އެމެރިކާގެ ރައީސް ޖޯ ބައިޑެން މާސްކް ނާޅައި ފިހާރައެއްގެ ތެރޭގައި އުޅޭ މަންޒަރު ފެނުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ފިހާރައެއްގެ ތެރޭގައި އުޅުނުއިރު ބައިޑެންގެ މާސްކް އިނީ ދަތްދޮޅީގައެވެ.

ބައިޑެން އަށް ފާޑުކިޔުން އަމާޒުވީ އަބަދުވެސް މާސްކް އަޅައިގެން ތިބުމަށް ބައިޑެން އެމެރިކާ ރައްޔިތުންނަށް އިލްތިމާސް ކުރަމުން ގެންދިއުމަށް ފަހު އޭނާ މާސްކް ނާޅައި ފިހާރައެއްގެ ތެރޭގައި އުޅުމުންނެވެ. ބައިޑެން ގެންދަނީ ހާއްސަކޮށް އިމާރާތެއްގެ ތެރެއަށް ވަންނަމަ މާސްކް އަޅަން ތަކުރާރުކޮށް އެމެރިކާ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

މާސްކް ނާޅައި އުޅުމުން ބައިޑެން އަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ވައިޓް ހައުސްގެ މީޑިއާ ޑިޕާޓްމަންޓުން ވަނީ ފާޑުކިޔުންތަކަށް ރައްދުދީފައެވެ. ވައިޓްހައުސް އިން ބުނީ ބައިޑެން މާސްކް ނާޅައި ހުރީ ފިހާރައިގެ ތެރޭގައި މިލްކްޝޭކެއް ބޯން ކަމަށެވެ. ނަމަވެސް މަންޒަރުދުއް މީހުން އެކަން ދޮގުކުރެއެވެ.

ބައިޑެން މީގެ ކުރިން ވެސް އެތައް ފަހަރަކު ބައްދަލުވުންތަކުގައި މާސްކް ނާޅައި މީހުންނާއި ވާހަކަ ދެއްކިކަން ފާހަގަ ކުރެވިފައި ވެއެވެ. އެކަން މީޑިއާ އިން ފާހަގަކޮށް ފާޑުކިޔަމުން ގެންދިޔަ ނަމަވެސް ގިނަ ފަހަރަށް ވައިޓްހައުސް އިން އެކަމަށް އެއްވެސް ކޮމެންޓެއް ނުކުރެއެވެ.

މިހާރު އަލަށް ފެތުރެމުން އަންނަ ކޮވިޑްގެ ވޭރިއަންޓް ކަމަށްވާ އޮމިކްރޮން އާއި ގުޅިގެން އެމެރިކާ ސަރުކާރުން ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ވައިޓްހައުސް އިން ބުނީ ހުކުރު ދުވަހު އެމެރިކާ ސަރުކާރުން ފިޔަވަޅުތައް އިއުލާން ނުކުރީ ތަޖުރިބާކާރުންގެ ހިޔާލު ހޯދުމަށްފަހު ފިޔަވަޅުތައް އަޅަން ކަމަށެވެ. މިހާރު އެމެރިކާ އިން ވެސް ވަނީ ދެކުނު އެފްރިކާ ބައްރުގެ ގައުމުތަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާ ކޮށްފައެވެ.

އެމެރިކާ ގައި ވެސް މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުއްބާ

    އެމެރިކާގެ ސޭކުސްތާނު މީހުން ޓުރަންޕުއަތުން ވެރިކަން އަތުލާފަ ވެރިކަން މިހަވާލުކުރީ މަރުވާން ކައިރިވެފައިން ބޮނޑަކާ. ދެން ތިބޭ ފަރުތޮޅިން ކިރުގަރުދިޔަ ހަދައިގެން ކާން.

    • ނަން

      މަރުވާން ކައިރިވެފައިން ބޮނޑަކާ ވެރިކަން މިހަވާލުކުރީމަ އަފްޣާނިސްތާން އެމެރިކާ ކިބައިން މިނިވަން ވެއްޖެއްނު ނަސީބަކުން

      1
      1
    • ބޮނޑު

      އަސްލުވެސް މަރުވާން ކައިރިވެފައި ހުރި ބޮނޑެއް ބައިޑެން އަކީ