އަވައްޓެރި ސްރީލަންކާގައި ދަރަނި ފޫބައްދަން ފައިސާ ޗާޕް ކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިކަމާއިއެކު އަނެއްކާވެސް ބައެއް ޒަރޫރީ ކާތަކެތީގެ އަގު އުފުލިއްޖެއެވެ.

ލަންކާގެ ރެސްޓޯރެންޓް އެސޯސިއޭޝަނުން ބުނީ ލަންކާގައި އާއްމުކޮށް ކެއުމަށް ބޭނުން ކުރާ ހެދިކާ އާއި ކޮއްތުރޮށީގެ އަގު މާދަމާ އިން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. ކޮންމެ ހެދިކާ އަކުން ފަސް ރުޕީސް އަދި ކޮންމެ ކޮއްތުރޮއްޓަކުން 10 ރުޕީސް ބޮޑުކުރަން ވަނީ ނިންމާފައެވެ. ހަނޑޫ ފިޔަވައި ލަންކާ މީހުން ކެއުމަށް އެންމެ އާއްމުކޮށް ބޭނުން ކުރާ އެއްޗަކީ ކޮއްތުރޮއްޓެވެ.

ސިލޯން ބޭކަރީސް އެސޯސިއޭޝަނުން ވެސް މިއަދު ބުނީ މިރޭ މެންދަމު 00:00 އިން ފެށިގެން ލަންކާގެ ހުރިހާ ބޭކަރީއަކުން ޕާނުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. ކޮންމެ ޕާނަކުން 10 ރުޕީސް ބޮޑުކުރަން ވަނީ ނިންމާފައެވެ.

ލަންކާގެ އިޤުތިސޯދީ ހާލަތު ގޯސްވެފައި ވަނީ ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވެގެން ގޮސް އާމްދަނީ ދަށަށް ދިއުމުން ދަރަނި ފޫބެއްދުމަށް ފައިސާ ޗާޕް ކުރަން ފެށުމުންނެވެ. މިހާރު އިޤުތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ގިނަ ޕްލޭންތަކެއް އިއުލާން ކޮށްފައި ވީނަމަވެސް އެކަންކަން ތަންފީޒު ކުރެވިދާނެ ކަމާއިމެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ލަންކާއަށް މިހާރު ވަނީ ބޭރު ފައިސާ ލިބުމުގެ ދަތިކަން ވެސް އިންތިހާއަށް ކުރިމަތިވެފައެވެ. މިހާރު ލަންކާގައި ޑޮލަރަކަށް ޖެހޭ ރުޕީސްގެ އަގު ވަނީ ބްލެކް މާކެޓްގައި 300 ރުޕީސް އާއި ކައިރިކޮށްފައެވެ.

ދައުލަތުގެ ދަރަނި ބޮޑުވުމުން ލަންކާ އަށް އިގްތިސޯދީ މައްސަލަތަކެއް ކުރިމަތިވެފައި ވަނިކޮށް 2019 ވަނަ އަހަރު އެގައުމަށް ދިން ބޮމުގެ ހަމަލާ އާއިއެކު ފަތުރުވެރިން އައުން މަދުވެ އިތުރު ހުރަސްތަކެއް އިގްތިސޯދަށް ކުރިމަތިވިއެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓި ލަންކާގެ ހާލަތު އިތުރަށް ގޯސްވީ ކޮވިޑްގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވި ދަތިތަކުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  މިދިވެހި ގައުމު ތިޔައްވުރެ ދަށު ދަޖައަކައް ދާނެ އަދި މި މޑޕ އަކާ ހެދި.

  7
  1
  • އަފީފާ

   ނުދާނެ ދަށުދަރަޖައަކައް އިރާދަ ކުރެއްވިއްޔަ. ތިކަހަލަ އެއްޗެހި މުސްލިމަކަށް ވެހުރެ ބުނާކައް ނުވާ ނެ.

 2. އަފީފާ

  ނުދާނެ ދަށުދަރަޖައަކައް. އިރާދަ ކުރެއްވިއްޔަ. ތިކަހަލަ އެއްޗެހި މުސްލިމަކަށް ވެހުރެ ބުނާ ކަށް ނުވާނެ.