19:26

ހޮހޮޅައިން ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަން މިރެއަށް މެދުކަނޑާލައިފި. އޮޕަރޭޝަން މެދުކަނޑާލުމަށްފަހު ދެން ފަށާނީ މާދަމާ ހެނދުނު. މައުލޫމާތު ލިބޭ ގޮތުގައި މާދަމާ ހެނދުނު، ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު، ޑައިވަރުން ހޮހޮޅަ ތެރެއަށް ވާންނާނެ.

18:47

މިއަދު ސަލާމަތް ކުރި ހަތަރު ކުދިންގެ ޞިއްޙީ ޙާލަތާ މެދު، ކަމާ ބެހޭ ފަރާތަކުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވޭ. ބެލެވޭ ގޮތުގައި އެކުދިންނަށްވެސް ފަރުވާ ދޭނީ، ހޮސްޕިޓަލުގެ ޚާއްޞަ ޔުނިޓުގައި.

ހޮހޮޅައިގައި ތާށިވި ކުދިންނަށް ފަރުވާ ދިނުމަށް ޤާއިމްކޮށްފައިވާ ބައިގައި، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ޚާއްޞަ ނަރުހުން ދަނީ މަސައްކަތް ކުރަމުން. އަދި، އެތަނުގައި ލޭގެ ޓެސްޓާއި ކުޑަކަމުދާތަކެތީގެ ޓެސްޓު ފަސޭހައިން ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފއި.

18:41

ދެ ދުވަހުގެ ތެރޭގައި ހޮހޮޅައިގައި ތާށިވެފައި ތިބި ކުދިންތަކާއި ކޯޗުގެ ތެރެއިން އަށް ކުއްޖަކު ސަލާމަތްކުރެވިފައިވުމުން، އެތައް ބަޔަކު ދަނީ މި ބުރަ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޑައިވަރުންނަށާއި ސަޕޯޓު ޓީމުތަކަށް ތަޢުރީފު ކުރަމުން. އަދި، މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތަކުން ދަނީ ފާހަގަކުރަމުން.

މި މަސައްކަތުގައި، ތައިލެންޑް ފިޔަވައި އެހެން ބައެއް ޤައުމުތަކުންވެސް ދަނީ ފަންނީ އަދި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދެމުން.

18:33

18:32

ޗެނަލް ނިއުސް އޭޝިޔާ: ތަމް ލުއާންގ ހޮހޮޅަ ތެރޭގައި ތާށިވެފައިވާ ކުދިން ސަލާމަތްކުރުމުގެ މަސައްކަތްތައް، މިރެއަށް ވަނީ ނިމިފައި.

އިއްޔެއާއި މިއަދުވެސް ހަތަރު ކުދިން ސަލާމަތްކޮށް، ޖުމުލަ އަށް ކުދިން ސަލާމަތްކޮށްފައިވާއިރު، ރޭގަނޑުގެ އަނދިރީގައި، ހޮހޮޅަ ތެރޭގައި ހަރަކާތްތެރިވުމަކީ ދަތި ކަމެއް.

18:29

ހޮހޮޅައިން ސަލާމަތްކުރި އަށްވަނަ ކުއްޖާވެސް، މިހާރު ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް މައުލޫމާތު ލިބޭ

18:28

މިއަދު، ހަތަރު ކުއްޖަކު ސަލާމަތް ކުރެވިފައިވާކަމަށް، އޮޕަރޭޝަނުގެ ކޮމާންޑަރުގެ އެހީތެރިޔަކު ބުނެފި

17:39

ޗެނަލް ނިއުސް އޭޝިޔާ: ތައިލެންޑުގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ މީޑިޔާތަކުން ބުނާގޮތުގައި، ތައިލެންޑުގެ ރަސްމީ އެއްވެސް ފަރާތަކުން، މިއަދު ސަލާމަތްވި ކުދިންގެ މައުލޫމާތާއި، ކުދިންގެ އަދަދުވެސް ހާމަކޮށްފައި ނުވޭ. އަދި، މި މައުލޫމާތުތައް ހޯދާފައިވަނީ އެސަރަޙައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި، ރެސްކިއު ޓީމުގައި ހިމެނޭ މަސްދަރުތަކުގެ ފަރާތުން

17:33

 

17:32

އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން މިހާރު ހޮސްޕިޓަލަށް ގެންދިއުމަށް ތައްޔާރުވަމުންދަނީ ހަވަނައަށާއި ހަތްވަނަ އަށް ސަލާމަތް ކުރި ކުދިންކަމަށް.

އެކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭނީ، އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ތަނެއްގައި އަދި އިންފެކްޝަން އުފެދިފައި ހުރެދާނެކަމަށް ބަލައި، ފަހެއް ނޫނީ ހަތް ދުވަސް ވަންދެން، ވަކިކޮށްފައި އޮބްޒަވޭޝަނުގައި ބޭއްވުމަށްވަނީ ނިންމާފައި

17:30

17:25

ހެލިކޮޕްޓަރުން ބާލައިގެން، ބައެއް ކުދިން ޝިއަންގ ރާއީ ހޮސްޕިޓަލަށް އެބަ ގެންދޭ. ހެލިކޮޕްޓަރުގައި އެކުދިން ޝިއަންގ ރާނީ އަސްކަރީ އެއަރޕޯޓަށް ގެންގޮސްފައިވަނީ، ހޮހޮޅަ ކައިރީގައި ޤާއިމްކޮށްފައިވާ ވަގުތީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު

17:24

ފަހުން ސަލާމަތްކުރި ކުދިން ހޮސްޕިޓަލަށް ގެންދަން ތައްޔާރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ. މަގުތައް މިހާރުވަނީ ތައްޔާރީ ޙާލަތަށް ގެނެސްފައި

17:19

ހޮހޮޅައިން ފަހުން ސަލާމަތް ކުރެވުނު ތިން ކުދިން އަދި ހޮސްޕިޓަލަށް ގެންދިޔަކަން އެނގިފައި ނުވޭ.

17:13

ހޮހޮޅަ ތެރެއިން އަނެއްކާވެސް އިތުރު ކުއްޖަކު ސަލާމަތްކޮށް، ޖުމުލަ ސަލާމަތްކުރެވުނު ކުދިންގެ އަދަދު އަށަކަށް އަރާފައިވާކަމަށް ރޮއިޓަރސް އިން ބުނެފި

16:59

ހަވަނަ ކުއްޖައާއި ހަތްވަނަ ކުއްޖާ ސަލާމަތްކޮށްފައިވާކަމަށް، ބައިނަލްއަޤުވާމީ ގިނަ މީޑިޔާތަކުން ބުނެފައިވީނަމަވެސް، ތައިލެންޑް ނޭވީ ސީލް އިން އަދި މިކަން ހާމަކޮށްފައި ނުވޭ

16:56

އިތުރު ދެ ކުދިން ސަލާމަތްކޮށްފައިވީނަމަވެސް، އެކުދިން ވަގުތީ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމެއް ނުވަތަ ނޫންކަމެއް ސާފުވާ ގޮތް އަދި ނުވޭ

16:49

ހޮހޮޅަ ތެރޭގައި ތާށިވެފައި ތިބި ކުދިންގެ ތެރެއިން އިތުރު ދެ ކުއްޖަކު ސަލާމަތްވެއްޖެކަމަށް ސީއެންއެން އިން ބުނެފި

16:40

ހޮހޮޅައިގައި ތާށިވެފައިވާ ވައިލްޑް ބޯރ ފުޓުބޯޅަ ޓީމު ސަލާމަތްކުރުމުގެ މަސައްކަތުގައި 1000 މަސައްކަތްތެރީންނާއި 90 ޑައިވަރުން ދަނީ ހަރަކާތްތެރިވަމުން. އޭގެތެރޭގައި ހިމެނެނީ ތައިލެންޑް، ޗައިނާ، އޮސްޓްރޭލިޔާ، އެމެރިކާ އަދި އިނގިރޭސިވިލާތުގެ ފަރާތްތައް.

 

16:37

ހަވަނަ ކުއްޖަކު ވަރަށް އަވަހަށް ހޮހޮޅައިން ނެރެވޭނެކަމަށް ގިނަ މީޑިޔާތަކަކުން ބުނެފި. އަދި، ހަތްވަނަ ކުއްޖަކުވެސް، އޭގެފަހުން ވަރަށް އަވަހަށް ނެރެވޭނެކަމަށް އެފަރާތްތަކުން ބުނޭ

16:35

މައުލޫމާތު ލިބޭގޮތުގައި ސަލާމަތްކުރި ކުދިންނާ ބައްދަލުކުރުމުގެ ފުރުޞަތު އަދި އެކުދިންގެ ބެލެނިވެރިންނަށް ދީފައި ނުވޭ.

