށް ފައްސިވާ މީހުންގެ އަދަދު ދެކުނު އެފްރިކާގެ ހުރިހާ ޕްރޮވިންސަކުން ވެސް އަންނަނީ އިތުރުވަމުން." ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

އޮމިކްރޮން ވޭރިއަންޓް ވެކްސިނަށް ނުގުޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ތަޖުރިބާކާރުން ބުނަމުން ދިޔަ ނަމަވެސް މިއަދު ބޭއްވި ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުންގެ ބަޔާނުގައި ވެކްސިން ވޭރިއަންޓަށް ނުގުޑުން އެކަށީގެންވާ ކަމަށް ބުނާ ބުނުމަށް ޖަވާބެއް ދީފައެއް ނުވެއެވެ.

އޮމިކްރޮން ވޭރިއަންޓް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާކަން ފާހަގަ ކުރެވުނު ނަމަވެސް ވަކިއިތުރު ފިޔަވަޅެއް ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޅުމަށް ޑަބްލިއުއެޗްއޯ އިން އަދި ލަފައެއް ނުދެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރު ވެސް އަމަލުކުރަމުންދާ ފިޔަވަޅުތައް ތަންފީޒުކޮށް ވެކްސިން ޖެހުން އިތުރު ކުރުމަށް ބާރުއަޅާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    އަވަހަށް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވާދޭން ފަށަންވީ. ނޫނިއްޔާ އަހަރެމެންގެ ދަރިންނަށް ތިނުރައްކާތެރި ވޭރިއަންޓް ޖެހިދާނެ. ކުއްޖަކަށް ގެއްލުމެއް ލިބިއްޖެނަމަ ސްކޫލްތައް ބަންދުނުކުރި މީހަކު ޒިންމާވާންޖެހޭނެ.

    8
    3
  2. ނަގުލު ފިއްތި

    ވަކި ބަޔަކު އަޑީގަ ތިބެގެން ހިންގާ ބޮޑު ވިޔަފާރިއެއް

    13
    5
  3. އަލީ

    ވަކި ބަޔަކު އަޑީގަ ތިބެގެން ހިންގާ ބޮޑު ވިޔަފާރިއެއް

    10
    4
  4. Anonymous

    ވްކސްޮން ބިޒްނަސް.