އަފްޣާނިސްތާނުގައި ތާލިބާނުން ވެރިކަން ކުރަމުން އަންނަ އިރު، އެމީހުންގެ އަމާޒަކަށް ވެފައި އޮތީ ބާރުތައް ގަދަ ކުރުމެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ހަތިޔާރުގެ ބާޒާރު އެމީހުންގެ ބާރުގެ ދަށުގައި އޮތް ކަން ކަށަވަރު ކުރަން އެ ޖަމާއަތުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.

ތާލިބާނުން ބުނަނީ އެ ޖަމާއަތުގެ ބާރު ގަދަވުމުގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ އެންމެ މަތީ ފަންތީގެ ހަތިޔާރުތައް އަތުލައިގަތުމުގެ ގާބިލްކަން ތާލިބާނުންނަށް ލިބިގެން ދިޔަ ކަމަށެވެ. ނަމަވެސް ތާލިބާނުންގެ ވެރިކަން އިތުރަށް ފުޅާވެގެން ދިއުމުން، ހަތިޔާރުގެ ބާޒާރުގައި ތާލިބާނުންގެ ބާރު އިތުރަށް ގަދަވިއެވެ.

އަފްޣާނިސްތާނުގެ ހަތިޔާރުގެ ކަޅު ބާޒާރުގައި ގުނާ އަދަދު ނުކުރެވޭހާ ގިނަ އެސޯލްޓް ރައިފަލް، މެޝިން ގަން، ރޮކެޓް، ކާރބީން އަދި ބަޑިފަދަ ތަކެތި ހިމެނެއެވެ. ތާލިބާނުން ހަތިޔާރުގެ ބާޒާރުގެ މައްޗަށް ބާރު އޮންނަން ބޭނުންވާތީ، އަފްޣާނިސްތާނުގެ ކަޅު ބާޒާރު ވަނީ އިތުރަށް ’އަންޑަރ ގްރައުންޑް‘ އަށް ގޮސްފައެވެ.

މީގެ ކުރިން އަފްޣާނިސްތާނުގެ ރީކޮންސްޓްރަކްޝަން (ސިގަރް) ގެ ސްޕެޝަލް އިންސްޕެކްޓާ ޖެނެރަލް ވިދާޅުވީ ދެ އަހަރު ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ވޮޝިންޓަން އިން އަފްޣާނިސްތާނުގެ ސިފައިންނަށް 80 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އަސްކަރީ ހާޑްވެއާ ސަޕްލައިކޮށްދިން ކަމަށެވެ. އަނެއްކޮޅުން، ފާއިތުވެދިޔަ ދެ މާލީ އަހަރު އެކަނިވެސް، އެމެރިކާއިން ވަނީ 2.6 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރާއި އެކްސެސަރީޒް އަށް ފަންޑުކޮށްފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތް ފަދަ ޕާޓްނަރ ގައުމުތަކުންވެސް ވަނީ ފާއިތުވި ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ފައުޖުތައް އިތުރުކުރުމަށް 200 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައެވެ.

ހަތިޔާރާއި ގޮވާތަކެތި ބަރުއަސްކަރީ ހާޑްވެއާގެ އިތުރުން އެމެރިކާގެ ޓެކްސް ޕޭޔަރުން ފަންޑުކުރާ ހާޑްވެއާތައް ވެސް ލިބެން އެބަހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން، އަފްޣާނިސްތާނުގައި އެމެރިކާއިން 20 އަހަރު ވަންދެން ހިންގި އިސްތިއުމާރުގެ ދުވަސްވަރުވެސް، ފާޑު ކިޔާ ފަރާތްތަކުން ވަނީ، އަސްކަރީ އާލާތްތައް ބެހުމާއި، އެ އާލާތްތައް ބެހުމާ މެދު އަޅާނުލާ ތީ އެކަން ކުށްވެރިކޮށްފައެވެ.

ނަމަވެސް، ހަތިޔާރުގެ ބާޒާރުގައި މޮނޮޕޮލީއެއް އޮންނަން ތާލިބާނުން އެދޭފަދައިން، ހަނގުރާމައިގެ ޒަމާނުގައި، ތާލިބާނުން ބަރޯސާވެފައި އޮތީ ކަޅު ބާޒާރަށް ކަން ފާހަގަކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަބަދު ޠާލިބާނުގެ ނަން ހަޑިކުރަން ވާހަކަދައްކަނީ. ރަޝިޔާގައި ކަން އޮތް ގޮތުގެ ވާހަކަ ދައްކަބަލަ. ރަޝިޔާގެ ސިފައިން، ސީރިއާގެ އާންމު ރައްޔިތުންގެ ތެރެއިން އެއް މިލިއަން މީހުން މެރިވާހަކަ ދައްކަބަލަ. އެމެރިކާގައި ކަން އޮތް ގޮތުގެ ވާހަކަ ދައްކަބަލަ. އެމެރިކާގެ ސިފައިން ޢިރާޤަށް އަރާ ޢާންމު ރައްޔިތުންގެ ތެރެއިން މަރާލި ކިތަން މިލިއަން މީހުންކަން ހާމަކޮށްބަލަ. ޖަރުމަނު ސަރުކާރުން މުސްލިމުން އަޅުވެތިކޮށްގެން އުޅޭ ވާހަކަ ދައްކަބަލަ.

    5
    1
  2. ނަން

    ރަޝިޔާގެ ސިފައިން އަފްޣާނިސްތާނުގައި ހިންގި ލާއިންސާނީ އަނިޔާވެސް ދައްކަން ޖެހޭ
    އެމެރިކާގެ ސިފައިން އަފްޣާނިސްތާނައް ވެރިވެގެން ހުރި އިރު ހޯދާނުދިން އަންހެނުންނައް ތައުލީމާ މަދުކޮއް ނުދިން މަސްތުވާތަކެތީގަ ވާހަކަ ވެސް ދައްކަން ޖެހޭ