ތައިލެންޑުގެ ނޭވީ ސީލް އިން ބުނެފައިވަނީ ސަލާމަތްވި ކުދިންގެ މައުލޫމާތު، މީޑިޔާއަށް އާއްމުކޮށްފައި ނުވަނީ މަސްލަހަތަށްޓަކައި ކަމަށް. އެކަމުގެ ސަބަބުން ސަލާމަތް ނުކުރެވޭ ކުދިންގެ އާއިލާތަކަށް ބޭއިހްތިރާމް ކުރެވޭކަމަށް އެފަރާތުން ބުނޭ

16:32

އަލް ޖަޒީރާ: ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހަވަނަ ކުއްޖަކު ވަރަށް އަވަހަށް ހޮހޮޅައިން ބޭރަށް ނިކުންނާނެ.

16:28

އެތައް ދުވަހެއް ވަންދެން ހޮހޮޅައިގައި ތިބުމުން، ކުދިންގެ ގައިގައި އިންފެކްޝަން އެއް އުފެދި، އެ އިންފެކްޝަމް ފެތުރިދާނެ ކަމިގެ ބިރުވެރިކަން އޮތުމުން، އެކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ވަކިން، ކަރަންޓީން ކޮށްގެން

16:27

ހަވަނަ ކުއްޖަކު ސަލާމަތްކުރެވިފައިވާކަމަށް ބައިނަލްއަޤުވާމީ އެހެން މީޑިޔާއަކުންނާއި ރަސްމީ ފަރާތަކުން އަދި ހާމަކޮށްފައި ނުވޭ.

16:20

ހަވަނަ ކުއްޖާ ސަލާމަތްކުރެވިފައިވާކަމަށް ބުނެފައިވަނީ ޗެނަލް ނިއުސް އޭޝިޔާ އިން. އެކަން އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައި ނުވޭ

16:19

ހޮހޮޅައިން ހަވަނަ ކުއްޖަކު ވަރަށް އަވަހަށް ސަލާމަތްކުރެވޭނެކަމަށް ބައެއް ނޫސްތަކުން ބުނެފި.

16:14

ފަސްވަނަ ކުއްޖާ ގޮވައިގެން ދަތުރުކުރި އެމްބިއުލާންސް

15:39

ސަލާމަތްކުރި ކުއްޖާ ހެލިކޮޕްޓަރުން ބާލައިގެން، އެމްބިއުލާންސެއްގައި ދަނީ ހޮސްޕިޓަލަށް ދަތުރުކުރަމުން. އެމްބިއުލާންސާ އެކު ސަލާމަތީ ސަބަބުތަކަށްޓައި، ފުލުހުންގެ ވެހިކަލްތަކެއް ވެސް ދަނީ ހަރަކާތްތެރިވަމުން

15:35

ހޮހޮޅައިން ސަލާމަތްކުރި ކުއްޖާ ގޮވައިގެން ހެލިކޮޕްޓަރެއް، ޝިއަންގ ރާއީ ހޮސްޕިޓަލް ސަރަޙައްދަށް ޖައްސައިފި. ކުއްޖާ ނެރޭ ވަގުތު، އެތަނުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުން.

15:31

ޗެނަލް ނިއުސް އޭޝިޔާ: ފަސްވަނަ ކުއްޖާ ހޮސްޕިޓަލަށް ގެންނަންވާއިރަށް، ހޮސްޕިޓަލް ސަރަޙައްދު އޮތީ ތައްޔާރީ ޙާލަތަށް ގެނެސްފައި

15:26

ސަލާމަތްކުރި ފަސްވަނަ ކުއްޖާ ގޮވައިގެން، ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވަމުންދާކަމަށް މައުލޫމާތު ލިބޭ

15:19

ރެއަށް ފަހު މިއަދު ޝިއަންގ ރާއީ ސަރަޙައްދަށް ވާރޭވެހިފައި ނުވިނަމަވެސް، މިހާރު އެ ސަރަޙައްދުގައި ވިއްސާރަ ހަދަމުންދާކަމަށް މައުލޫމާތު ލިބޭ.

15:07

ހޮހޮޅައިން ފަސް ވަނަ ކުއްޖަކު ސަލާމަތްކޮށްފި.

މައުލޫމާތު ލިބޭ ގޮތުގައި ސްޓްރެޗަރ އަކަށް ލައިގެން ގެންގޮސްފައިވަނީ ހޮހޮޅައިގައި ތާށިވެފައި ހުރި ކުއްޖެއް

15:00

ސްޓްރެޗަރ އަކަށް ލައިގެން ގެންދާތީ ފެނުނީ ސަލާމަތްކުރި ކުއްޖެއްކަމެއް ނުވަތަ ސަލާމަތްކުރުމުގައި މަސައްކަތުގައި ހަރަކާތްތެރިވި މީހެއްކަމެއް އަދި ޔަޤީން ކުރެވިފައި ނުވޭ.

