ކުޑަކުދިން ކުރާކަންތަކުން ވަރަށް ގިނަ ފަހަރު މީހުންގެ ސަމާލުކަން އެކުދިންނަށް ހުއްޓެެއެވެ. އެގޮތުން އެކުދިން ލަވަ ކިޔުމާއި ނެށުމުގެ އިތުރުން މޫދު އެކި ހަރާކާތްތަކުގައި އުޅޭއިރު ގިނަ ބަޔަކަށް ފެނި ވަނީ އެކުދިންނަށް ސަމާލުކަން ހުއްޓިފައެވެ.

މިފަހަރު މިއޮތީ ލަވައެއް ކިޔައިގެން މީހުންގެ ސަމާލުކަން ހުއްޓުނު ކުއްޖެއްގެ ވާހަކައެއް ނޫނެވެ. މިއީ ސްނޮބޯޑު ކޮށްގެން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކުއްޖެއްގެ ވާހަކައެވެ.

އުމުރުން 11 މަހުގެ އެކުއްޖާއަށް ރަނގަޅަށް ހިނގަން ނޭނގުނު ނަމަވެސް ބޯޑު މަތީ ހުރެގެން ސްކޭޓް ކުރުމުން ގިނަ ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެކުއްޖާ ސްނޯބޯޑު ކުރަނީ ކުއްޖާގެ މައިންބަފައި ދުރަށް ދިއުމުންނެވެ. އެގޮތުން ބޯޑު މަތީ ބެހެއްޓުމުން ވަރަށް ހަމަ ޖެހިލާފައި އެކަން ކުރާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

“އަޅުގަނޑުމެން ދަރިފުޅު ބޫޓަށް އަރުވާފައި އަޑި ގަނޑަކަށް ގެންގޮސް ބަހައްޓަނީ. އެތަނުގައި ހުރެގެން މަޑުމަޑުން ހަޑިގަނޑު ތަޅުވާލައި ކުރިއަށް ދަނީ. ފުރަތަމަ އަޅުގަނޑުމެން ހީކުރީ އެކަން ނުކުރެވޭނެ ކަމަށް“ އެކުއްޖާގެ މަންމަ ބުނެފައިވެއެވެ.

އޭރު އެކަން ކުރެވެމުން ކޮންމެ ދުވަހެއްގެ ހެނދުނު ކުއްޖާ ގޮވައިގެން ފަރިތަ ކުރުވަން އަންނަ ކަމަށާއި މިހާރު ވެސް ކުރިއާއި އަޅާބަލާއިރު ބޮޑުތަނުން ފަރިތަ ކަމަށް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަދި އަތް ބޭނުން ކޮށްގެން ކުރަން ޖެހޭ ކަންކަން ކުރަން ދަސްނުވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އެކަން ވެސް ދަސްވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ިބޯކިބާ

    ޗައިނާކުއްޖެއްވީމަ ކޮންގައުމެއްކަން ނޭނގޭގޮތަށް ހުޅަނގު ނޫސްތަކުގަ ލިޔެފަހުރީ.