ދެކުނު އެފްރިކާ އިން ދެނެގަނެވިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް "އޮމިކްރޮން" އިން ލިބޭ ރައްކާތެރިކަން ކުޑަ ވާނެ ކަމަށް ވެކްސިން އުފައްދާ ކުންފުންޏެއް ކަމަށްވާ މޮޑާނާ ކުންފުނިން މިއަދު ބުނެފިއެވެ.

މޮޑާނާގެ ޗީފް އެގްޒެކިއުޓިވް ސްޓެފަން ބާންސެލް ވިދާޅުވީ މިހާތަނަށް ސައިންސްވެރިން ދެއްކި ވާހަކަތަކުން މި ވައިރަސްއަކީ "ރަނގަޅަށް ދާނެ ވެކްސިނެއް ނޫން" ކަމަށެވެ. މި ވޭރިއަންޓާ އެކު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓްގެ މިއުޓޭޝަންތަކާ ގުޅިގެން މޮޑާނާ ކުންފުނީގެ ވެރިންނަށް ވެސް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ. އެހެންވެ، މިކަމުގައި ސީރިއަސް
މަސައްކަތްތަކެއް ކުރަން ޖެހޭ ކަން ވެސް އެ ކުންފުނީގެ ވެރިން ފާހަގަ ކުރައްވައެވެ.

މޮޑާނާގެ ކޯ ފައުންޑަ މެމްބަރު ނޯބަރް އެފެޔާން ވިދާޅުވީ ކޮވިޑާ ދެކޮޅަށް ވެކްސިން އުފެއްދުމަށް މިހާރު މާ ގިނަ "ހަތިޔާރު" އެބަހުރި ކަމަށެވެ. މި ހަތިޔާރުތަކާ އެކު ކްލިނިކަލް ޓެސްޓް މަރުހަލާގައި ހުރި ވެކްސިންތަކުގެ ބޭނުން ހިފައި އޮމިކްރޮންއާ ދެކޮޅަށް އެ ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރުމެންގެ އަތުގައި ބައިވަރު ހަތިޔާރުތަކެއް އެބަހުރި މީގެ 18 މަހުގެ ކުރިއާ ބަލާފައި." އަފެޔަން ވިދާޅުވިއެވެ.

"މަލްޓް ވޭރިއަންޓްތަކާ ދެކޮޅަށް އުފައްދާ ވެކްސިންތައް އޮތީ ކްލިނިކަލް ޓެސްޓް މަރުހަލާގައި. އެ އެއްޗެހި އޮމިކްރޮންއާ ދެކޮޅަށް މަސައްކަތްކޮށްފާނެ،" އެފެޔާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެކަމަކު ހެވެއްނު 100000 ޑޯޒް ވެކްސިން ގެންނަނީ އާ ވައިރަސްއިން ދިފާއުވާށޯ. ސޯލިހަކީ އެހާ މޮޅު ސައިންޓިސްޓަކަށް ނުވިތާދޯ.

    8
    1