14:38

ހޮހޮޅަ ސަރަޙައްދުގައި އެމްބިއުލާންސް އެއް

14:31

ރޮއިޓަރސް: ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، މީހަކު ސްޓްރެޗަރ އަކަށް ލައިގެން، އެމްބިއުލާންސް ކައިރިއަށް ގެންދަނިކޮށް ފެނިއްޖެ. މިކަމުގެ އިތުރު ތަފްސީލެއް ނޭނގޭ.

14:26

ޝިއާންގ ރާއީގެ ގަވަރުނަރު: ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އުފާވެރި ޚަބަރުތަކެއް ލިބޭނެކަމަށް އުންމީދު ކުރަން. އަދި، ރޭ އެއްކޮށް ވާރޭ ވެހުނުކަމުގައިވިޔަސް، ހޮހޮޅައިގެ ފެންގަނޑު ހުރި މިންވަރަށް ބަދަލު އައިސްފައި ނުވޭ.

އޭނާ މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި.

14:16

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހޮހޮޅައިން ސަލާމަތްކުރާ ކޮންމެ ކުއްޖަކުވެސް ފަހެއް ނޫނީ ހަތް ދުވަހު، ހޮސްޕިޓަލުގައި އޮބްޒަވޭޝަނުގައި ބާއްވާނެ. އަދި، ދުވަސްކޮޅެއް ވަންދެން، އެކުދިންގެ ގައިގައި ބައްދާ ހެދުންވެސް، އެދެވިގެން ނުވާކަމަށް ޞިއްޙީ ފަރާތްތަކުން ބުނެފައިވޭ.

13:40

އޮޕަރޭޝަން ފެށުމުގެ ކުރިން ސިފައިންގެ ބަޔަކު ހޮހޮޅަ ސަރަޙައްދުގައި- ފޮޓޯ: ގެޓީ

13:14

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮހޮޅަ ހުންނަ ސަރަޙައްދަށް މިހާރުވަނީ ހަތަރު އެމްބިއުލާންސް ގޮސްފައި. މި މަންޒަރު، ހޮހޮޅައިގެ ސަރަޙައްދާ ދުރުގައި ތިބި ނޫސްވެރިންނަށް ފެނިފައިވޭ.

13:13

ތައިލެންޑްގެ ނޭވީ ސީލްގެ އޮފިޝަލަކު، "ސީއެންއެން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޑައިވަރުންގެ ޓީމުތައް، ކުދިން ތިބި ސަރަޙައްދަށް ދިއުމަށް ހޮހޮޅައިގެ ތެރެއަށް ވަދެފައިވާ ކަމަށް.

"އޮޕަރޭޝަން ފެށިއްޖެ އަދި މި ވަގުތު ދަނީ ކުރިއަށް." އޮފިޝަލް ބުނެފައިވެއެވެ.

13:07

ހޮހޮޅައިގައި ތާށިވެފައިވާ ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަން އަލުން ފަށައިފިކަމަށް ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފި

12:40

ވިއްސާރައިގެ ސަބަބުން، ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް ހުރަސް އެޅިފައިވާކަމަށް މައުލޫމާތު ލިބިއްޖެ.

11:17

10:12

ހޮހޮޅައިން ކުދިން ސަލާމަތްކުރުމުގެ ތެރޭގައި، މީގެކުރިން ޑައިވަރަކު މަރުވެފައިވެސްވޭ.

 

09:45

އިއްޔެ ހޮހޮޅައިން ސަލާމަތްކުރި ކުދިންގެ ތެރެއިން އެންމެ ޙާލު ދެރަ ކުއްޖާގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް ތައިލެންޑުގެ މީޑިޔާތަކުން ބުނެފި.

ތައިލެންޑުގެ ނޫހަކުން ބުނެފައިވަނީ އެކުއްޖާގެ ނެރުނުއިރު، ޓްރަޔާޖް (ބަލިމީހުންގެ ކެޓަގަރީ ކުރާ މިންގަނޑު) ކޮށްފައިވަނީ ރަތްކުލަ އަށްކަމަށް. އެހެންނަމަވެސް، މިހާރު ޙާލު ރަނގަޅުވެ، ކުއްޖާ އޮތީ ރީނދޫ ކެޓަގަރީގައިކަމަށް އެނޫހުން ބުނޭ.

