އިންޑިއާގައި ކޮވިޑް-19 ގެ ވޭރިއަންޓް "އޮމިކްރޮން" ގެ ނުރައްކާތެރިކަން ކުޑަވެދާނެ ކަމަށާއި، ސަބަބަކީ އެ ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމާއި ޑެލްޓާ ވޭރިއަންް ފެތުރުމުގެ ފުރުސަތު ބޮޑުވުމުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާއިން މިހާތަނަށް ވަނީ އޮމިކްރޮންގެ ދެ ވޭދަނަ ފެނިފައެވެ.

ކަރްނާޓަކާއިން ފެނުނު މި ދެ މީހުންނަކީ އުމުރުން 66 އަހަރާއި 46 އަހަރުގެ ދެ ފިރިހެނުންނެވެ. މީގެ ތެރެއިން އުމުރުން 66 އަހަރުގެ މީހާއަކީ ދެކުނު އެފްރިކާއަށް ދަތުރުކޮށްފައިވާ ބިދޭސީއެކެވެ. އަދި 46 އަހަރުގެ މީހާއަކީ ބެންގަލޫރޫގައި ސިއްހީ ހިދުމަތްތެރިއެކެވެ.

ކޮވިޑްގެ މި ވައްތަރުގެ ބިރު ބޮޑުވެފައިވާއިރު،

"އިންޑިއާގައި ވެކްސިން ދިނުމުގެ ސްޕީޑް އަވަސްވުމާއި، ޑެލްޓާ ވޭރިއަންޓަށް ހައި އެކްސްޕޯޝާ ބޮޑުވުމުން، ކޮވިޑްގެ އާ ވައްތަރުގެ ނުރައްކާތެރިކަން މި ގައުމަށް ކުޑަވާނެ ކަމަށް ލަފާކުރެވޭ،" އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައ ވެއެވެ.

އެހެން ނަމަވެސް ސައިންސްވެރިން މިކަން ރަނގަޅަށް ތަހުލީލު ކުރަމުންދާކަން ފާހަގަކޮށްފައި ވެއެވެ.

އިންޑިއާއިން މިއަދު ރިޕޯޓް ކުރި ކޮވިޑްގެ އަދަދުތަަކަށް ބަލާއިރު، އިތުރު 9216 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެ ގައުމުން 391 މީހަކު އެ ބަލީގައި މަރުވެފައި ވެއެވެ.

އެ ގައުމުގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 34 މިލިއަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ ހަތަރު ލައްކައަށްވުރެ މައްޗަށް އަރާފައެެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    އިންޑިއާގައި ކޮވިޑް-19 ގެ ވޭރިއަންޓް "އޮމިކްރޮން" ގެ ނުރައްކާތެރިކަން ކުޑަވެދާނެ ކަމަށާއި، ސަބަބަކީ އެ ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމާއި ޑެލްޓާ ވޭރިއަންް ފެތުރުމުގެ ފުރުސަތު ބޮޑުވުމުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
    ތިއޮތި ދިމާވެފައި ތި ހުރިހާ ވޭރިއެންޓެއްވެސް ތި ތައްޔާރު ކުރަނީ ހަމަ އެއްމ ކަމަކަށްޓަކައެވެ.
    ޢެއީ ވެކްސިން ވިއްކަންވެގެންނެވެ.