ހޮހޮޅައިގާ ތާށިވެފައިވާ ޓީމް

މިހާރު މީސްމީޑިޔާގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ތައިލޭޑްގެ ހޮހޮޅައެއްގައި ތާށިވެފައިތިބި ކުދިން ތަކެއްގެ ވާހަކައެވެ. އެކުދިން މިހާރު އެހޮޅައިގައި ތާށިވެފައި ތިބޭތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެދާނެއެވެ.

މިކުދިން ތާށިވެފައިވަނީ ޗިއަން ރައި ޕްރޮވިންސުގެ ފަރުބަދަމަތީ ސަރަޙައްދެއްގައި ހުންނަ ބޮޑު ހޮހޮޅައަކަށް ވަދެ އުޅުނިކޮށެވެ. ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހަޅަ ބަލާލަން ވަން މި ގްރޫޕް އެތަނުގައި ތާށިވީ އެތެރެއަށް ވަން ވަގުތު ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހަޅައަށް ދަމައިގަތުމުން ނެވެ. މިހޮހޮޅައިގައި އުމުރުން 11 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނާއި އެކުދިންގެ އުމުރުން 25 އަހަރުގެ ކޯޗް ލައިގެން ޖުމްލަ 12 މީހަކު ތާށިވެފައިވެއެވެ.

ތައިލޭންޑްގެ ނޫސްތަކުން ބުނާ ގޮތުގައި މިހާތަނަށް މިހޮހޮޅައިން މިހާތަނަށް 4 ކުއްޖަކުވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް ސަލާމަތް ކުރެވިފައިވަނީ ކޮން ކުދިންތަކެއްކަމެއް އަދި ސާފުވެފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ސަލާމަތްކޮށްފައިވަނީ ހޮހޮޅައިގައި ތިބި ކުދިންގެ ތެރެއިން އެންމެ ހާލުދަށް ކުދިންނެވެ.

ތިރީގައި މިވަނީ ހޮހޮޅައިގައި ތާށިވި ކުދިން ބައެއް މައުލޫމާތު ތަކެވެ.

ޕީރަޕަތް ސޮންޕިއަގް ޖައި، 16 އަހަރު

މިކުދިން ހޮހޮޅައިގައި ތާށީވެ ގެއްލުނު ދުވަހަކީ ( 23 ޖޫން 2018 ) އަކީ ޕީރަޕަތްގެ 16 ވަނަ އުފަން ދުވަހެވެ. ޕީރަޕަތްގެ ދައްތަ ބުނެފައިވަނީ އޭނާގެ ކޮއްކޮގެ އުފަން ދުވަސް އަދި ފާހަގަ ކުރާނެ ކަމަށެވެ. ޕީރަޕަތް ހޮހޮޅައިގައި ތާށިވިފަހުން ކޮންމެ ދުވަހަކު ޕީރަޕަތްގެ މައިންބަފައިން ނިދަމުން ދަނީ ޕީރަޕަތް ތާށިވެފައިވާ ހޮހޮޅަ ސަރަހައްދުގައެވެ.

ޕޮންޗައި ޚަމްލުއާންގ، 16 އަހަރު

ޕޮންޗައި އަކީ ބާން ޕާ ޔަންގ ސްކޫލުގައި ތައުލީމު ހާޞިލު ކުރަމުންދާ ކުއްޖެކެވެ.

ޕިޕަޓް ބޯޑީ، 15 އަހަރު

ތައިލެންޑުގެ ބަން ސަން ސައި ސްކޫލުގައި ތައުލީމު ޙާޞިލު ކުރަމުންދާ މި ކުއްޖާގެ އުފަން ދުވަހަކީވެސް ޖޫން 23 ވަނަ ދުވަހެވެ. އެދުވަހަކީ މި ކުދިން ހޮހޮޅައިގައި ތާށިވި ދުވަހެވެ.

ޕްރާޖަކް ސުތަމް، 15 އަހަރު

ޕްރާޖަކް، އޭނާގެ 15 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވަނީ ހޮހޮޅައިގެ ތެރޭގައެވެ. ޖުލައި އެއްވަނަ ދުވަހަކީ އޭނާގެ އުފަން ދުވަސްކަމުގައިވާއިރު، އޭނާ އެނބުރި ސަލާމަތުން އާދޭތޯ، ކޮންމެ ސިކުންތެއްވެސް ގުނަމުންދާކަމަށް، އޭނާގެ ބޮޑުދައިތަ ބުނެފައިވެއެވެ.

ގުރޭޑް އަށެއްގައި ކިޔަވަމުންދާ ޕްރާޖަކްގެ މާމަވަނީ، ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ޤައުމުތަކަށް، ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.

ޕްރާޖަކް

އަރްދޫން ސަމް-އޯއަން، 14 އަހަރު

އަރްދޫން އަކީ ގުރޭޑް އަށެއްގައި ކިޔަވަމުންދާ ކުއްޖެކެވެ.