00:24

ކުދިން ސަލާމަތްކޮށްގެން ގެންދާ ރޫޓް

00:18

ހޮހޮޅައިން ކޮންމެ ކުއްޖަކު ނެރުމުންވެސް، އެންމެ ފުރަތަމަ ގެންގޮސްފައިވަނީ، އެތަނާ ކައިރީގައި ހުންނަ ވަގުތީ ހޮސްޕިޓަލަކަށް. އެތަނުގައި ޑޮކްޓަރުންނާއި އެނޫންވެސް ޞިއްޙީ އެހީތެރިން ބެލުމަށްފަހު، ދެން ގެންދަނީ ޝިއަންގ ރާއީ ސަރަޙައްދުގައި ހުންނަ ހޮސްޕިޓަލަކަށް. އެތަނަށް ކުދިން ގެންގޮސްފައިވަނީ ހެލިކަޕްޓަރުގައިކަމަށްވާއިރު، ކޮންމެ ކުއްޖަކަށްވެސް އެމްބިއުލާންސް އަކާއި ހެލިކަޕްޓަރެއް ވަނީ ތައްޔާރީ ހާލަތުގައި ބާއްވާފައި.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ސަލާމަތްކޮށްފައިވާ ހަތަރު ކުދިންނަކީ، ހޮހޮޅައިގައި ތިބި ކުދިންނާއި ކޯޗުގެ ތެރެއިން، ޞިއްޙީ ޙާލަތު އެންމެ ދަށް ކުދިން.

00:14

ހޮހޮޅައިން އެންމެ ފުރަތަމަ ކުއްޖާ ސަލާމަތްކޮށްފައިވަނީ އިއްޔެ ހަވީރު، ރާއްޖެ ގަޑިން 17:40 ގައި.

ކުދިން ތިބި ހިސާބުން، ހޮހޮޅައިގެ ބޭރާ ހަމައަށް ގެނެސްފައިވަނީ ތަޖުރިބާކާރު ދެ ޑައިވަރުންނާ އެކުގައި. އުނދަގޫ އަދި ހަނި ދޭތެރެ ތަކަކުން ލައިފައި ކުދިން ސަލާމަތްކޮށްފައިވާއިރު، މިއީ އުނދަގޫ ކަމަކަށް ވާނެކަމަށް ހޮހޮޅަތަކާއި ޑައިވިންގ ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ފަރާތްތަކުން ބުނެފައިވޭ.

00:08

ހޮހޮޅައިން ކުދިން ސަލާމަތްކުރުމުގެ މަސައްކަތް، އަނެއްކާވެސް މިއަދު ހެނދުނު ފަށާނެކަމަށް ބެލެވޭ.

ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވެފައިވާ ކުދިން ސަލާމަތްކުރުމަށް، ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބައިނަލްއަޤުވާމީ މަދަދާއެކު ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ. މި ވަރުގަދަ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް ހަތަރު ކުއްޖަކުވަނީ ސަލާމަތްކޮށްފައެވެ.

މި މަސައްކަތުގައި ތައިލެންޑާއި އެހެން ޤައުމުތަކުގެ 90 ޑައިވަރުން ހަރަކާތްތެރިވާއިރު، އޮޕަރޭޝަންގެ ފުރަތަމަ ބައި ނިންމުމަށްފަހު ދެވަނަ ބަޔަށް ދިއުމާ ދޭތެރޭގައި 20-10 ގަޑިއިރު ހޭދަވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއީ ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ރެސްކިއު އޮޕަރޭޝަންކަމަށްވާއިރު، ހޮހޮޅައިން ނެރޭ ކުދިންނަށް ވަގުތުން ފަރުވާ ދިނުމަށް ތައްޔާރީ ޙާލަތުގައި އެމްބިއުލާންސްތަކާއި އަސްކަރީ ހެލިކަޕްޓަރުތައްވެސް ވަނީ ބަހައްޓާފައެވެ. ހަމައެހެންމެ، ހޮހޮޅަ ހުންނަ ޝިއާންގ ރިއާ ސަރަޙައްދުން ނޫސްވެރިންނާއި އެނޫންވެސް ފަރާތްތައް ދުރުކޮށް، މުޅި ތަން ވަނީ ތައްޔާރީ ޙާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސމހ

  ޗިއަންގް ރާއީ ..

 2. ޢަހުމަދު

  ދެރަވޭ

 3. ޛޖހ

  ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ

 4. މީހާ

  ސުބުހާނަﷲ

 5. އަލީ ސުލައިމާން

  އަހަރެންގެ ސުވާލަކީ އެކުދިން އެތަނަށް ވަނީ ކިހިނެއްހޭ؟