އަކާރަތު ވޮންސުކްޝަން، 14 އަހަރު

އޭނާއަކީވެސް، ހޮހޮޅައިގައި ތިބި އެހެން ގިނަ ކުދިންނެކޭ އެއްގޮތަށް، ގުރޭޑް އަށެއްގައި ކިޔަވަމުންދާ ކުއްޖެކެވެ. އޭނާ ތައުލީމު ހާސިލުކުރަމުންދަނީ އެޤައުމުގެ ދަރުންތްރަވިތިޔާ ސްކޫލުގައެވެ.

ނަތާވުތު ތަކުމްސޯންގް، 14 އަހަރު

ނަތާވުތުގައި މައިންބަފައިން ބުނެފައިވާ ގޮތުގައި، އެމީހުންވެސް ދަނީ އެމީހުންގެ ދަރިފުޅު އެނބުރި އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. އަދި، އެނބުރި އައުމުން ބޮޑު ޕާޓީއެއް ބާއްވާނެކަމަށް ބުނެފައިވެއެވެ.

ނަތަވުތު

ޕަނުމަސް ސައިންގ-ދީ، 13 އަހަރު

ޕަނުމަސް އަކީ މައޭ ސައީ ޕްރަސިޓްސްޓާޓް ސްކޫލުގެ ދަރިވަރެކެވެ.

ޑުންއަންފެޓް ޕްރޮމްތެޕް، 13 އަހަރު

ހޮހޮޅައިގައި ތާށިވެފައިވާ ޑުއަންފެޓް ޕްރޮމްތެޕް އަކީވެސް މައޭ ސައީ ޕްރަސިޓްސްޓާޓް ސްކޫލުގެ ދަރިވަރެކެވެ.

ސޮމްޖައި ޖައިވޮންގ، 13 އަހަރު

ޕަނުމަސް އަދި ޑުއަންފެޓް އެކޭ އެއްގޮތަށް، ސޮމްޖައި ވެސް ތައުލީމް ހާސިލު ކުރަމުންދަނީ މައޭ ސައީ ޕްރަސިޓްސްޓާޓް ސްކޫލުގައެވެ.

މޮންގްކޮލް ބޫންޕިއަމް، 13 އަހަރު

އޭނާ ތައުލީމް ހާސިލު ކުރަމުންދަނީ ބަން ޕާ މުއަޓް ސްކޫލުގައެވެ. އެނގިފައިވާ ގޮތުން އޭނާ ކިޔަވަމުންދަނީ ގުރޭޑް ހަތެއްގައެވެ.

ޗަނިން ވިބޫންރުންގުރުއަންގ، 11 އަހަރު

މިއީ ހޮހޮޅައިގައި ތާށިވެފައިވާ ކުދިންތަކުގެ ތެރެއިން އުމުރުން އެންމެ ހަގު ކުއްޖާއެވެ. އޭނާއަކީ ޕްރައިމަރީ ސްކޫލުގެ އެންމެ ފަހު އަހަރު ކިޔަވަމުން އަންނަ ކުއްޖެއްކަމަށްވާއިރު، އޭނާ، އޭނާގެ އާއިލާއަށް ފޮނުވާފައިވާ ސިޓީއެއްވެސް މީޑިޔާގައި އާއްމުވެފައިވެއެވެ. އެސިޓީގައި އޭނާ ބުނެފައިވަނީ ސަލާމަތްވުމަށްފަހު ތެލުލި ކުކުޅު ކާން ބޭނުންވާކަމަށެވެ.

އައްކަޕޮލް ޗަންތަވޮންގ، 25 އަހަރު - ކޯޗު

އައްކަޕޮލް އަކީ މި ކުދިން ނިސްބަތްވާ ޓީމަށް އިރުޝާދު ދޭ ކޯޗެވެ. ކޯޗުވަނީ ކުދިންގެ ބެލެނިވެރިންނަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެސިޓީގައި ބުނެފައިވަނީ ކުދިންގެ ކަންކަން، އޭނާއަށް ބެލުނު އެންމެ ރަނގަޅަކަށް ބަލަމުންދާކަމަށެވެ. އަދި، ކަމުގެ ޒިންމާ ނަގަންވެސް، އޭނާ މަސައްކަތް ކޮށްފައިވެއެވެ.

ކޯޗުގެ ސިޓީއަކަށް ޖަވާބު ދީ ބެލެނިވެރިން ބުނެފައިވަނީ، އެއީ ކޯޗުގެ ސަބަބުންވީ ކަމެއް ނޫންކަމުގަޔާއި، އެކަމުގެ ޒިންމާ ކޯޗު ނަގަން ނުޖެހޭކަމަށެވެ.

އައްކަޕޮލްގެ އާއިލާ މީހުންވެސް ދަނީ އޭނާއަށް އިންތިޒާރު ކުރަމުންނެވެ.

މި ހުރިހާ ފަރާތްތަކެއް ހޮހޮޅައިގައި ތާށިވިއިރު، މިހާތަނަށް ސަލާމަތްވެފައިވަނީ ހަތަރު ކުދިންނެވެ. އެހެން ފަރާތްތައް ސަލާމަތްކުރުމަށް، އޮޕަރޭޝަން ފެށުމަށް، ކަމާބެހޭ ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ.

 

މަސްދަރު: ސީއެންއެން

 

ކިޔުންތެރިންގެ ހިޔާލު